ރަންވީރް ސިންގ އާއި ދިޕިކާ ލޯބީގެ ގޮތުން ގުޅިގެން އުޅުމުގެ ކުރިން ދިޕިކާ ރައްޓެހިވެގެން އުޅުނީ ރަންބީރް ކަޕޫރާއެވެ. 2008 ވަނަ އަހަރު މި ދެތަރިން ލޯބީގެ ގޮތުން ގުޅުނު ނަމަވެސް، އެ ގުޅުން ވަރަށް އަވަހަަށް ވަނީ ނިމުމަކަށް އައިސްފައެެވެ. މި ދެތަރިން އެކުގައި ވަނީ ގިނަ ފިލްމަތަކުން ފެނިފައެެވެ. އޭގެ ތެރޭގައި ބަޗްނާ އޭ ހަސީނާ އާއި ޓާމާޝާ އަދި ޔެ ޖަވާނީ ހޭ ދިވާނީ ހިމެނެއެވެ.

ދިޕިކާ އާއި ރަންބީރް އެކުގައި އެންމެ ފަހުން ފެނިގެން ގޮސްފައި މިވަނީ އިންޑިއަން ފެޝަން ޑިޒައިނާ މާނިޝް މެލްޓްހޮޓްރާގެ ދަ ވޯކް އޮގް މިޖްވާންގެ ޝޯވގެ ތެރެއިންނެވެ. މި ދެތަރިން އެކުގައި ނަގާފައި ހުރި ފޮޓޯތަކެއް މިހާރު މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ދިޕިކާ އެ ޝޯވގެ ތެރެއިން ފެނުމާއެކު ރަންބީރް އާ ދިޕިކާ އާ ދިމާލަށް ލޯބީގެ ނަޒަރަކުން ނުބަލާ ވަގުތެއް ނުދެއެވެ. ދިޕިކާގެ ރީތި ކަމާއި ފަރިކަމަށް އާ ޝޯހުވެފައިވާ މީހެއް ފަދައިން ރަަންބީރް އޭނާއާ ދިމާލަށް ބަލައިގެން ހުރިކަމަށް ވެއެވެ.

ބެލެވޭގޮތުގައި ރަންބީރް އަދިވެސް ދިޕިކާ ދެކެ ވަރަށް ލޯބި ވެއެެވެ. ނަމަވެސް އޭނާ އެކަން ފާޅު ކުރަން ބޭނުން ނުވެއެވެ. އެއީ ދިޕިކާ ވަރަށް އަވަހަށް ކައިވެންޏަކާއި ހަމައަށްދާން އުޅޭކަމުގެ ވާހަކަތައް އިވެން ފެށީމާކަމަށްވެސް ވެދާނެއެވެ.

ދިޕިކާ އާއި ރަންބީރްގެ ގުޅުން ކެނޑުނީ އެ ދޭތެރެއަށް ކެޓްރީނާ ކައިފް އައިސްގެންކަމަށްވެސް ބޮލީވުޑްގެ ނޫސްތަކުުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޝަހުލާ

    މަލްޓް ހޮޓްރާ އެއީ ކާކު؟ ލޮލް

    • ބުލޫ

      ހައްހައްހާ......އެބުނާހެން....އެއީ ކާކު؟؟؟

    • މަރީ

      ހައްހަށްހާ. މަލޯތްރާ އަށް ކިޔާ ނަމެއް ތޯއްޗެ. އެނގިގެން ލިޔަނީއެއް ނޫން. އަކުރުރުން އަކުރަށް ތަރަުޖަމާ ކުރަނީ ނޭނގި ތިބެ.