ފާއިތުވި މަހެއްހާ ދުވަސް ތެރޭގައި ވަރިވެފައިވާ، ނުވަތަ ވަކި ވެފައިވާ މަޝްހޫރު ލޯބިވެރިން އަލުން ގުޅެން އުޅޭ ކަމުގެ ވާހަކަތައް ވަރަށް ގިނައިން ދެކެވިއްޖެއެވެ. އޭގެ ތެރޭގައި ހޮލީވުޑްގެ އޭ ލިސްޓް ޖޯޑުތައް ވެސް ހިމެނެއެވެ.

ނަަމަވެސް އާ ރިޕޯޓްތައް ބުނާ ގޮތުން މި ހުރިހާ ޚަބަރެއްގެ ސަބަބުން މަޝްހޫރު ދެ މީހެއްގެ ކައިވެނި ރޫޅުމުގެ މަގުމަތީގައިވާ ކަން މީޑިއާތަކަށް ވެސް މީގެ ކުރިން އޮތީ ފާހަގަ ނުވެފައެވެ. އެއީ ނަމޫނާ ޖޯޑެއް ގޮތަށް ގިނަ ބަޔަކު ދެކެމުން އައި ޖޯޖް އާއި އާމާލް ކްލޫނީއެވެ.

މިދިޔަ އަހަރާއި މި އަހަރުގެ މިހާތަަނަށް ބަލާލާ ނަމަ، ހޮލީވުޑްގެ އެހެން ޖޯޑުތަކާއި ޚިލާފަށް، މި ޖޯޑަކީ ލޯ ޕްރޮފައިލް، މީޑިއާ އާއި ދުރު ދިރިއުޅުމެއް އުޅެމުންދާ ޖޯޑެކެވެ.

ފާއިތުވި ދުވަސްތަކުގައި އާމާލް އުޅުނީ އިންސާނީ ހައްގުތައް ހޯދައި ދިނުމުގައެވެ. އަދި ޖޯޖް އާއި އާމާލް މިދިޔަ އަހަރުގެ ބޮޑު ބައެއް ހޭދަކުރީ އިޓަލީގެ ލޭކް ކޮމޯ ކައިރީ ހުންނަ، އޭނާގެ ވިލާގައެވެ.

ހޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން، ޖޯޖް އާއި އާމާލް ކްލޫނީ އާންމުން އުޅޭ ތަންތަނުން ނުފެނި، ކުއްލިއަކަށް މީޑިއާގެ ލޯތަކަށް ސިއްރުން އުޅެން ފެށުމަކީ އިއްތިފާގެއް ނޫނެވެ.

ހޮލީވުޑްގެ މެގަޒިނެއްގައި ރިޕޯޓްކޮށްފައިވާ ގޮތުން ފާއިތުވި 100 ވަރަކަށް ދުވަސް އާމާލް އާއި ޖޯޖް ހޭދަކުރީ ވަކިންނެވެ. އަދި ދެ މީހުން ފޯނު މެދުވެރިކޮށް ވެސް މާ ބޮޑު ވާހަކަތަކެއް ނުދައްކާ ކަމަށް، އެ ދެ މީހުންނާއި ގާތް ފަރާތްތަކާއި ހަވާލާދީ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

މިދިޔަ އަހަރު އެމެރިކާ އަށް އާމާލް އާއި ޖޯޖް އައި ދަތުރު ކުރި އިރު، އެ ދަތުރުގައި ވެސް ދެ މީހުން ޒުވާބު ކުރި މަންޒަރު މީޑިއާތަކަށް ވަނީ ފެނިފައެވެ. އަދި އޭރު ވެސް އެ ދެ މީހުންގެ މެދުގައި ހިތްހަމަނުޖެހުންތައް ހުރިކަން ހާމަވާ ކަމަށް މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖޯޖް ބޭނުންވަނީ އާއިލާއެއް ބިނާކޮށްގެން ހަމަޖެހިގެން އުޅޭށެވެ. ޖޯޖްގެ އެ ވިސްނުމަށް ހުރަސް އެޅެނީ އާމާލްގެ ބިޒީ ދިރިއުޅުމުގެ ސަބަބުން އޭނާ އަށް އާއިލާ އަށް ވަގުތު ނުދެވޭތީ ކަމަށްވެއެވެ.

