ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލް މަންޒިލްތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިފައި އޮންނަނީ ސަބަބުތަކެއް ހުރުމުންނެވެ. ހަމައެކަނި ނޫކަނޑާއި ދޮންވެލި އަތިރިމައްޗަށް ވުރެ ބޮޑަށް ތަފާތު އެތައް ޚިދުމަތެއް ވެސް މިހާރު ރާއްޖެ އިން ލިބެއެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ ވަގުތު ހޭދަކޮށްލަން އެންމެ ބޭނުންވާ ތަންތަނުގެ ތެރެއިން އެއްތަނަކީ ކޮންރޮޑް މޯލްޑިވްސްގެ ރަންގަލި ރިސޯޓެވެ. އެއް ސަބަބަކީ އެރަށުގެ ފަޅުތެރޭގައި ހަދާފައިވާ ރީތި ރެސްޓޯރެންޓެވެ.

"އިތާ" ނަން ދީފައިވާ ރެސްޓޯރެންޓް އަނެއްކާވެސް މިވަނީ ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ. އެއީ ގާނާގެ މީހެއް ކަމަށްވާ ޖޯއީ ރެސްޓޯރެންޓްގައި އިނދެ އޭނާގެ ލޯބިވެރިޔާ ކައިރިން ކައިވެންޏަށް އެދުމުންނެވެ.

ރަތް ފިނިފެންމަލުން ހަދާފައި އޮތް ހިތެއްގެ ކައިރީގައި ޖޯއީ އޭނާގެ ލޯބިވެރިޔާއަށް ޕްރޮޕޯސްކޮށް އަނގޮޓިއެއް އެޅުވިއިރު ޑައިވަރުން ވެސް ބެނާއެއް ހިފައިގެން މޫދުތެރޭގައި ތިބި މަންޒަރު ރެސްޓޯރެންޓްގެ ބޭރުން ފެނެއެވެ.

View this post on Instagram

She Said Yes! 👰🏽

A post shared by 🇬🇭 Professional Vacationer (@kingjaffejoey) on

ބައިނަލްއަޤުވާމީ ގިނަ މީޑިއާތަކުން މިހާރު ގެންދަނީ ރާއްޖޭގެ ކަނޑު އަޑީގެ ރެސްޓޯރެންޓެއްގައި މީހަކު ޕްރޮޕޯސް ކުރި ޚަބަރު ގެނެސްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކަލޯ ބެއްޔާގެ ދޮންބެ

    އަހަރަމެންނަށް ޕްރޮޕޯސް ކުރެވެނީ ޖޯލި ފަތްޗާއި އެހެން މިހެން ތަން ތަނުގައި ތިބެ! އެހެންވެ ވަރި ގިނަވަނީ

    72
    2
  2. ކޮމެންޓު

    ތިޔޮތީ ބޭރުގަ އެއްނު

    57
    4
    • ފާތުން

      🤭

      9
      1
  3. Anonymous

    މުސަޅުތައް މިނިވަން ކަމާއެކު. މާފުށީގަ އެކަނި އައުރަ ނިވާކުރަންވީ

    39
    2
  4. އަހުމަދު

    ކީކޭބުނާނީ ކިރިޔާ އޮރިޔާންނުވެ ހުރި މީހަކު ޕޯސްޓް ކޮއްގެނ ފުލް ހެޕީ ދޮތަ

    31
    2
  5. ފާތުން

    🤭

    8
    1
  6. އަތޮޅޭ

    ވާކާލަފާނެ ބޭރުގައޮތިއްޔާ ގޯނިލައްވާ އަވަހަށް