ޔޫއޭއީގައި ދިރިއުޅެމުން އަންނަ އިންޑިއާގެ ދެމަފިރިއެއްގެ އަންހެން ދަރިފުޅުގެ ކިޑްނީ ހަތް އަހަރުގެ ކުއްޖަކަށް ދީފިއެވެ. ދާދި ފަހުން މަރުވި މި ދެމަފިރިންގެ އަންހެން ދަރިފުޅުގެ އެއް ކިޑްނީ ދިން ހަތް އަހަރުގެ އެ ފިރިހެން ކުއްޖާއަކީ، މިދިޔަ ފަސް އަހަރު ތެރޭގައި ޑަޔަލިސިސް ހަދަމުންދިޔަ ކުއްޖެެކެވެ.

ކީރްތީ އާއި އަރުން ނަމަކަށް ކިޔާ މި ދެމަފަރިިންގެ ދަރިފުޅު ޑްވިސިރީ މަރުވީ މިދިޔަ އަހަރުގެ ތެރޭގައެވެ. ހިތުގެ މައްސަލައަކަށް ފަރުވާދެމުން ދަނިކޮށް، އެ ކުއްޖާ މަރުވިއިރު، އޭނާގެ ގުނަވަންތައް ހަދިޔާކޮށް، މި ދެމަފިރިން ބޭނުންވީ އެހެން މީހުންގެ ފުރާނަ ސަލާމަތް ކުރާށެވެ.

މީގެ އިތުރުން، އިންޑިއާއަށް ނިސްބަތްވާ ހަތް އަހަރުގެ އާދަމްގެ އާއިލާއިންވެސް ތިބީ އެ ކުއްޖާގެ ކްރޮސްމެޗްއާއި ދިމާވާނެ، ކިޑްނީއެއް ހަދިޔާ ކުރާނެ މީހެއްގެ އިންތިޒާރުގައެވެ.

"އާދަމް ކިޑްނީއެއް ލިބޭތޯ ވެއިޓިންގ ލިސްޓުގައި އިންނަތާ ހަތަރު އަހަރުވެއްޖެ، އޭނާއަށްއެއްވެސް ތާކަށް ދަތުރެއްވެސް ނުކުރެވޭ. ސްކޫލަށްވެސް ނުދެވޭ. އަދި އޭނާއަށް ގިނައިން ފެންވެސް ނުބޮވޭ.. އެއީ ޑަޔަލިސިސް ހަދާފައި". މުހައްމަދު ބިން ރާޝިދު ޔުނިވާސިޓީ އޮފް މެޑިސިން އެންޑް ހެލްތް ސައިންސެސްގެ އެސިސްޓެންޓް ޕްރޮފެސަރ ފަރްހަދް ޖަނަހީ ބުންޏެވެ.

ފަރްހާދް އަކީ އާދަމްގެ އޮޕަރޭޝަން ކުރި ޑޮކްޓަރެވެ.

"އަޅުގަނޑުމެން އާދަމްގެ އާއިލާއަށް، ޑެވިސިރީގެ މެޗިންގ ކިޑްނީގެ ވާހަކަ ބުނުމުން ތިބީ ވަރަށް އުފާވެފައި".

ޑެވިސިރީގެ ދެވަނަ ކިޑްނީ ހަދިޔާކޮށްފައި ވަނީ އުމުރުން 15 އަހަރުގެ ކުއްޖަކަށެވެ. އަދި އޭނާގެ ލިވާ ހަދިޔާ ކޮށްފައި ވަނީ ސައުދީއަށް ނިސްބަތްވާ މީހަކަށެވެ.

ކިޔުންތެރިންގެ ހިޔާލު