ކޮންމެ ދުވަހަކު ވެސް ފިރިމީހާ އަބީޝޭކް ބައްޗަންއާ އަރާރުންވެ ޒުވާބު ކުރަން ޖެހޭ ކަމުގައި މަޝްހޫރު ފިލްމީ ތަރި އައިޝްވާރިޔާ ރާއީ ބުނެފިއެވެ.

އައިޝްވާރިޔާ މިހެން ބުނެފައިވަނީ އަބީޝޭކްއާ އެއްކޮށް އިންޑިއާގެ ޗެނެލްއަކަށް ދިން އިންޓަވިއުއެއްގައެވެ. އޭނާގެ މި ވާހަކަ އަބީޝޭކް ވަނީ 'މަތި އޮމާން' ކޮށްފައިއެވެ.

އެގޮތުން، އަބީޝޭކް ބުނީ އެއީ ޒުވާބުކުރުމެކޭ ބުނެވޭކަށް ޖަގާއެއް ނޯންނާނެ ކަމަށެވެ. އޭނާ ބުނެފައިވާ ގޮތުގައި އައިޝްވާރިޔާއާއި އޭނާއާ ދެމެދު ޒުވާބުތަކަށްވުރެ ބޮޑަށް ވަރަށް ގިނައިން ކުދިކުދި ދެބަސްވުންތައް އުފެދިގެންދާ ކަމަށެވެ.

ނަމަވެސް ކައިވެނީގައި އޮތް ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ދެ މީހުންވެސް ޚާއްސަ ފޯމިއުލާއެއް ގެންގުޅޭކަމަށް މިދެމަފިރިން ވަނީ ހާމަކޮށްފައިއެވެ. އަބީޝޭކް ބުނީ މިކަހަލަ ކުދިކުދި ޚިޔާލު ތަފާތުވުންތައް ނެތް ނަމަ، ކައިވެނި މާ ބޮޑަށް 'ފޫހި'ވެގެން ދާނެ ކަމަށެވެ.

އަބީޝޭކް ބުނީ އެ ދެމަފިރިންގެ މެދުގައި ކޮންމެފަދަ މައްސަލައެއް ޖެހުނަސް، ދުވަސް ނިންމާލުމުގެ ކުރިން ވާހަކަދައްކައިގެން އެ ދެބަސްވުމެއް ހައްލުކުރުމަކީ އެ ދެމީހުން ގެންގުޅޭ ޚާއްސަ އުސޫލެއް ކަމަށެވެ.

ހަމައެއާއިއެކު، އަބީޝޭކް ވަނީ އައިޝްވާރިޔާގެ ވާހަކަތަކަށް ދޫ ދޭ ކަމަށްވެސް ހާމަކޮށްފައިއެވެ.

"އަންހެނުން ބުނާ އެއްޗަކާ އެއްކޮޅުވެ ދޫ ދޭން ޖެހޭނެ. އެއީ ފިރިހެނުންނަށް އޮތް އެންމެ ރަނގަޅު ގޮތަކީ. ފިރިންގެ ދިފާއުގައި ބުނެލަން ބޭނުމީ، ގިނަ ފަހަރާ އަރާރުމެއްގެ ތެރެއިން ކުރި ނުހޯދައި އަހަރުމެން ދޫ ދޭން ޖެހެނީ، ގިނަ ފަހަރާ ނިދި އައިސްފައި ހުރީމަ، ހަމަޖެހިގެން ނިދާލުމަށް. އެއީ، އަންހެނަކާއި ކިތަންމެ ވަރަކަށް ބަހުސް ކުރިޔަސް، ބޭކާރު މަސައްކަތަކަށް އެ ވާނީ" އަބީޝޭކް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ދިވެހިރާއްޖޭގައި ނަމަ ކޮންމެ ދުވަހު އެތައްފަހަރަކު ވަރި . ނަސީބެއްތޯޗެ އަންހެންނުނަށް ވަރި ނުކުރެވޭކަން. އެހެންނޫނީ ދެނޭވާ ދޭތެރޭގައި ވަރި

    3
    1
  2. އަލްޖިބްރާ

    ތިކަހަލަ އަބިދަށުވެފާ ތިބޭ މީހުން ކަލޭ ނޫނަސް އުޅޭ !

