މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ނިރުބަވެރިކަމާ ( ޓެރެރިޒަމްއާ) ގުޅޭ 1.9 މިލިއަން ޕޯސްޓް ފޭސްބުކްއިން ނަގާފައިވާކަމަށް އެކުންފުނިން ބުނެފިއެވެ. އެކުން ފުނިން ހާމަ ކުރާގޮތުގައި މިއީ މިދިޔަ އަހަރުގެ މިމުއްދަތާ ބަލާއިރު މިއީ 100% އިތުރު އަދަދެއް ކަމަށެވެ.

އެކުންފުނިން އިތުރަށް ބުނެފައިވަނީ ހައްދު ފަހަނަ އަޅާފައިވާ ގުރުޕްތަކުން ކޮށްފައިވާ ޕޯސްޓްތަށްވެސް ރިމޫވް ކުރަމުން އަންނަ ކަމަށާއި އެމަސައްކަތުގައި ބޭނުން ކުރަނީ އާރޓިފިޝަލް އިންޓެލިޖެންސްކަމަށެވެ.

މީގެ ކުރިން ފޭސްބުކް އިން މިފަދަ ޕޯސްޓްތަށް ދެނެގަންނަނީ ފޭސްބުކް ބޭނުން ކުރަމުންދާ ފަރާތްތަކުން އެކަން ރިޕޯޓް ކުރުމުންނެވެ. އަދި ރިޕޯޓް ކުރުމުން ފޭސްބުކްގެ ޓީމްއަކުން އެއީ ފޭސްބުކްގެ ޕޯސްޓްއަކީ ފޭސްބުކް ޕޮލެސީއާ ޚިލާފު ޕޯސްޓެއްތޯ ބަލާ ޗެކްކޮށް އެ ނަގަން ޖެހޭ ހާލަތެއްގައި ނަގައެވެ.

ނަމަވެސް ފޭސްބުކްއިން ބުނެފައިވަނީ މިއަހަރުގެ މިހާތަނަށް ނެގުނު މިޕޯސްޓްތަށް ނަގާފައިވަނީ %88 އާރޓިފިޝިއަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކަމަށާއި މުސްތަޤްބަލުގައި މިޓެކްނިލޮޖީ މިއަށްވުރެ ހަލުވިވެ، އިތުބާރު ބޮޑުވާނެކަމަށެވެ.