އާންމުން ހޭލުންތެރި ކުރުމަށް އިންޑިއާ ފުލުހުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ "ޓިކްޓޮކް" ބޭނުން ކުރަން ފަށައިފިއެވެ.

އިންޑިއާގެ ބެންގަލޫރު ސިޓީގެ ފުލުހުން ބުނެފައިވަނީ ޓިކްޓޮކް ބޭނުން ކޮށްގެން އާންމުން ހޭލުންތެރި ކުރުމަށް ނިންމާފައިވަނީ ގިނަ ބަޔަކު ބޭނުން ކުރާ އެޕްލިކޭޝަނަކަށް ވުމުން ކަމަށެވެ. އަދި ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ގިނަ ބަޔަކަށް އެނގިގެންދާނެ ކަމަށެވެ.

"ޓިކްޓޮކް އާއި ގުޅިފައިވަނީ ގިނަ ބަޔަކު ބޭނުން ކުރާ އެޕްލިކޭޝަނަކަށް ވުމުން. އެކި ކަހަލަ ވީޑީއޯ އަޕްލޯޑް ކުރުމުން ގިނަ ބަޔަކަށް ފެނިގެން ދާނެ. އެގޮތަށް ފެނުމުން މީހުން ހޭލުންތެރި ކުރުވޭނެ. އަދި ގާނޫނާއި ހިލާފަތް އުޅޭ ފަރާތްތަކުން ވެސް މިކަމުގެ ސަބަބުން ފާހަގަ ވެގެން ދާނެ" ބެންގަލޫރުގެ ޕޮލިހުން ބުނެފައިވެއެވެ.

މިހާތަނަށް 25 ހާހަށްވުރެ ގިނަ މީހުން ވަނީ ބެންގަލޫރު ފުލުހުންގެ ޕްރޮފައިލަށް ފޮލޯ ކޮށްފައެވެ. އެފަރާތުން އަދި ލާފަވަނީ އެންމެ 3 ވީޑިއޯއެވެ.

ޓިކްޓޮކް އަށް ވަންނަން ފުރަތަމަ ބެންގަލޫރުގެ ފުލުހުން ނިންމާފައިވަނީ އާންމުންގެ މީހަކު އެ ސިޓީގެ ފުލުހުންގެ ކޮމިޝަނަރާއި އިންޑިއާގެ އިތުރު މީހުންނާއި އެކީ ޓިކްޓޮކް ވީޑިއޯ އެއް އާއްމު ކުރަން އެދުނު ފަހުންނެވެ. އޭގެ ހަފްތާއެއް ފަހުން ފުލުހުން އާންމު ކޮށްފައިވާ ވީޑިއޯ ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ. އެގޮތުން އެއްލައްކަ އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ އެ ވީޑިއޯ ބަލާފައެވެ.

އެފަރާތުން ބުނެފައިވަނީ އެފަދަ އެޕްލިކޭޝަން ބައެއް ފަރާތްތަކުން ބޭނުން ކުރަމުން އަންނަނީ ވަގުތު ދުއްވާލަން ކަމަށާއި މަޖާ ކުރުމުގެ ގޮތުން ކަމަށެވެ. އޭގެ ބަދަލުގައި ކޮންމެވެސް ކަހަލަ ބޭނުމެއް ހިފުމަށް އިންޑިއާ ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.