ކީޕިންއަޕް ވިތް ދަ ކަޑާޝަންސްގެ ތަރި، އަދި މީޑިއާގެ މަޝްހޫރު ކޯޓްނީ ކާޑޭޝިއަން އާއި ޓްރެވިސް ބޭކާ ކައިވެނިކޮށްފިއެވެ. ދެ މީހުން ކައިވެނިކޮށްފައި ވަނީ އިޓަލީއެވެ.

އިޓަލީގެ ޕޯޓޯޕިނޯގެ ކާސަލް އެއް ކަމަށްވާ ކަސްޓެލޯ ބްރައުންގައި ބޭއްވި ރަސްމިއްޔާތެއްގައި ދެ މީހުން ކައިވެނިކޮށްފައިވާއިރު، ދެ މީހުންވެސް ވަނީ މީސް މީޑިއާގައި ފޮޓޯ އާއްމުކޮށްފައެވެ. ފޮޓޯ އާއްމުކޮށް އޭނާ ބުނެފައި ވަނީ، "އުފާވެރިކަމާ އެކު ދިރިއުޅުމައިގެން ކުރިއަށް" ކަމަށެވެ.

ކޯޓްނީ އޭނާގެ ހުދު ކުލައިގެ ކައިވެނީގެ ހެދުމުގައި ވަރަށް ފަރިވެފައިހުރިިއިރު، ޓްރެވިސްވެސް ހުރީ ކަޅު ކުލައިގެ ސޫޓެއް ލައިގެންނެވެ. މި ދެމީހުންގެ ހެދުންވެސް ޑިޒައިންކޮށްފައި ވަނީ ޑޮލްޗޭ އެންޑް ގަބާނާ ފެޝަން ކޮމްޕެނީންނެވެ.

މި ކައިވެނީގެ ހަފްލާގައި އާއިލާ މީހުންނާއި ގާތް ރަހުމަތްތެރިން ބައިވެރިވިއެވެ.

ކޯޓްނީގެ ތިން ކުދިން ތިބެއެވެ.

ރިއަލިޓީ ތަރި، 43އ. ކޯޓްނީ އާއި މިއުޒީޝަން ޓްރެވިސް 46އ. ކައިވެނިކޮށްފައިވާއިރު، ލޮސްއެންޖަލަސްގައި ފަހުން ހަފްލާތަކެއް ބާއްވާނެ ކަމުގެ ވާހަކަތައް މިހާރު ދަނީ ދެކެވެމުންނެވެ.