ބޮލީވުޑްގެ އެންމެ ރީތި ޖޯޑުކަމަށްވާ އަބީޝޭކް ބަޗަން އާއި އާއިޝްވާރިއާގެ ކައިވެންޏަށް 11 އަހަރުވީ މިއަދުއެވެ. މި ދެތަރިންގެ ލޯބި ލޯބި އަންހެން ދަރިއަކު އެބަހުއްޓެވެ. މިހާރު އެ ދަރިފުޅަށް ހަ އަހަރުވެއްޖެއެވެ.

އާއްމުކޮށް ކައިވެނިކޮށްގެން އުޅޭއިރުވެސް އަމިއްލަ މިނިވަންކަންމަތީ އުޅެން ބޭނުންވާ މީހުން އުޅެއެވެ. އެ މިނިވަންކަމަށް އަރައިގަނެވޭކަމަށް ބެލެވެނީ ބައިވެރިޔާ ގެންގުޅޭ ފޯނުގައި ހުންނަ މެސެޖްތަކާއި، ފޯން ކޯލްތައް ބެލުމުންކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ނަމަވެސް އައިޝްވަރިޔާ މިކަމާއި ވަރަށް ދެކޮޅެވެ. އަބީޝޭކް އާއިއެކު 11 އަހަރު ހޭދަކޮށްފައިވާ އައިޝްވާރިއާ ބުނީ، އޭނާ ދުވަހަކުވެސް އަބީޝޭކްގެ ފޯނު ބަލާ ނަހަދާ ކަމަށެވެ.

މިއީ ބޮލީވުޑްގެ އެންމެ މަޝްހޫރު ދެމަފިރިން ކަމުގައިވާއިރު، މިދިޔަ އަހަރު މި ދެތަރިން އެކުގައި ފިލްމެއް ކުޅުން ވަނީ އެއްބަސްވެފައެވެ. ބެލެވޭގޮތުގައި، އެ ފިލްމްގެ މަސައްކަތް ވަނީ ފެށިފައެވެ. އަދި މި އަހަރު ތެރޭގައި ފިލްމް ބެލުންތެރިންނާއި ހަމައަށް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބުއްޅަބޭ

    އަހަރެންގެ އަންހެނުން ގަބޫލުކުރާގޮތުގައި ފިރިމީހާގެ ފޯނު އެއްކޮށް ރޫޅާ ބަލަންކޮމްމެހެންވެސް ޖެހޭނެ!

    • މަހަށްދޭބަލަ

      ތަމެން މަހަށް ދޭބަލަ. މަހަށް މަހަށް މަަހަށް ދޭބަލަ.

    • ސީލާސީލާ

      ތަމެން ސީލަބަލަ މަމެންގެ ފޯން ގައި އަތް ވެސް ލައިގެން ނުވާނެ އިނގޭތޭ. ސީލާ ސީލާ ސީލާ ދަ ސީލާ ދޯ.

    • ތޫ

      ހަހަހަހަހަ...

  2. ފެނޭދޯ

    ކޮބާ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  3. އަލީ

    އައިޝްވާރިޔާ ބުނީ ސިއްރުން ފޯނު ނުބަލަމޭ. ސިއްރުން ބަލާކަށް ނުޖެހޭނެދޯ އަބީޝެކް ފޯނު ނުދައްކަން ނޫޅެންޏާ. ރަނގަޅު ދެމަފިރިއެއް ދެމެދު އެއްވެސް ސިއްރެއް، ސިއްރުން ބަލަންޖެހޭ އެއްވެސް އެއްޗެއް އަދި ނުދެއްކޭވަރު އެއްވެސް އެއްޗެއްވެސް ނޯންނާނެ.

  4. ގފދގ

    ބައްޗަން ފެމިލީ އިން ބޭރު ކޮށްލަފާނެތީވެސް ނުކެރޭނެ އެންނު ބަލާކަށް..