މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ ޒުވާން ފިރިހެނަކުން ނަމާދު ކުރަން ހުއްޓާ ކުއްލިއަކަށް ވެއްޓޭ މަންޒަރެވެ. އޭނާ އެ ވެއްޓުނު ގޮތަށް ވަނީ ނިޔާވެފައެވެ.

ޖޯޑަންގެ ރެެސްޓޯރެންޓެއްގައި މަސައްކަތް ކުރަމުންދާ އެ ޒުވާނާ ނަމާދު ކުރަމުން ދަނިކޮށް ކުއްލި އަކަށް ވެއްޓޭއިރު، ވެއްޓުމަށްފަހު ދެން ވާ ގޮތެއް އެ ވީޑިއޯއަކުން ސާފެއް ނުވެއެވެ.

ޔަޒާން އަލްއަކްރަބަވީ ނަމަކަށް ކިޔާ އެ ޒުވާނާ ނަމާދު ކުރަމުން ދިޔައީ އޭނާ މަސައްކަތުގައި އުޅެމުންދާ ތަނުގައެވެ.

އެ ވީޑިއޯއިން ފެންނަނީ، އޭނާ ކުއްލިއަކަށް ވެއްޓުމުގެ ކުރިން ނަމާދު ކުރަމުން ދަނިކޮށް ދެ ފަހަރެއްގެ މަތިން ބޮލުގައި އަތް ލާ މަންޒަރެވެ. ބެލެވޭގޮތުގައި، އެއިރު އޭނާގެ ބޮލުގައި ވަރަށް ބޮޑަށް ރިއްސަމުން ދިޔައެވެ. އަދި ކުއްލިއަކަށް އޭނާ އެތަނަށް ވެއްޓުނުއިރު، އެތަނަށް އޭނާ މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

https://www.instagram.com/p/CAAdaUGDrRf/?utm_source=ig_embed

އެ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖުންވެސް ފެންނަނީ އޭނާ ބޮލުގައި ވަރަށް ބޮޑަށް ރިއްސައިގެން އުޅޭ މަންޒަރެވެ. އަދި ކުއްލިއަކަށް އޭނާ ވާތްފަޅިއަށް ވެއްޓޭ މަންޒަރެވެ.

އަދި އޭނާ އަށްވީ ގޮތް ނޭނގި، އޭނާއާއެކު މަސައްކަތް ކުރަމުންދާ ބައެއް މީހުން އޭނާގެ މޫނަށް ފެން ޖަހައިގެންވެސް އޭނާ ހޭ އަރާތޯ މަސައްކަތް ކުރާ މަންޒަރު އެ ވީޑިއޯއިން ފެނިގެން ދެއެވެ. ނަމަވެސް އޭނާ ވަނީ އެތަނަށް ނިޔާވެފައެވެ.

މިއީ ކޮން އިރަކު ނަގާފައިވާ ވީޑިއޯ އެއް ކަމެއް ނޭނގެއެވެ.