ރާއްޖެއަކީ ނިސްބަތުން ބަލާއިރުވެސް ފަޅުރަށްތައް ގިނަ ޤައުމެކެވެ. މިގޮތަށް ހުންނަށް ރަށްތަކަށް ދަތުރުގޮސް އުޅުމަކީ ޒަމާނުއްސުރެ ދިވެހިން ކޮށްއުޅޭ، ދިވެހިންގެ އާދަކާދަ އާއި ގުޅިފައިވާ ކަމެކެވެ. މިގޮތުން ދަތުރުގޮސް އުޅޭ އުޅުުމުގައި ފަޅު ރަށްތަކުގައި ދިމާވާ ނާމާން ބިރުވެރި ހާދިސާތަކުގެ ވާހަކަތއް ޢާންމުކޮށް ދިވެހިން އަޑު އަހައި އުޅެއެވެ. އެފަދަ ހާދިސާތަކާއި ކުރިމަތިވެފައިވާ މީހުން އެކަންކަމަކީ ހިނގާ ކަންކަން ކަން ޤަބޫލުކުރެވުނު ނަމަވެސް، ބައެއް ފަރާތްތަކުން އެކަމަށް މަލާމާތްކޮށް ފުރައްސާރަކޮށް އުޅެއެވެ. ޖިންނި ޝައިތާނުންގެ އުންދަގުލަކީ ކުރިމަތިވެދާނެ ކަމެއްކަން ޤުރުއާނާއި ސުންނަތުގެ އަލިންވެސް އެނގެން އޮންނަ ކަން އެފަރާތްތަކުން ނުދަންނަނީއެވެ.

މިއީ ވެސް ރާއްޖޭގައި ދިމާވި ނާމާން ހާދިސާއެއްގެ ވާހަކައެކެވެ. މި ހާދިސާ ހިނގައި ދިޔައީ ރާއްޖޭގެ އުތުރުގެ އަތޮޅެއްގައި އޮންނަ، މީހުން ދިރިނޫޅޭ ފަޅު ރަށެއްގައި މީގެ ދުވަސްތަކެއް ކުރިންނެވެ. މި ހާދިސާ ލިޔެފައިވާނީ ހާދިސާ ދިމާވި ފަރާތުން "ވަގުތު"އާއި ޙިއްސާކުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ.

ބިރުވެރި ގިނަ ވާހަކަތަކަކީ އުފާވެރި ކަމަކުން ފެށޭ ވާހަކަތަކޭ ބުނުން ހަޤީޤަތުގައި ދޮގަކަށް ނުވާނެއެވެ. މި ވާހަކައަކީ ވެސް އެފަދަ އުފާވެރިކަމެއްގެ ތެރެއިން ފެށިގެން އައި ވާހަކައެކެވެ. ލިބުނު ކާމިޔާބީއެއް ފާހަނގަކުރުމުގެ ތެރެއިން ފަޅު ރަށަކަށް ދަތުރު ދިޔަ ބައެއްގެ ވާހަކައެވެ. އެއް ރަށަށް ވުރެ ގިނަ ރަށްރަށުގެ އާއިލާތަކާއެކު ޖުމްލަ 37 މީހުން ދޯންޏެއްގައި ދަތުރު ދިޔައީ "އޯވަނައިޓް" އަކަށެވެ. މެންދުރު ގޮސް މަޑުކުރާ ސަރަހައްދު ތައްޔާރުކޮށް ހަވީރާއި ރޭގަނޑު މަޖާ ކުރުމުގެ ނިޔަތުގައެވެ.

ދަތުރުގެ ބައިވެރިން ފަޅު ރަށަށް ލާފައި ކުއްޔަށް ނެގި އެ ދޯނި ނައްޓާލީއެވެ. އެއަށްފަހު ދަތުރުގެ ކަންކަން ފެށިގެން ދިޔައީ ވަރަށް މަޖާ ކޮށެވެ. ދުވާލު ވަގުތު އެކި މީހުން އެކި އެކި ކުޅިވަރުތައް ކުޅެ އުޅުނެވެ. ނަމަވެސް އިރު އޮއްސުމުން އެކަންތައް މަޑު ޖައްސާލާފައި ދިޔައީ ނަމާދު ކުރާށެވެ. އަނެއްކާވެސް އިޝާ ނަމާދުގެ ފަހުން ކުޅިވަރުތައް ފެށުމުގެ ނިޔަތުގައެވެ.

