ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންސް އަކީ މާ އުފެއްްދުންތެރި ޝޯއަކަށް ނުވިނަމަވެސް މި ރިއަލިޓީ ޝޯ އަކީ އެންމެ މަގްބޫލް ރިއަލިޓީ ޝޯއެވެ. ޝޯގައި މައިގަނޑު ކަމަކަށް އޮންނަނީ ކާޑޭޝިއަން އާއިލާގެ މުއްސަނދި ދިރިއުޅުމުގެ ކަންކަމާއި، އެކަކު އަނެކަކަށް ހިނގާ ޒުވާބުތަކާއި ހަމަނުޖެހުންތަކެވެ.

މިއާއި އެކުވެސް އެ އާއިލާގެ ކަންކަން ހިނގާ ގޮތް ބަލަން ބޭނުންވާ މީހުން މަދެއް ނޫނެވެ. ކާޑޭޝިއަން އާއިލާގެ އެންމެ މަޝްހޫރު ނޫން މޫނަކީ ކޯޓްނީ ކާޑޭޝިއަން އޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

އެތައް ދުވަހެއް ވަންދެން މި ޝޯގައި ބައިވެރިވަމުން އައި ކޯޓްނީ ވަނީ މި ޝޯއިން މި ވަގުތަށް ނަމަވެސް ވަކިވާން ނިންމާފައެވެ. އަދި އޭނާ ވަނީ އެކަން އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާންވެސް ކޮށްފައެވެ.

ކޯޓްނީގެ މިހާރުވެސް ދަރިއަކު ހުންނަ އިރު އޭނާ ބޭނުން ވަނީ އަދިވެސް އިތުރު ކުދިން ހޯދާށެވެ. ފަހަކަށް އައިސް ދަރީގެ ކަންކަމާއި މާގިނައިން އުޅޭތީ ޝޯގެ ޝޫޓިންއަށް ވަގުތު ނުދީގެން ކޭޑޭޝިއަން އާއިލާގެ އެހެންމީހުން ތިބެނީ ކޯޓްނީ އާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.

އުމުރުން 40 އަހަރުގެ ކޯޓްނީ ބުނީ އޭނާ ބޭނުންވަނީ ޒިންމާދާރު މަންމައަކަށް ވާންކަމަށެވެ. އަދި ކޭޑޭޝިއަން އާއިލާގެ އެހެންމީހުން ހަދާހެން ދަރިފުޅު ބަލަން އެހެން މީހަކާއި ހަވާލުކުރަން ބޭނުން ނުވާ ކަމަށް ވެސް ކޯޓްނީ ބުންޏެވެ. ކޯޓްނީ އިތުރު ކުއްޖަކު ހޯދަން ބޭނުން ވަނީ އައިވީއެފް މެދުވެރިކޮށެވެ.

ކޯޓްނީގެ ޝޯއިން ވަކިވާން ނިންމި ނިންމުމާއި މެދު ކާޑޭޝިއަން އާއިލާއިން ތިބީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.

ކީޕިން އަޕްވިތް ދަ ކާޑޭޝިންސް ދައްކަނީ 2007 އިން ފެށިގެންނެވެ. މިއީ ހައިޕްރޮފައިލް މުއްސަނދި ދިރިއުޅުމެއް އުޅޭ އާއިލާއެއްގެ އާއްމު ދިރިއުޅުމުގެ ހުރިހާ ކަމެއް ގެނެސްދޭ ޝޯއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނޫސް

    ކޯޓްނީގެ މިހާރުވެސް ދަރިއަކު ހުންނަ އިރު އޭނާ ބޭނުން ވަނީ އަދިވެސް އިތުރު ކުދިން ހޯދާށެވެ. އޭނާގެ މިހާރުވެސް ތިން ދަރިން ތިބޭ