ބޮލީވުޑްގެ މަޝްހޫރު ތަރި އައިޝްވާރިޔާއަކީ އެ އިންޑަސްޓްރީގެ ވެސް އެންމެ ރީތި ބަތަލާ އެވެ. އަދި ދުނިޔޭގެ މަޝްހޫރު ފެސްޓިވަލްތަކަށް ވެސް އާންމުކޮށް އައިޝްވާރިޔާއަށް ދައުވަތު ލިބެއެވެ.

އެގޮތުން އައިޝްވާރިޔާ އެންމެ އާންމުކޮށް ގޮސް އުޅޭ އެފަދަ ފެސްޓިވަލްގެ ތެރޭގައި ކޭންސް ހިމެނެއެވެ. އަދި ކޭންސްއަށް ދާއިރު އައިޝްވާރިޔާ އަޅައިގެން ހުންނަ ހެދުމަށް ގިނަ ބައެއްގެ ސަމާލު ކަން އަބަދުވެސް ލިބެއެވެ.

މިފަހަރުގެ ކޭންސްގައި އައިޝްވާރިޔާ އަޅާފައިވަނީ މީގެ ކުރިން އޭނާ ދުވަހަކުވެސް ނާޅާ ވައްތަރެއްގެ ހެދުމެކެވެ. ސޯފީ ކޯޓޫރޭގެ ގައުންއެއްގައި އައިޝްވާރިޔާ ފެނިގެން ދިޔައިރު އެ ހެދުމަށް މީހުން ނުޖަހާ ޖޯކެއް ނެތެވެ.

ހެދުމަށް ފާޑުކީ ބައެއް މީހުން ބުނީ އައިޝްވާރިޔާ ހީވަނީ އިންޑިއާ މީހުން އާންމުކޮށް ކާ "ސަމޯސާ" އެއް ބޮލުގައި އަޅައިގެން ހެން ކަމަށެވެ.

އަނެއްބައި މީހުން ވަނީ އައިޝްވާރިޔާގެ ސްޓައިލިސްޓު ބަދަލު ކުރުމަށް ގޮވާލައިފައެވެ.

މިއީ އައިޝްވާރިޔާ ކޭންސްގައި ލީ ހެދުމަށް ފާޑުކިއުން އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް އޭނާ ކޭންސްގައި ލީ ހެދުންތަކަށް ބޮޑެތި ފާޑުކިއުން އަމާޒުވެފައި ވެއެވެ.

"އައިޝްވާރިޔާ އަށް ދުވަހަކުވެސް ކުރިން ފެޝަން ގޯސްތަކުން ކަމެއް ދަހެއް ނުވޭ.". ޓުވިޓާގައި މީހަކު ބުނެފައި ވެއެވެ.

އުމުރުން 49 އަހަރު ވެފައިވާ އައިޝްވާރިޔާ މިހާރު ފިލްމުތަކުން ފެންނަނީ ވަރަށް މަދުންނެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ "ޕޮންޔިން ސެލްވަން 2" އިންނެވެ. އެ ފިލްމަށް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ކާކު ބުނީ އައިޝްވަރިޔާ އޭ އެއްމެ ރީތީ ބޮލީވްޑް ގަ؟ އޭނަ އަށް ވުރެން މާ ރީތި ތަރިން މީގެ ކުރިން ވެސް އުޅުނު! ވ ފަހަކާ ޖެހެންދެން ވެސް އެތަރިން ތައް ފިލްމު ތަކުން ފެނުނު! ހެމާ މާލިނީ، ޕަރުވީން ، ރޭކާ ، މަދޫރީ ފަދަ ތަރިން ވެސް މާ ރީތި

  2. Anonymous

    ލާނެ އެއްޗެއް ނޭގިން އުޅޭބައެއް!