މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން މުޅި ދުނިޔެ އޮތީ ހުއްޓުމަކަށް އައިސްފައެވެ. އެތައް ބަޔަކު މިހާރު ގޭގައި ތިބެގެން ކުރާނެ މަސައްކަތްތައް ދަނީ ހޯދަމުންނެވެ. އެގޮތުން މިހާރު އިންޑިއާގެ މިޑީއާތަކުގެ ސަމާލުކަން ލިބިފައި ވަނީ ބޮލީވުޑްގެ ތަރިން މި ދުވަސްވަރު ކުރަމުންދާ ކަންތައްތަކާއި ގުޅޭގޮތުންނެވެ.

މީގެ ތެރެއިން ބައެއް ތަރިން ދަނީ ގޭތެރޭގައި ކަރަންޓީންވެގެން އިނދެ ކެއްކުމާއި، ގަސް އިންދުމާއި، ފޮތް ކިޔުމާއި، ކުލަ ޖެއްސުން ފަދަ ކަންކަން ކުރަމުންނެވެ. އަދި މީސް މީޑިއާގެ ސަމާލުކަން އެ މަންޒަރު ތަކުގެ ފޮޓޯތައް ދަނީ ހިއްސާ ކުރަމުންނެވެ.

އެގޮތުން ދާދި ފަހުން އެކްޓްރެސް ބިޕާޝާ ބާސޫ ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ގޭގައި ގަސްއިންދަމުންދާ މަންޒަރުގެ ވީޑިއޯ ހިއްސާކޮށްފައެެވެ.

https://www.instagram.com/p/B-ofwQVjaXk/?utm_source=ig_embed

އެ ވީޑިއޯ ހިއްސާ ކުރަމުން އޭނާ ބުނެފައި ވަނީ، ފުރަބަންދުގައި ހުރުމުން، ކޮންމެ ދުވަހަކުވެސް ކަމެއް ކުރަން ވަގުތު ހުސްކޮށްލަނީ ކަމަށާއި، އެ މީހެއްގެ ޖިސްމަނީ އަދި ނަފްސާނީ މިވަގުތުތަކުގައިވެސް ބަލަން ޖެހޭ ކަމަށެވެ. އަދި މި ދުވަސްވަރު ކަންކަމުގައި ބޮޑަށް ފަރުވާތެރިވެ އުޅުމަށް އޭނާ ވަނީ ނަސޭހަތްތެރިވެފައެވެ.

"ދިރިއުޅުމަކީ ހަދިޔާއެއް، އެހެންކަމުން ހުރިހާ ވަގުތުތައް އުފަލާއި މަޖަލުގައި ހޭދަކުރޭ، އަދި އެކަމަށް ޝުކުރުވެރިވޭ". އޭނާ ބުނެފައި ވެއެވެ.

އޭނާވަނީ، ކޮވިޑްް-19 އިން މުޅި ދުނިޔެ ސަލާމަތް ކުރެވޭތޯ ދުއާކޮށްފައެވެ. އެ ބައްޔާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ ފްރޮންޓްލައިން ސްޓާފުންނަށް ރައްކާތެެރިކަމަށް އެދިވެސް އޭނާ ވަނީ ދުއާ ކުރާ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނޯޑައުޓް

    މަހީކުރީ ފުރަތަމަ ފޮޓޯ ފެނިފަ އެއީ އެޑިއުކޭޝަން މިނިސްޓަރ ޢައިޝަތު އަލީ ކަމަށް..

    12
    1
  2. ބިޕާޝާ

    ސަޗް މޭ؟??