ދާދި ފަހުން މަރުވި ހޮލީވުޑްގެ މަޝްހޫރު ތަރި އިރްފާން ޙާންގެ ހަނދާން އައު ކުރުމުގެ ގޮތުންނާއި އޭނާގެ ޝަރަފުގައި އިންޑިއާގެ އަވަށެއްގެ ނަން ބަދަލުކޮށްފިއެެވެ.

އެ ގައުމުގެ މަހަރާޝްޓްރާގެ ނާޝިކް ޑިސްޓްރިކްޓުގައި އޮންނަ ކުޑަ އަވަށެއްގެ މީހުން ވަނީ އެ އަވަށުގެ ނަން ”ހީރޯ ޗީ ވާދީ“ އަށް ބަދަލުކޮށްފައެވެ. އޭގެ މާނަ އަކީ ހީރޯ އެއްގެ އަވަށެވެ.

މިއީ އިރްފާން ޙާން ނިސްބަތްވާ އަވަށް ކަމުގައި ނުވި ނަމަވެސް، މި އަވަށުގައި އޭނާގެ ދަނޑުބިމެއް އޮވެއެވެ. މި ދަނޑުބިން އިރްފާން ގަތް ހިސާބުން ފެށިގެން އޭނާ ވަރަށް ގިނައިން މިތަނަށް ޒިޔާރަތް ކޮށް ހަދައެވެ. އަދި އެ އަވަށުގެ ސްކޫލްގެ ފެންވަރު ރަނގަޅު ކުރުމާއި، ދަރިވަރުންނަށް ބޭނުންވާނެ ފޮތްތައް ހަދިޔާ ކުރުމުގެ އިތުރުން ވާރޭކޯޓާއި އެނޫންވެސް ތަކެތި ހަދިޔާ ކޮށްފައިވެއެވެ.

އެ އަވަށުގެ މީހުން ބުނާގޮތުން އިރްފާމް އޭނާގެ ބައްޔަށް އިނގިރޭސިވިލާތާއި އެމެރިކާގައި ފަރުވާ ހޯދަމުން ދިޔަ އިރުގައިވެސް އެ އަވަށުގެ މީހުންނަށް އެހީވުމަށް އޭނާގެ އާއިލާ މީހަކު ވަނީ ފޮނުވާފައެވެ.

އިރްފާން އެމީހުންނަށް ވެދިން އެހީގެ އަގު އެމީހުން ވަޒަން ކުރަމުން ގެންދާއިރު، މުޅި ބޮލީވުޑްވެސް އޮތީ ހިތާމައެއްގައެވެ. ކެންސަރު ޖެހިގެން މިދިޔަ މަހުގެ 29 ވަނަ ދުވަހު އިރްފާން މަރުވި އިރު، އޭގެ އަނެއް ދުވަހު ރިޝީ ކަޕޫރްވެސް ވަނީ މަރުވެފައެވެ.