ގިނަ ބަޔަކަށް ފޭސްބުކް މެސެންޖާ ޑައުންވެއްޖެ އެވެ.

ގިނަ ބަޔަކަށް ފޭސްބުކް މެސެންޖާ ޑައުންވެގެން ޓްވިޓާގައި ދަނީ ވާހަކަދައްކަމުންނެވެ.

ޑައުން ޑިޓެކްޓާއިން ބުނީ ފޭސްބުކް މެސެންޖާގައި މައްސަލަތަކެއް ހުރިކަން ޔޫޒަރ ރިޕޯޓުތަކުން ދައްކާ ކަމަށެވެ.

ގިނަބަޔަކު މެސެޖް ކުރުމަށް ބޭނުން ކުރާ މި އެޕްލިކޭޝަން ޑައުންވެ މެސެޖްތައްވެސް ނުފޮނުވޭ ކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ. ބައެއް މީހުން ބުނާގޮތުގައި، މެސެޖްތައް ހުންނަނީ ސެންޑިންގ އާރަފައެވެ.

މި މައްސަލަ ހައްލުވެފައި ވަނީ ގަޑިއަކަށް ވުރެ ގިނަ އިރު ފަހުންނެވެ.

ފޭސްބުކް މެސެންޖާ އަކީ މޯބައިލް ފޯނުގައި ބޭނުން ކުރާ އިންސްޓަންޓް މެސެންޖާ އެޕްލިކޭޝަނެކެވެ.