އިންގްލޭންޑްގެ ބްރެޑްފޯޑްއަށް ނިސްބަތްވާ ބޯކޮށާ މީހަކު ކުޑަކުއްޖެއްގެ ބޯ ތަލަކޮށް ކޮށި މައްސަލާގައި އަށް މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

އުމުރުން 10 އަހަރުގެ ކުއްޖަކަށް އަދަބެއް ދޭންކަމަށް ބުނެ ބޯކޮށި މައްސަލާގައި އެ މީހާ ޖަލަށް ލާން ހުކުމްކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އަބްދުއްރަހީމް އުމަރް ނަމަކަށް ކިޔާ 21 އަހަރުގެ މީހާ އެ ކުއްޖާގެ އިސްތަށިގަނޑު ކޮށައިދިނީ ވަރަށް ތުނިކޮށެވެ. އެތަން ބަލަން ތިބި އެންމެން އެ ކުއްޖާގެ އިސްތަށިގަނޑު ބަލާފައި ވަނީ ހީ ސަމާސާކޮށްފައެވެ. ވަގުތުން އެ ކުއްޖާ ހިތްހަމަނުޖެހިގެން ވަނީ ފުލުހަށް ގުޅާފައެވެ. ފުލުހުން އޮމަރް ހައްޔަރު ކުރަން އައުމުން އޭނާ ބުނީ، އޭނާ ބޭނުންވީ އެ ކުއްޖާއަށް ރޭޒަރުގެ ނުރައްކާ ކަމާއި ގުޅޭގޮތުން ފިލާވަޅެއް ދޭން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ލޫޓަން ކްރައުން ކޯޓުން އޮމަރް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ އެ ކުއްޖާއަށް ގެއްލުމެއް ދިންކަން ކަށަވަރުވުމުންނެވެ.

އޭނާގެ ޑިފެންސް ޓީމުން ބުނީ، އޮމްރް އަމިއްލައަށްވެސް އޭނާއަށް ކުރެވުނީ ގޯސްކަމެއްކަން އެނގިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު