ގިނަ މީހުންނަށް އެންމެ ނޭނގޭ ޔޫރަޕްގެ ގައުމަކީ ފިންލޭންޑްކަމަށްވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް އެއީ މުޅި ދުނިޔޭގައިވެސް އެންމެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު އެންމެ އަމާން، ސުލްހަވެރި އަދި އެންމެ ރީތި އެއް ގައުމެވެ. އެގައުމުގެ ވެރިރަށް ހެލްސިންކީއަކީ ޔޫރަޕްގެ އިތުރުން މުޅި ދުނިޔޭގައިވެސް އޮންނަ އެންމެ ފިނިގަދަ ވެރިރަށެވެ. ހެލްސިންކީގެ ފިނިހޫނުމިން އަހަރުގެ މައްޗަށް އެވަރެޖްކޮށް ހުންނަނީ 0 ޑިގްރީ ސެލްސިއަސްގައެވެ. އަދި އެ ރަށަކީ އަހަރުގެ 51 ދުވަސްވަންދެން އިރުގެ އަލިކަމުންވެސް މަހުރޫމްވާ ރަށެކެވެ.

ހެލްސިންކީއާއި ބެހޭގޮތުން އެންމެ ފާހަގަކުރެވޭ އެއް ކަމަކީ އެ ރަށަކީ 300 އެއްހާ ކުދި ކުދި ރަށްތަކަކުން ގުޅާލެވިފައިވާ ބޮޑު އެއް ސިޓީކަމެވެ. އެ ރަށުގެ އެކި ސަރަހައްދުތައް ގުޅުވިފައި އޮންނަނީ ބްރިޖްތަކަކުންނެވެ. އެހެންނަމަވެސް ކަނޑުމަގުން ދަތުރުފަތުރުކުރުމަކީވެސް އެ ރަށުގައި ވަރަށް އާދަވެފައި އޮންނަ ކަމެކެވެ.

އެ ރަށަކީ ބޯ ފެނުގެ ފެންވަރުވެސް އާދަޔާޙިލާފަށް ރަނގަޅު ރަށެކެވެ. އެގޮތުން އެ ރަށުގައި އިސްކުރު ފެން ނެގިގެންދަނީ ފަރުބަދަތަކުގެ މަތީގައިވާ ސާފު ފެން އާރުތަކުންނެވެ. އެ ފެނުގެ ސާފުތާހިރުކަމުގެ ސަބަބުން އެ ފެން އެހެން ގައުމުތަކަށް އެކްސްޕޯޓްވެސް ކުރެވެއެވެ. އެފަދަ އެއް ގައުމަކީ ސައުދީ އަރަބިއްޔާއެވެ.

ހެލްސިންކީއަކީ ފިންލޭންޑްގެ ވެރިރަށުގެ އިތުރުން އެންމެ ބޮޑު ރަށްވެސްމެއެވެ. އެ ރަށުގައި ފިންލޭންޑްގެ މައި ހުރިހާ ވިޔަފާރިތަކެއް ހުންނައިރު އެ ރަށަކީ މުޅިއަކު 8 ޔުނިވާރސިޓީ ހުންނަ ރަށެއްވެސްމެއެވެ. ފިންލޭންޑުގައި ހުންނަ އެހެން ގައުމުތަކުގެ ވިޔަފާރިތަކުގެ %70 އިންސައްތައިގެ ހެޑް އޮފީސްވެސް ހުންނަނީ ހެލްސިންކީގައެވެ. އެ ރަށަކީ މުޅިއަކު 5 ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެވަރުންވެސް އެ ރަށަކީ މުޅި ޔޫރަޕްގައި އޮތް އެންމެ އާބާދީ ކުޑަ އެއް ވެރިރަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފެނޭދޯ

    ކޮބާ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  2. އިސްކުރު

    އާދަޔާޙިލާފަށް ރަނގަޅު ރަށެކެވެ.

  3. ފިނިކަން

    އެންމެ ފިނި ވެރިރަށަކީ މޮންގޯލިއާގެ ވެރިރަށެއް ނޫންތަ..ހަމަ އަހާލީ..