    13
    5
  3. މުބީނު މާރނީ

    ދެމަފިރިން ޒުވާބު ކުރަނީ ގިނަ ފަހަރަށް "އެހެން މީހުން" ގެ ކަންތަކާ. މިސާލަކަށް އައިޝްވަރްޔާ އެހެން މީހުންނަށް ވަރަށް ގިނައިން ބަލާ. ސަ-ޗިން ޓެންޑުލްކާރް އާއިއެކު އަރަބި ސަލާމް އައިޝްވަރްޔާ ކުރީ އަބިޝޭކް ބަލަން ހުއްޓާ. އަބިޝޭކް އެ-ދަނޑިވަޅު ގައި ހުރީ އަނގަ ސަކަރާތް ވެފާކަން ޔޫޓިއުބުން އެ ވީޑިއޯ ބަލައިލީމާ އިނގޭނެ. ގޫގަލް ގައި "އައިޝްވަރްޔާ ހަގްސް ސަ-ޗިން ޓެންޑުލްކާރު" ޖަހާލީމާ އަރާނެ.

    12
    1
  4. ޚަދީޖާ

    އަބީޝެކް އެބުނީ ރަނގަޅަށް. އަންހެނަކާ (ގިނަ އަންހެނުންނާ) ކިތަންމެ ވަރަކަށް ބަހުސްކުރިޔަސް، އެ ވާނީ ބޭކާރު މަސައްކަތަކަށް. މި ރާއްޖޭގެ ގިނަ އަންހެނުންނަކީ ވެސް ހަމަ އެކަހަލަ ބައެއް. ކިތަންމެ ޙުއްޖަތެއް ދެއްކިޔަސް އެހެން މީހަކު ދައްކާ ވާހަކައެއް ގަބޫލެއް ނުކުރާނެ. ތިމާއަށް ފެންނަ ގޮތަށް އެހެން މީހުން ކަންތައް ކުރަން ޖެހޭނީ. މި ރާއްޖޭގައި އުޅޭނެ އެކަހަލަ ފިރިހެނެއްވެސް. އެއީ ވެރިކަމާ ހެދި ހޭބަލިވެފައި ހުރި މީހެއް. މިހާރު އެއުޅެނީ އަމިއްލަ ޕާޓީގެ ތެރޭގައި ޖަގަޑާ ހަދައިގެން. އޭނާވެސް ބޭނުންވަނީ އޭނާ ބުނާގޮތަށް އެހެން އެންމެން އުޅެން. ޤާނޫނަކީ ގަވާއިދަކީވެސް އޭނާ ބުނާ ގޮތް ކަމަށް ވާންޖެހެނީ.

  5. މަންގަލް ޕާންޑޭ

    މުބީން މާރނީ އަށް ޝުކުރިއްޔާާ. ދެންމެ ޔޫޓިއުބްއިން އެ ވީޑިއޯ ބަލައިފިން. އަބީޝެކް ހުރީ އަނގަ ސަކަރާތްވެފަ،

    ގިނަ ފަހަރައް މިދޫނިރާއްޖޭގައިވެސް ވަރަށް ރީތި ފައިސާ އޮތް މަޝްހޫޜު އަންހެނަކާއި ހަޑި ފިރިހެނަކާއި ކައިވެނިކޮށްފިނަމަ ފިރިމީހާ ހުންނާނީ އަނބިދަށުވެފައި. އެވަރިހަމަ ފިރިމީހާ އަތުގައި ކިތަންމެ ފައިސާއެއް އޮތަސް. އަބީޝެކް އަކީ އޭނަގެ ބައްޕަ އެހާ މަޝްހޫރަސް އެހާ ފައިސާއޮތް މީހެއްވެސްނޫން މަޝްހޫރު މީހެއްވެސްނޫން.

    އަބީޝެކް ދާދިފަހުންް ބުނެފައި އޮންނާނެ އައިޝްވާރިއާ އޭނަ ކައިރިން އެއްވެސް ކަމެއްގައި ހުއްދަ ހޯދަން ނުޖެހޭނެ ކަމައް. އެހާވެސް އައިޝް ދަށުވެފަ އަބީ ހުންނަނީ.