ކޮވިޑް-19 ފެތުރިގެން ދިއުމާއެކު އެތައް ބަޔަކު މިހާރު ތިބީ ގޭގައި މަޑުކުރަން މަޖުބޫރު ވެފައެވެ. ރަހުމަތްތެރިންނާއެކު ބޭރަށް ނުދެވޭތީ އެ ޝަކުވާ ކުރާ މީހުން މަދެއް ނޫނެވެ. އެހެން ނަމަވެސް މި އޮތީ ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކޮށްލަން މޮޅު ގޮތެކެވެ. ބޮލީވުޑްގެ އެކްޓްރެސް އާލިއާ ބަޓްވެސް އޭނާގެ ރަހުމަތްތެރިންނާއެކު ވަގުތު ހޭދަ ކުރަމުން ދަނީ މިހެންނެވެ. ގްރޫޕް އެއްކޮށް ވީޑިއޯ ކޯލް ކޮށްގެންނެވެ.

ދަ ހައިވޭއިން ފެނިގެން ދިޔަ އާލިއާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ ރަހުމަތްތެރިންނާއެކު ވީޑިއޯ ކޯލް ކުރާ މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާ ކޮށްފައެވެ. އެ ފޮޓޯގައި އާލިއާގެ އެންމެ ގާތް ރަހުމަތްތެރިން ކަމަށްވާ އެކްޓްރެސް އަކަންޝާ ރަންޖަން ކަޕޫރާއި، ޑިޒައިނާ މެގްނާ ގޯޔަލް އާއި ޓަންޔާ ސަހާ ގުޕްޓާ އާއި ކްރިޕާ މެހެޓާ އާއި ޑިޝާ ޚަޓްވަނީގެ އިތުރުން ޑެވިކާ އަޑްވީނެސް ފެނިގެން ދެއެވެ.

އާލިއާ އެ ފޮޓޯ ނެގިއިރު، އެންމެންވެސް ތިބީ އެކި ގޮތްގޮތަށް ޕޯސް ކޮށްގެންނެވެ. އެ އެންމެންވެސް ތިބީ ގޭގައެެވެ. ދުރުގައި ނަމަވެސް އެކު އެކީގައި ކަން މި ވަނީ ސާބިތުކޮށްދީފައެެވެ.

https://www.instagram.com/p/B_eU6KTlJKR/?utm_source=ig_embed

މިއީ ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކޮށްލެވިދާނެ މޮޅު ގޮތެކެވެ.

ދޭތެރެ ދޭތެރެއިން އާލިއާ އޭނާގެ ރަހުމަތްތެރިންނައެކު ވީޑިއޯ އާއި ފޮޓޯ ނަގާ އިންސްޓަގްރާމްގައި ހިއްސާ ކުރެއެވެ.

ވަރަށް ފަހުން ބޮލީވުޑްގެ ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފައިވާ އާލިއާ އަކީ މިހާރު ބޮލީވުޑްގެ އެންމެ ހިޓް އެއް ތަރިއެވެ.