ބޮލީވުޑްގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރް އިންޑިޔާގެ މަޝްހޫރު އަދި އުންމީދީ ވާހަކަ ތަކެއް ގެނެސްދޭ ކުޅިވަރުގެ ފަންނާނެއްގެ ދިރިއުޅުމުގެ މައްޗަށް ފިލްމެއް ކުޅެން ނިންމާފައިވާ ކަމަށާއި އެހެންނަމަވެސް އަދި އެއީ ކާކުކަމެއް އިޚްތިޔާރު ކުރަން ނޭނގޭކަމަށް ބުނެފިއެވެ.

ރަންބީރު ބުނެފައިވަނީ އިންޑިޔާގައި އެ ކުޅުންތެރިއެއްގެ ދިރިއުޅުމަށް ފިލްމެއް ކުޅެން ބޭނުންވާ އެތައް ބަޔަކު އެބަތިބި ކަމަށާއި އޭގެތެރެއިން އިޚްތިޔާރު ކުރާނެ ފަރާތެއް ނޭނގޭ ކަމަށާއި އަބަދުވެސް އެކަލަ ފިލްމެއް ކުޅުމަށް ޝައުޤުވެރިކަން ހުންނަ ކަމަށެވެ.

2007 ވަނަ އަހަރު މަޝްހޫރު ޑައިރެކްޓަރ ސަންޖޭލީލާ ބާންސަލީގެ ސާވަރާ ފިލްމްއިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ރަންބީރު ކަޕޫރްވަނީ ގިނަ ފިލްތަކެއް ކުޅެ، ގިނަ އެވޯޑްތަކެއް ހޯދާފައެވެ. އެކި ރޯލްތައް ކުޅުމަށް މަޝްހޫރު ރަންބީރުގެ ނަން އެކި ފިލްތަކުން އެކި ފަހަރުމަތިން ވިދާލާފައެވެ. މިގޮތުން ޔޭ "ޖަވާނީ ހޭ ދިވާނީ" ، "ރޮކް ސުޓަރ" ފަދަ ފިލްތަކަކީ ގިނަ ބައެއްގެ ތެރޭގައި މަޤްބޫލުކަން ހޯދާފައިވާ ހިޓް ފިލްމުތަކެކެވެ.

ކުޅިވަރަށް އަބަދުވެސް ޚާއްސަ ސަމާލުކަމެއް ދެމުން އަންނަ ރަންބީރުގެ "ސްޕޯޓް" ފިލްމަކަށް ގިނަ ބަޔަކުދަނީ އިންތިޒާރު ކުރަމުންނެވެ.