ސްވިޑެންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ ތުރުކީވިލާތުގެ އެމްބަސީގެ ބޭރުގައި ކުރި މުޒާހަރާއެއްގައި ޤުރުއާން ހަތިމެއް އަންދާލުމުގެ ފަަހަތުގައި ހުރީ ރަޝިއާއިން ކަަމަށް ވެދާނެ ކަމަށް ފިންލޭންޑުން ބުނެފި އެވެ.

ސްވިޑެންގެ ފުލުހުންގެ ހުއްދަ ލިބިގެން، ފުލުހުންގެ ހިމާޔަތުގައި ކުރިއަށް ދިޔަ މުޒާހަރާގެ ތެރެއިން ޤުރުއާން ހަތިމް އަންދާފައިވަނީ، ޑެންމާކްގެ ހަރުކަށި ފިކުރުގެ ކަނާތުފިޔައިގެ ސިޔާސީ ޕާޓީއެއްގެ ލީޑަރު، ރާސްމުސް ޕަލޫދާން އެވެ. ސްވީޑެންގެ ރަށްވެހިކަން އޮންނަ ޕަލޫދާން މީގެ ކުރިންވެސް ވަނީ އެތައް މުޒާހަރާތަކެއް ބާއްވާ، އެތައް ފަހަރަކު ގުރުއާން އަންދާފައެވެ.

ފިންލޭންޑްގެ ފޮރިން މިނިސްޓަރު ޕެއްކާ ހާވިސްތޯ ވިދާޅުވީ ގުރުއާން އެންދުމުގެ ފަހަތުގައި ހުރީ ރަޝިއާއިން ކަމަށް ވެދާނެ ކަަމަށެވެ. ނަމަވެސް އެކަމް ސާބިތުކަމާއި ޔަގީންކަމާއެކު ސީދާ ބުނަން ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝިއާއިން އެގޮތަށް ކަންތައް ކުރީ ނޭޓޯއަށް ގެއްލުން ދިނުމަށް ކަމަށް ވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގުރުއާން އެންދި މި ދުވަސްވަރު ސްވިޑެންއިން އޮތީ ނޭޓޯގެ މެމްބަރުކަމަށް ކުރިމަތިލައިފަ އެވެ. ނަަމަވެސް ގުރުއާން އެންދުމުން ތުރުކީ ވަނީ ވަރަށް ބޮޑަށް ރުޅި އައިސްފަ އެވެ. ތުރުކީއަކީ ނޭޓޯގެ މެމްބަރަކަށް ވެސްވާއިރު ތުރުކީގެ ހުއްދައާއެކު ނޫނީ ސްވިޑަންއަށް ނޭޓޯއަކާ ނުގުޅެވޭނެ އެވެ.

ގުރުއާން އެންދުމާއެކު މިހާރު ބެލެވިފައިވާ ގޮތުގައި ސްވިޑެން ނޭޓޯއާ ގުޅެން ތުރުކީ އެެއްބަހެއް ނުވާނެ އެވެ.

ގުރުއާން އެންދުމުގެ ފަހަތުގައި އޮތީ ރަޝިއާ ކަަމަށް ބެލެވޭ ކަަމަށް ފިންލޭންޑުން ބުނި އިރު ރަޝިއާއިން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. ރަޝިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު، މާރިއާ ޒަޚަރޯވާ ވިދާޅުވީ، މީހުންގެ ދީނީ އަގީދާ ތަކާއި، ގަބޫލު ކުރުންތަކަށް އިހުތިރާމު ކުރުމަކީ ވާޖިބެއް ކަމަށާއި، އެއީ އިހުތިޔާރެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބުލް

    ދެން ބުނޭ ކޮންމެ ފަހަރަކުވެސް ކީރިތި ޤުރްއާން އަންދަނީ ޕަލޫދާގެ ސިފަ ޖެހިގެން އައިސް ހުރި ޖިންނިއެކޭ.

    10
  2. ހިމް

    ސްވިޑަންގެ ކޯޓުން އޭނާއަށް ހުއްދަ ލިބިގެން ސްވިޑަންގެ ފުލުހުންގެ ހިމާޔަތުގެެ ދަށުން މިކަން ކުރީ ރަޝިޔާ އަޑީގައި ތިބެގެން ވިއްޔާ ސްވިޑަންގައި ވެރިކަން އެކުރަނީ ރަޝިޔާ އަޑީގައި ތިބެގެން. އެއްގޮތަކަށްވެސް ތުރުކީން ދޫދޭކަށް ނުވާނެ މިކަހަލަ ދެފުށް ދެގޮތް މުނާފިގުންނަށް.

    11
  3. ކިޔު

    ހެހެހެ.. ހެއްވާ ވާހަކައެއް.

  4. ދޮންކަލޭފާނު

    ރަޝިޔާ ބޮލުގައި އަޅުވަންނޫޅޭ އަހަރެމެންކުރިކަމެކޭ ފިންލެންޑުން ބުނުން އެންމެ ރަނގަޅު ގޮތަކީ. ރާސްމުސް ޕަލޫދާނޭ މިކިޔާ ޖަނަވާރަށް ދުނިޔެމަތީގައިވެސް ވޭންދެނިވި ގަދަފަދަ ޢުޤޫބާތްތައް ލިބުން އެދި ﷲގެ ޙަޟްރަތަށް ދުޢާކުރަން. އާމީން