ކޮންމެ މީހަކުވެސް އެމީހެއްގެ ހަޔާތުގެ ކޮންމެވެސް ހިސާބަކުން ލޯބީގެ ސަބަބުން މާޔޫސްވާތަން އާދެއެވެ. އަދި ބައެެއް މީހުން ބޭވަފާތެރިކަމާއިވެސް ކުރިމަތިލާން ޖެހެއެެވެ. މިކަމާއި ކުރިމަތިލާން ޖެހުނު އަންހެނަކު ދާދި ފަހުން ކަންތައް ކުރީ ވަރަށްވެސް ތަފާތު ގޮތަކަށެވެ.

އެ އަންހެން މީހާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފިރިހެން މީހާ ވަނީ އޭނާ ދޫކޮށްލާފައެވެ. މިކަމާއި ވަރަށް ބޮޑަށް ދެރަވެފައި ހުއްޓާ ފިރިހެން މީހާ އިތުރު އަންހެނަކާއި އެކު ކުރިން ގުޅުންތަކެއް ބޭއްވިކަން މި އަންހެން މީހާ އަށް ވަނީ ފަޅާ އަރާފައެވެ.

މިއާއިއެކު 3 ދުވަސް ވަންދެން ނުހުއްޓައި އެ އަންހެން މީހާ ވަނީ ކަރުނަ އަޅައި ރޮއިފައެވެ. މިހެން ރޯން އޮއްވައި މޮޅު ހިޔާލެއް ލިބިގެން އޭނާ ވަނީ އެގޮތަށް އަމަލުވެސް ކޮށްފައެވެ.

3 ދުވަސް ފަހުން 1 ޓަނުގެ ރަތް ފިޔާ ގަނެފައި އޭނާގެ ކުރީގެ ލޯބިވެރިޔާގެ ގެޔަށް ވަނީ އެ ހުރިހައި ފިޔަލެއް ފޮނުވާފައެވެ. ފިޔާތަކާއި އެކު ފޮނުވާފައިވާ ކުޑަ ނޯޓެއްގައި ބުނެފައި ވަނީ ”އަހަރެން 3 ދުވަސް ވަންދެން ރޮއިފިން. ތިބާ ރޯންވީ ވަގުތު މިއޮތީ އައިސް ޖެހިފައި“ މިހެންނެވެ.

”ބައެއް ރައްޓެހިންގެ ފަރާތުން އެނގުނީ އޭނާ އަހަރެން ދޫކޮށްލާފައި އެއްވެސް ވަރަކަށް ނުރޯކަމާއި ދެރަވެސް ނުވާކަން. އެހެންވެ އޭނާ ރޮއްވާލަން އަހަރެން ބޭނުންވީ.“ ޗައިނާ އަށް ނިސްބަތްވާ އަންހެން މީހާ ބުނެފައިވެއެެވެ.

މިކަމާއި ގުޅިގެން އޭނާގެ ކުރީގެ ލޯބިވެރިޔާ ބުނެފައި ވަނީ އޭނާ ދޫކޮށްލަން ޖެހުނީވެސް މާ ޑްރާމާ ބޮޑުވެ، ކޫސަނި މައްސަލަތައް އުފައްދާތީ ކަމަށެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަގުލު ފިއްތި

    ކީއްކުރަން ރޮނީ މިހާ ދަތި ދުވަސްވަރެއްގަ ފިޔާކޮޅު ވިއްކާލީމަ ނިމުނީއެއްނޫން

    16
  2. ފާއިޒު

    އެ ފިރިހެން މީހާ އަކީ ފިޔާ ފެނުނީމަ ގިސްލެވޭ މީހެއްކަމަށް ރައްތެހިވެގެން އުޅުނު އިރު އަންހެންމީހާ ގާތު ބުނެފައިވަނީ ތާއެވެ. ފަހަރެއްގައި އެހެން ވެދާނެ ތާއެވެ. އިންޖެކުޝަން ޖެހުމުގެ ކުރިން ވާނެ ތަދާ މެދަށް ބިރުން ތުރުތުރު އަޅާ ރޮއި ހަދާ ކުދިންވެސް ތިބޭނޫން ހެއްޔެވެ؟