ބޮލީވުޑު ފިލްމުތަކުގަޔާއި ހިންދީ ފިލްމުތަކުގައި ޝާދީތައް ދައްކާއިރު، ބޭރުން އައިސް ވަދެގަންނަ މީހަކު، ކައިވެނިކުރަން ހަމަޖެހިފައިވާ މީހާއާ ކައިވެނިކުރާ މަންޒަރު ފެނެއެވެ. މިކަމުގެ ސަބަބުން ބޮޑެތި ސީންތައް، މި ފިލްމުތަކާއި ޑްރާމާތަކުގައި އުފެދެއެވެ. އަދި، މިއީ އަސްލަށް ވާނެކަމެއް ކަމާމެދު ބެލުންތެރި ސުވާލު އުފައްދައެވެ.

އެހެންނަމަވެސް، އެނގޭ ހެއްޔެވެ؟ މި ފިލްމުތަކާއި ޑްރާމާތައް އުފައްދާ އިންޑިޔާގައި މިފަދަ ކަމެއްވަނީ ވަރަށް ފަހުން ހިނގާފައެވެ. މި ހައިރާންކުރަނިވި ކަންތައް ހިނގާފައިވަނީ އެޤައުމުގެ އުއްތަރަ ޕްރަދޭޝް ގައެވެ.

ނޫސްތަކުން ބުނާގޮތުގައި، ޝާދީ (އިންޑިޔާގެ ކައިވެނި) ކުރަން ހަމަޖެހިފައިވާ ތަނުގައި ދެ މީހުން ތިއްބާ، ބޭރުން ހަފްލާ ކުރިއަށް ދިޔަ ތަނަށް ފިރިހެނަކު ވަދެ ވަނީ، ކައިވެނިކުރާ އަންހެން މީހާގެ ކަރުގައި މާ ފަތި އަޅުވާފައެވެ. މި މާ ފައްޗަކީ ދެމަފިރިން އެކަކު އަނެކަކުގެ ކަރުގައި އަޅުވަން، އެމީހުންގެ ސަޤާފަތުގައި އޮންނަ މާ ފައްޗެކެވެ.

ދެންވެސް ކަންތައް ހިނގާފައިވަނީ ފިލްމުތަކުގައި ވާ ގޮތަށެވެ. އެގޮތުން، ކައިވެނިކުރާ ފިރިހެން މީހާގެ އާއިލާއިންވަނީ ކައިވެނި ނުކުރާގޮތަށް ނިންމާ، އެތަން ދޫކޮށް ގޮސްފައެވެ.

އެޤައުމުގެ ފުލުހުން ބުނާގޮތުގައި ކައިވެނި ހަފްލާ ތެރެއަށް ވަދެ، އަންހެން ކުއްޖާގެ ކަރުގައި މާ ފަތި އެޅުވި މީހަކީ، އަންހެން ކުއްޖާއާ އެއް ކިލާހެއްގައި ކިޔެވި މީހެކެވެ. އަދި، އެދެމީހުން އުޅުނީ ލޯބީގެ ގޮތުން ގުޅިގެންކަމަށާއި އެހެންނަމަވެސް، މިކަމަށް އާއިލާއިން ނުރުހޭކަމަށްވެސް ބުނެފައިވެއެވެ.

މި ކަންތައް ހިނގާފައިވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާަހެހެ

    އެކަމަކު ނުވެސް ދަންނަ މީހެކޯ؟؟

  2. ޖަނާ

    މި އާޓިކަލް ލިޔުނު ބޭފުޅާއަށް މަގޭ ސަލާމް.....