އަދި ޖޯޖްއަކީ ގެއަށް ގިނަ އަދަދެއްގެ ރައްޓެހިން ގެންދާ މީހަކަށް ވާއިރު، އެ މީހުންނަށް ޚިދުމަތްކުރުމަކީ އާމާލް މާ ކުރާހިތްވާ ކަމެއް ނޫނެވެ. އަދި މަސައްކަތް ކުރާ ވަގުތު ދަރިންގެ ފަރާތުން ވެސް އުނދަގޫ ވާން އާމާލް ބޭނުން ނުވާ ކަމަށް ޖޯޖްގެ ބައެއް ރަށްޓެހިން ވަނީ ބުނެފައެވެ.

އަދި ޖޯޖް ވެސް ގިނަ ވަގުތުތަކެއް ރައްޓެހިންނާ އެކު ހޭދަ ކުރާތީ އާމާލް ނުރުހުންވާ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ޖޯޖްއަކީ އެކްޓަރަކަށް ވެފައި އާމާލް އަކީ ވަކީލަކަށްވުމާ އެކު އެ ދެމީހުންގެ ޝެޑިއުލް ދިމާކުރުމަކީ އުނދަގޫ ކަމެކެވެ. އެ ދެ މީހުން 2014 ގައި ކައިވެނި ކުރި އިރު ވެސް މީޑިއާތަކުން ވަނީ އެކަން ފާހަަގަކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ބުރުތުގާލް

    އަންނި ހުރީ ޖާނާ މާލާ ދެން ހުރިހާ އެއްޗެއްވެސް ދިނުމަށް ތައްޔާރަށޯ އެމަންޖެ ވަރަށް ކަމުދެޔޯ

    90
    2
  2. ޝާން

    އެހެންވެ ގެންތަ މިސަރުކާރުން އަމާލް އަށް ލާރި ގަނޑެއްދޭންވެގެން މިއުޅެނީ.

    80
    3
  3. ހުސެން

    ނަޟީދު އާއި އިންނަންތަ؟

    87
    3
  4. ތިއްތި

    އެ މަންޖެ ހަޑިތަ؟ މަވެސް އިނދެފާނަން.

    23
    6
  5. Anonymous

    ކޮމެންޓު ކުރާއިރު ކަލޭމެން ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީތަ......ދިވެހިން ވެސް އުޅޭ ވައްތަރެއްދޯ......ބޯ ހަލާކު

    23
    43
  6. Anonymous

    ދެން ގަންޖާ އިންނަން އެއުޅެނީ

    48
    4
  7. މުނާޒް

    އާ މާލްއަކީ ދުނިޔޭގެ ޖާހާއި މުދާވެރިކަ މާއި ޝުހުރަތައް އުޅޭ މާއްދިއްޔަތުގެ އަންހެނެއް

    51
    2
    • ބަކުރުބެ

      މިހާރު ތިޔަނޫން މީހަކު ދައްކަބަލަ!

      10
      2
  8. ބޯ

    މިކޮޅުން ރެޑީއޯ އިންނަން! ބޯ ހަލާކު! އެކަމަކު ނިމޭއިރު މިއުޅޭ ނަޝީދު އާ އަދުރޭ ދެމީހުން ތިޔަކަމާ ނުކޯޅެންޏާ ރަނގަޅު! ހުރިހާ ދެރައެއް ނިކަމެިންނަށް!

    38
    2
  9. ރެޑްމޭން

    ނަސީދު ފަނިހެދީތަ

    40
    2
  10. ވެރިން

    ގަންޖާ އަށް އާމަާލް ،ޖޯޖް އަށް ލޮލް???

    35
    2
  11. ޝާހުދާދާ

    އަނެއްކާ އަންނި އާއި މެރީ ކުރަންވެގެންތޯ؟

    44
    1
  12. ބުރާންތި

    މިހާރު ކުޅުބެ ހުންނާނީ ސޮނި ފައިބަ ފައިބާ!!

    41
    3
  13. ދޮން މަރިޔަނބު

    އާމާލް ކުލޫނީ ވަރިވެގެން އެ އިޅެނީ ކެނެރީގޭ ލާދީނީ ނަޝީދާ ކައިވެރިކުރަން ކަމަށްވާނީ ހެހެހެހެހެ

    14
    3
  14. ލައިލާ

    އެލެކްސްއާ އާމާލް ވަރަށް ގުޅޭ. 2023 އާ ހިސާބަށް އުޅޭނެ ގޮތަކަށް އުޅެންވީ

    3
    1