އިންޑިއާގެ ކެރެލާގެ ހޮސްޕިޓަލެއްގެ ވޯޑުން ފެނުނު ފަސް ބުޅާ މަރުވުމުން އެ ބުޅާތަކުގެ ގުވަނަވަންތައް ޓެސްޓު ކުރުމަށް ލެބަަކަށް ފޮނުވައިފިއެވެ.

ޓްރިވަނަތަޕޫރަމްގެ ލެބަކަށް އެ ބުޅާތަކުގެ ގުނުވަންތައް ފޮނުވާފައި ވަނީ އިތުރު ދިރާސާ ކުރުމަށެވެ.

އޮފިޝަލުން ބުނާގޮތުގައި، އެ ބުޅާތަކުގެ ޕޯސްޓްމޯޓަމްއިން، އެ ބުޅާތަކުގެ ހަށިގަނޑުން ކޮވިޑް-19 ގެ އަސަރެއް ފެންނަން ނެތްއިރު، އެ ބުޅާތައް މަރުވިކަމަށް ބެލެވެނީ ސްޓްރެސް ސަބަބުން ކަމަށް ބުނެފައި ވެއެވެ.

މަރުވެފައި ވަނީ، ފިރިހެންް ދެ ބުޅަލާއި، އަންހެން ބުޅަލެއްގެ އިތުރުން، އިތުރު ދެ ބުޅަލެވެ.

"އެ ބުޅާތަކުގެ ގުނަވަންތައް ލެބަށް ފޮނުވާފައިވަނީ، ކޮވިޑް-19އަށް ފަރުވާދެމުންދާ ހޮސްޕިޓަލެއްގެ ވޯޑަކުން އެ ބުޅާތައް ފެނުމުން އިތުރު ދިސާރަތައް ހެދުމަށް".އެ ބުޅާތަކުގެ ޕޯސްޓްމޯޓަމް ހެދި ޑޮކްޓަރު ޓިޓޯ ޖޮސެޕް ބުނެފައި ވެއެވެ.

އެ ބުޅާތައް އެ ވޯޑުން ފެނިފައިވަނީ މާރިޗް 28 ވަނަ ދުވަހުއެވެ. އެ ތަނުން ބުޅާތައް ފެނުމުން ގެންގޮސް އެ ބުޅާތަކަށް ކާންދީ ގެންގުޅެމުން ދަނިކޮށް މަރުވީއެވެ.

އެ ބުޅާތަކުން ކޮވިޑް-19 ފެނިފައިނުވާއިރު، އެމެރިކާގައި ބުޅަލެއްގެ ގައިން ވަނީ ކޮވިޑް-19 ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު