ބުނެވޭ ގޮތުގައި، އައްސުލްޠާން ވަޑީ ކަލަމިންޖާގެ ރަސްކަމުގައި، ވިޔަފާރި ދަތުރެއްގައި، ގުރާބެއް މާލެ އައެވެ. ގުރާބު މީހުން ވިޔަފާރި މުދަލާއެކީ ވަރަށް ރީތި ޖާރިޔާއެއް ބިއްލޫރި އަލަމާރިއަކަށް ލައިގެން މާލެ ބޭލިއެވެ. މި ޖާރިޔާ ވަގަށް ނެގިޔަ ނުދިނުމަށް މި އަލަމާރި ކައިރީގައި ސާރިދޯޅެއް ބޭއްވިއެވެ.

ނަމަވެސް އެ ޖާރިޔާ ގެއްލިއްޖެއެވެ. ޖާރިޔާ އާއި އަލަމާރި ނުފެނުމުން އެމީހުން އެވާހަކަ ރަދުންނަށް ހުށަހެޅިއެވެ. ރަދުންގެ ފަރާތްޕުޅުން ވެސް ޖާރިޔާ ހޯދުމުގެ މަސައްކަތް ކުރެވުނެވެ. ނަމަވެސް ކުރެވުނު އެއްވެސް މަސައްކަތަކުން ނަތީޖާއެއް ނުފެނުނެއެވެ. ޖާރިޔާއެއް، އަލަމާރިއެއް ނުފެނުނެވެ.

ގުރާބުގެ މީހުން ރަދުންގެ އަރިހުގައި ގަދައަޅައި ދަންނަވަމުން ގެންދެވީ ސާރިދޯޅު ވަކިއަޅައިފައިވާ މީހަކު ރަށުގައި ހުންނާނެކަމަށެވެ. އެހެންވީމާ ރަށުގައި ތިބި އެންމެންގެ ބުރިކަށްޓާއި މޭމަތި، ފަރުދާއަކާ ނުލައި އެމީހުންނަށް ދެއްކެވުމަށެވެ. އެމީހާ ނުފެންނަހައި ހިނދަކު އެ މީހުން މަސައްކަތް ހުއްޓައެއް ނުލާނެ ކަމަށެވެ.

ރަދުންގެ އަމުރުފުޅަށް އެންމެންގެ ބުރަކަށްޓާއި މޭމަތި ދައްކަމުން ދިޔައެވެ. އެންމެ ފަހުން ގޮސް ގަނޑުވަރުގައި ތިއްބެވި ޝާހީ ބޭފުޅުންނާ ހަމައަށް މިކަންތައް ހިނގައްޖެއެވެ. ކަންކަން މިހިސާބަށް ދިޔައިރު، ގަނޑުވަރުގައި ހުންނެވި ރަދުންގެ ކޮއްކޯފުޅު ހަދައި ކަލަމިންޖާއާ މެދު ގުރާބުގެ މީހުން މެދުގައި އޭރު އޮތީ ޝައްކު އުފެދޭގޮތް ވެފައެވެ. މިހެންވެ ރަދުންގެ މި ކޮއްކޯފުޅު ގުރާބު މީހުންނަށް ދެއްކެވުމަށް ރަދުންނަށް ދެންނެވިކަމަށް ވެއެވެ.

ރަދުން މިކަމާ ހިތާމަފުޅު ކުރައްވައި، ކޮއްކޯފުޅު އެމީހުންނަށް ނުދައްކަވައި ވޭތޯ މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް އެންމެފަހުން އެ މީހުންގެ ކުރިމައްޗަށް ހުފެއި ނެރުއްވިއެވެ. ހުދެއިގެ މޭފުޅުމަތީގައި ސާރިދޯޅު ވަކިއެޅި ނިޝާންތައް ގުރާބު މީހުންނަށް ފެނުމުން ރުޅިއައިސްގެން ހުދެއި ފަހައިގަތެވެ.

ހުދައި ދުވެވަޑައިގެން ވަލުތެރެއަށް ވެދެވަޑައިގަންނަވަމުން ނަދުރުފުޅެއް ވިދާޅުވިކަމަށް ބުނެއެވެ. "ކީރިތި ﷲ މި މީހުންގެ ކިބައިން މިއަޅާ ސަލާމަތްކުރައްވައިފި ނަމަ، މާތްﷲގެ ޙައްޤުފުޅަށްޓަކައި މިސްކިތެއް އިމާރާތްކޮށް ފެންގަނޑެއް ބާއްވާހުށީމެވެ."

އުދެއި ހޯދުމުގެ މަސައްކަތް އެތައް ދުވަހަކު ކުރުމަށްފަހު ގުރާބުގެ މީހުން އެންމެ ފަހުން ފުރައިގެން ދިޔައީ ކަމަށް ބުނެވެއެވެ. ގުރާބުގެ މީހުން ފުރައިގެން ދިޔަކަން އެނގިވަޑައިގަތުމުން ހުދެއި ވަލުން ނުކުމެވަޑައިގެން ހެންވޭރު ކެޔޮ ގޯއްޗަށް ވަޑައިގެން ހޯއްދަވައި، ޖާރިޔާއެއް، އަލަމާރިއެއް ފެނިވަޑައި ނުގެންނެވި ކަމަށް ވެސް ބުނެއެވެ.

މިކަންކަމާ ހިތާމަފުޅު ކުރައްވާ އިތުރަށްހޯއްދެވި ހޯއްދެވުމުން އެނގިވަޑައިގަތީ ރަދުންގެ ގަނޑުވަރުގައި ޖާރިޔާ އާއި އަލަމާރި ވާކަމެވެ. ހުދެއި މިކަމާ އުފާފުޅު ކުރައްވައި، ކުރިން ވިދާޅުވި ނަދުރުފުޅު ފުއްދެވުމުގެ ގޮތުން މިސްކިތަކާއި ފެންގަނޑެއް ތައްޔާރުކުރެއްވި ކަމަށް ބުނެވެއެވެ. އެއީ މާވެޔޮ މިސްކިތާއި، މާވެޔޮ ކަމަށް ބުނެވެއެވެ.

އުދެއި މި މަސައްކަތްޕުޅު ނިންމެވުމަށް ނިންމެވުމަށްފަހު އަނެއްކާ ވެސް ޖާރިޔާ ހޯއްދެވުމުގެ މަސައްކަތްޕުޅު ފެއްޓެވި ކަމަށް ބުނެވެއެވެ. ނަމަވެސް މައްސަލަ އޮތީ ގޯސްވެފައެވެ. ދެބެންގެ ދެމެދުގައި އޮތް ތިމާގެކަން މި މައްސަލައާ ގުޅިގެން ހަސަދައަކަށް ބަދަލުވެގެން ދިޔަ ކަމަށް ބުނެވެއެވެ.

ބުނެވޭ ގޮތުގައި މީގެ ނަތީޖާއަކަށްވީ ޖާރިޔާ އަލަމާރިއަށް ލައި އަލަމާރީގައި ބަރޯސީ ބަނދެ ލޮނު ޒިޔާރަތްކޮޅޭ ކިޔާ ދިމާއިން އުރަފަށަށް ފެއްތުމެވެ. ފެއްތި ވަގުތު އެތަން ބަލަން އެއްވެ ތިބި މީސްތަކުންނަށް ކުއްލިއަކަށް ފެނުނީ ފެދެމުން ދިޔަ އަލަމާރި މައްޗަށް ހުދެއި އަރައިވަޑައިގެން އަލަމާރީގައި ބެއްދެވި ތަނެވެ. އެ ވަގުތު އަލަމާރީގެ މައްޗަށް ހޮޅިލީ ރާޅަކާ އެކު، އަލަމާރި ފެތިގެން ދިޔައީ ހުދާއި އާ އެކުގައި ކަމަށް ބުނެވެއެވެ.

