ބޮލީވުޑްގެ މަޝްހޫރު ތަރި ރަންބީރް ކަޕޫރާއި ރުޅިވުމަކީ ލިބުނު ނިއުމަތެއް ކަމަށް އޭނާގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފް ބުނެފިއެވެ.

ކެޓްރީނާ މިގޮތަށް ބުނެފައިވަނީ ރަންބީރްގެ މަންމަ ނީތޫ ކަޕޫރް އޭނާއާއި ރަންބީރްގެ ގުޅުމަށް އަމާޒުވާފަދަ ރާގަކަށް ދެއްކި ވާހަކަތަކާއި ގުޅިގެންނެވެ. ނީތޫ ވަނީ ރަންބީރް ކޮންމެ ކޮންމެ މީހަކާއި 7 އަހަރުވަންދެން ލޯބީގެ ގޮތުން ގުޅުމެއް ބޭއްވުމުގެ މާނައަކީ އޭނާ އެމީހަކާއި ކައިވެނިކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ބުނެފައިއެވެ. ނީތޫ މިހެން ބުނި ފަހުން ކެތްރީނާގެ މަންމަ ސޫޒަން ވަނީ އޭނާގެ އިންސްޓަގްރާމްގައި 'ރެސްޕެކްޓް' ކުރުމޭ (އިޚްތިރާމް ކުރުން) ޖަހާފައިި ޕޯސްޓްއެއްވެސް ލިޔެފައެވެ.

"އަހަރެން ބޮޑުވިއިރު ސީއީއޯ އާއިމަސައްކަތު މީހާއާ މެދު ވެސް އިހުތިރާމް ކުރުމުގައިވެސް އެއްވެސް ފަރަގެއް ނުގެންގުޅެން." ސޫޒަން އިންސްޓަގްރާމްގައި މިހެން ލިޔެފައިވެއެވެ.

ކެޓްރީނާއާއި ރަންބީރް ވަނީ 7 އަހަރު ދުވަހުގެ ލޯބީގެ ގުޅުމެއް ބާއްވާފައިއެވެ.

ނީތޫއާއި ގުޅޭގޮތުން ކެޓްރީނާ ދެކެނީ 'ވަރަށް ރީތި، ބަލައިގަންނަ މީހެއް'ގެ އިތުރުން އޭނާ ވަރަށް އިޚްތިރާމް ކުރާ މީހެއްގެ ގޮތުގައިި ކަމަަށް ކެޓްރީނާ ބުނެފައިވެއެވެ. އެހެންނަމަވެސް، ނީތޫ އޭނާއާއި އެއްވެސް ވަރަކަށް ގަޔާނުވާ ކަމުގައި ކެޓްރީނާ ވަނީ މީޑިއާށް މައުލޫމާތު ދީފައެވެ.

"ރަންބީރްއާއި ރުޅިވުމަށްފަހު، އަހަންނަށް އަމިއްލަ މީހާ ދެނެގަނެ އަމިއްލަ މީހާއަށްޓަކައި ވަގުތު ހުސްކުރެވުނު"، ވޯގް މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ކެޓްރީނާ ބުނެފައިވެއެވެ.

ރަންބީރު ކަޕޫރަކީ އޭނާގެ ހަޔާތުގައި ވަރަށް ގިނަ ލޯބިވެރިން ގެންގުޅުނު މީހެކެވެ. މަޝްހޫރު ގިނަ ބަތަލާއިންނާއިއެކުގައި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނެވެ. ނަމަވެސް ކޮންމެވެސް ސަބަބެއް ދިމާވެ އެ ގުޅުންތައް ނިމެނީ އެވެ.

ރަންބީރު މިހާރު އުޅެނީ އާލިއާ ބަޓްއާއި ކައިވެނިކޮށްގެންނެވެ. އެ ދެމަފިރިން މިހާރު ދަރިއަކުވެސް ވަނީ ލިބިފަ އެވެ.

އަދި ކެޓްރީނާވެސް ވަނީ ހިންދީ ފިލްމް އެކްޓަރ ވިކީ ކޯޝަލްއާއި ކައިވެނިކޮށްފައިއެވެ.