ބޮލީވުޑްގެ އެންމެ ގިނަ ޓުވިޓާ ފޮލޯވަރުންގެ ރެކޯޑު ޝާހުރުކް ހާން އަށް ލިބިއްޖެއެވެ.

އެގޮތުން ޝާހުގެ ޓްވިޓާ ފޮލޯވަރުންގެ އަދަދު މިހާރު ވަނީ 35 މިލިއަން އަށް އަރާފައެވެ. އެ މަގާމުގައި މީގެކުރިން އޮތީ މަޝްހޫރު ފިލްމީ ތަރި އަމީތާބް ބައްޗަންއެވެ. އޭނާގެ ޓުވިޓާ ފޮލޯވަރުންގެ އަދަދަކީ 34.2 މިލިއަންއެވެ.

އަމީތާބަކީ އިންޑިއާގެ އެހެން މަޝްހޫރު ފަރާތްތަކާއި އަޅާ ބަލާއިރު ޓްވިޓާގައި ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. ފެބްރުއަރީ މަހު އަމީތާބުގެ އެކައުންޓަށް ފޮލޯ ކުރަމުންދިޔަ ލައްކައެއްހާ އެކައުންޓް ސަސްޕެންޑް ކުރުމާ ގުޅިގެން އަމީތާބް ފޮލޯކުރާ ފަރާތްތަކުގެ އަދަދު ވަނީ 33 މިލިއަންނުން 32.9 މިލިއަނަށް ވެއްޓިފައެވެ. މިއާއެކު އަމީތާބް ވެފައިވަނީ އިންޑީއާގެ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނަ ޓްވިޓަރ ފޮލޯވާސް ގިނަ ތަރިއަށެވެ.

އެހެން ވުމުން އެދުވަސްކޮޅު އިންޑިއާގެ އެންމެ ގިނަ ޓްވިޓާ ފޮލޯވާސް ހުރި މީހާގެ މަގާމް އަމީތާބް އަތުން ގެއްލި ޝާހުރުކް އަށް ވަނީ ލިބިފައެވެ. ނަމަވެސް މިހާރު އަމީތާބްގެ ފޮލޯވާސްގެ އަދަދު 33.1 މިލިއަނަށް އަރައެވެ.

ޝާހުއާއި އަމީތާބްގެ ޓްވިޓާ ފޮލޯވާސް ގިނަވެފައިވާއިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޓްވިޓާ އެކައުންޓުގެ ފޮލޯވާސްގެ އަދަދަކީ 44 މިލިއަނެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިވަގުތު ބޮލީވުޑްގައި ހުރި އެންމެ މުއްސަދި އެކްޓަރަކީ ބޮލީވުޑްގެ ރަސްގެފާނު ކަމުގައި ގިނަ ބަޔަކު ދެކޭ ކިންގް ހާން ނުވަތަ ޝާހްރުކް ޙާންއެވެ.

1965 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ދެވަނަ ދުވަހު ދުނިޔެއަށް އުފަންވެފައިވާ ޝާހުރުކް މިލްކިއްޔާތުގައި 600 މިލިއަން އެމެރިކާ ޑޮލަރު ހުރިއިރު، ބޮލީވުޑްގެ އިތުރުން ދުނިޔޭގެ އެންމެ ތަނަވަސް އެކްޓަރުންގެ ލިސްޓުގައިވެސް އޭނާ ވަނީ ހިމެނިފައެވެ.