ކަންފަތުގައި ޖަހާ މަޑަކީ ކަންފަތް ބައެއް އިންފެކްޝަންތަކުން ސަލާމަތްކޮށްދިނުމަށް އެހީއެކެވެ. އަދި މިއީ ލުބްރިކެންޑްއެއްގެ ދައުރު އަދާކުރާ އެއްޗެކެވެ.
އެހެންނަމަވެސް ކަންފަތުގައި މާގިނައިން މަޑު ލުމަކީ ސިއްޙަތަށް ނުރައްކާތެރި އަދި އެކަމުގެ ސަބަބުން ގިނަ އުދަގޫތަކެއް ކުރިމަތިވާކަމެކެވެ. މާގަދަޔަށް ކަންފަތް ކަހާނަމަ ނުވަތަ ކަންފަތުން ދޮސް ނިކުމެ، ކަންފަތަށް މާބޮޑަށް ތަދުވާނަމަ އެއީ ކަންފަތުގައި ގިނައިން މަޑުލީ ކަމަށްވެސް ވެދާނެއެވެ. ކަންފަތަށް ރަނގަޅަށް އަޑު ނީވުމަކީވެސް ކަންފަތުގައި މަޑު ޖެހުމުގެ ސަބަބުން ދިމާވާ ކަމެކެވެ. މިގޮތަށް ގިނައިން ދިމާވާނަމަ އޭގެ މާނައަކީ ކަންފަތުން އުފައްދަން ޖެހޭ މިންވަރަށްވުރެ ގިނައިން މަޑު އުފައްދަނީއެވެ.
މިގޮތަކަށް ގިނައިން ކަންފަތުގައި މަޑުލާނަމަ ކަންފަތް ސާފު ކުރުމަކުން އަދި މިކަމުން ހައްލެއް ނުލިބޭނެއެވެ. މިކަމަށް ދާއިމީ ޙައްލެއް ބޭނުންނަމަ ތިރީގައިވާ ކަންތައްކޮށްލާށެވެ.
ކައްކާފައިހުރި ހޫނުކަން އެހާގަދަ ނޫން ފެންތައްޓަކަށް އެއް ސައިސަމުސާ ލޮނު އަޅާލާ ރަނގަޅަށް ގިރާލާށެވެ. އަދި ކަފަކޮޅެއް މި ލޮނުފެން ތައްޓުން ތެންމާލާށެވެ. އަދި ކަންފަތް މައްޗަށްވީ ފަރާތަށް ޖަހާ ކަންފަތަށް ދެތިންތިކި ފެން މިކަފަކޮޅުން ޖަހާށެވެ. އަދި ކަންފަތުގެ ތެރެއަށް މިފެންތައް ދާދެން މަޑުކޮށްލާށެވެ. އަދި ކަންފަތް އަނެއް ފަރާތަށް ޖަހާލާ ކަންފަތުގެ ތެރޭގައިހުރި ފެންތައް ނެރެލާށެވެ.
މިގޮތަށް ކޮންމެ ރެޔަކު ކަންތައްކޮށްފިނަމަ އިންޝާﷲ ހަފްތާއެއްގެ ތެރޭގައި މިކަމުން ލުއިޔެއް ލިބިގެންދާނެއެވެ.
ނަމަވެސް މިފަދަ ސިއްހީ މައްސަލައެއް ދިމާވާނަމަ ޑޮކްޓަރެއްގެ ނުވަތަ ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުން ބުއްދިވެރިއެވެ.
ކަންފަތުގައި މަޑު ޖެހުމަކީ ކަންފަތް ބައެއް އިންފެކްޝަންތަކުން ސަލާމަތްކޮށްދިނުމަށް އެހީއެކެވެ
ރައީސް ގެ ކަންފަތަށް މިފަރުވާ ދޭންވީ. އޭނަ ބުނިވިއްޔަ ކަންފަތަށް އަޑުނީވެޔޭ މަޑު ނަގާށޭ ޖެހޭނީ