އެ ދުވަހުގެ އެ ވަގުތުގައި އެ އަލަމާރީގެ މައްޗަށް އުފުލާލީ ރާޅު އަދި އަދަށް ދަންދެން ވެސް އުފުލަމުންދާ ކަމަށާއި، ލޮނު ޒިޔާރަތްކޮޅުގެ "ވަރުނުލާ ރާޅުގަނޑު" އުފެދުނީ އެދުވަހު އެވަގުތުގައި ކަމަށް ބުނެއުޅެއެވެ.

މައުލޫމާތު: ހަބީބާ ހުސައިން ހަބީބް / ދިވެހިންގެ ތަރިކަ 10 "ދިވެހިންގެ އާދަކާދަ"

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މޯދީގެ ބޭބެ

    ވާއޯ!!!

  2. މާހިރު

    މިހާރު ތަހުޒީބު ޒަމާނުގަ ތިކަހަލަ ވާހަކަ ނުދައްކާ އެހެންވިއްޔާ ޖަޒީރާ މިގައުމުގަ ތިކަހަލަ ހާދަ ގިނަރާޅުގަނޑެއް އޮންނާނޭދޯ

    18
    3
  3. ކާފަރ

    ގުދުރަތުން ކޮންމެ ރަށެއްމެ އުފައްދަވައި އެރަށަކަށް ރާޅު ނަގާނެ ފުއްޓަރެއް ލައްވައި އެކަން ތަރުތީބު ކުރައްވާފައިވަނިކޮށް ބޯދާ މީހުން ހަދާފައިވާ ތެދުކަން ސާބިތު ނުހިފޭ ވާހަކައަކުން ކުއްލިއަކަށް އެތަނަށް ބޮޑެތި ރާޅު ނަގަންފެށީތަ؟ ކުރިން ނުނަގާކަމަށްތާ އެވަނީ

    18
    3
    • މުސްލިމު

      ގުދުރަތެއް ނޫން ދުނިޔެ ހެއްދެވީކީ، ހެއްދެވީ ﷲ ތަޢާލާ، އާން ، އެކަލާނގެ ގުދުރަތްތެރި ކަމުން.

      "ގުދުރަތުން" ކަލޭގެ މަގްސަދަކީ ނޭޗަރ އޭ ކަމުގަ ވާނަމަ، މި ވާހަކަ ވެސް ކަލެއަށް ގަބޫލުނުކުރެވެންވީ ސަބަބެއް ނެތެއްނު. ހައްތަހާވެސް ފްލޯކް

  4. އަޖައިބުންއަޖައިބު

    މިއޮތް ރަމަޟާން ރޯދަމަހުވެސް ބުންޏެވެ ބުނެވުނެވެ ކިޔައިގެން ފާޑުފާޑުގެ ޚުރާފީ ވާހަކަ ނުދައްކައެއް ނުތިބެވޭދޯ. މިހާރު މުޅިދުނިޔެ ތަޖްރިބާ ކުރަމުން މިދާ ބޮޑުބަލާއާފާތުގެ ހާލަތުގައިވެސް ހެއްދެެވި ފަރާތަށް ރުޖޫޢަވެ ތައުބާވެ ހެޔޮ ޢަމަލު ގިނަކުރުމުގެ ބަދަލުގައި މީތޯ ކުރަން ފެނުނު ކަމަކީ؟

    30
    1
  5. ތާރީޙް

    އެޒަމާނުގަ ހެންވޭރު އޮވޭތަ؟

    13
  6. މަނިކު

    ޖާރިޔާއިން ޕުއްޕު ވެސް ނުލަނީތަ އޭނާ ބިއްލޫރި އަލަމާރިއަށް ލައިގެން ގެންގުޅެނީ؟ ޖާރިޔާއަކަށް ވުރެ ވައްތަރީ ޖިންނިއަކާ..

  7. އަލި ރަސްގެފާނު

    7 ކުޅަނދުހަމަވާ މާލޭމީހުންގެ ހާއްސަކޮށް ގަނޑުވަރުތެރޭގެ މިކަހަލަ ކިތަމެ ވާހަކައެއް ހުންނާނެ.. ހައް ހައް ހައް....

    3
    3