މީސް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ޓްވިޓާ، ފޭސްބުކް އަދި އިންސްޓަގްރާމް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް ބަޔަކަށް ޑައުންވެއްޖެއެވެ.

މި ހިދުމަތްތަކަށް އެންމެ ބޮޑަށް ބުރޫ އަރާފައިވާ ކަމަށް ބެލެވެނީ އެމެރިކާގައި މި ހިދުމަތްތައް ބޭނުންކުރާ މީހުންނަށެވެ.

ޓްވިޓާގައި ގިނަ ބަޔަކު ބުނެފައި ގޮތުގައި އާ ޓުވީޓުތައް ޕޯސްޓް ނުކުރެވޭ ކަމަށެވެ.

"ޓުވީޓް ކުރުމުގައި ދުވާލެއްގެ މައްޗަށް ކަނޑައަޅާފައިވާ ލިމިޓަށް ވުރެ މަތި" މި މެސެޖް އަންނަމުންދާ ކަމަށް ބުނެފައި ވެއެވެ.

ޓްވިޓާގެ ސަޕޯޓް ޓީމުން ބުނީ އެކަން އެމީހުންނަށް އެނގޭ ކަމަށާއި އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބައެއް މީހުންނަށް އުންމީދު ކުރި ގޮތަށް ޓްވިޓާ މަސައްކަތް ނުކުރެވިދާނެއެވެ.

"މައާފަށް އެދެން. އެކަން ރަނގަޅު ކުރުމަށް، މި ދަނީ މަސައްކަތް ކުރަމުން މިދަނީ،" ޓްވިޓާ ސަޕޯޓް އިން ބުންޏެވެ.

އައުޓޭޖް ޓްރެކިން ވެބްސައިޓް ޑައުންޑިޓެކްޓަރ އިން ވެސް ވަނީ މެޓާ ޕްލެޓްފޯމް ކަމަށްވާ ޓްވިޓާ އަދި ފޭސްބުކްގެ ޔޫޒަރ ގްލިޗް ރިޕޯޓްތައް އިތުރުވެފައިވާކަން ހާމަކޮށްފައެވެ.

މި ހިދުމަތަށް ބުރޫ އަރައިގެން ފޭސްބުކް ބޭނުންކުރާ 12،000 އަށް ވުރެ ގިނަ މީހުން ރިޕޯޓްކޮށްފައިވާއިރު، އިންސްޓަގްރާމް ބޭނުން ކުރާ ގާތްގަނޑަކަށް 7،000 މީހުން އެފަދަ ރިޕޯޓްތައް ކޮށްފައި ވެއެވެ.