ނަމަވެސް ކަންތައް ގޯސް ވާން ފެށީ ދެ ނަމާދު ދޭތެރޭގައެވެ. އެކުގައި އުޅުނު ރަހުމަތްތެރިއަކު ވީ ގޮތެއް ނޭނގި ހޭނެތުމުންނެވެ. އެހެން ނަމަވެސް އެއީ ސިއްހީ މައްސަލައެއް ކަމަށް ބަލައި އޭނާ ހޭ އަރަންދެން ދެވެން އޮތް ފަރުވާ ދިނެެވެ. އޭނާގެ ހާލު ރަނގަޅުވުމުން އަނެއްކާވެސް އެނބުރި ކުޅުވަރުގެ ތެރެއަށް ދިޔައީއެވެ.

ދަންވަރުގެ ފަހެވެ. އެކި މީހުން ބައިބަޔަށް ބަހައިގެން ރަށު ތެރޭގައި ހިނގަނީއެވެ. އަނެއް ބަޔަކު ކުލަ ޖަހަނީއެވެ. ކުލަ ޖަހާ މީހުންގެ ކިބައިން ފިލަން އެއް ބަޔަކު ވަލުތެރެއަށް ވެސް ވަނެވެ.

ރަށު ތެރޭގައި ސަކަރާތް ޖަހައި އަޑު ގަދަ ކުރަނނިކޮށް އޭގެ ތެރެއިން ބައެއް މީހުންނަށް ނާމާން އަޑުތަކެއް އިވެން ފެށިއެވެ. އެއް ބަޔަކަށް އަންހެނަކު ހަޅޭލަވައި ރޯ އަޑު އިވުނުއިރު، އަނެއް ބަޔަކަށް އިވުނީ ކުޑަ ކުއްޖަކު ވަލު އެހީއަށް އެދި އާދޭސްކުރާ އަޑެވެ. ބައެއް މީހުނަށް އާދަޔާއި ޚިލާފު "ކަޅު" އެއްޗެއް، އާދަޔާއި ޚިލާފަށް ބާރަށް ވަލުތެރެއިން ދުވާ މަންޒަރުވެސް ފެނުނެވެ. އިތުރު ބަޔަކަށް ވަލު ތެރެއިން "ޗެއިނު ކަހަލަ އެއްޗެއް" ތެޅޭ އަޑު ވެސް އިވުނު ކަމަށްވެއެވެ.

އަޑު އަޑު އިވެން ފެށި ހިސާބުން ކުޅުވަރުގެ ކަންތައް ހުއްޓާލާފައި އެންމެ ދިޔައީ އަނބުރާ ކޭމްޕަށެވެ. ބައެއް މީހުން ބިރުގަނެ ހާސްކަމެއްގެ ތެރޭގައި ތިބި ތިބުމާއިއެކު، އެރޭގެ އުފާވެރިކަމަށް ކޮންމެވެސް ވަރެއްގެ ފަނޑުކަމެއް އައެވެ. އެހެނަސް އެފަދަ ކަންކަން ޤަބޫލުނުކުރާ ބަޔަކު ހީ ސަމާސަކޮށް މަލާމާތް ކުރަމުން އުޅުނެވެ. ދަތުރު ދިޔަ ގިނަ މީހުންނަށް ނާމާން އަޑުތައް އިވުނު އިރު އޭގެ ތެރެއިން ގިނަ މީހުން ބޭނުންވީ އެ ރަށުގައި މަޑު ނުކޮށް ވަގުތުން ވަގުތަށް ރަށަށް ދިއުމަށެވެ. އެހެން ކަމުން އެމީހުން ދަންވަރު ބޯޓުގެ ކެޕްޓަން އަށް ގުޅައިގެން އާދޭސްކޮށްގެން ދޯނި ފަޅު ރަށަށް ގެނައެވެ.

ދޯންޏަށް އެރީ ރަށަށް ދާން ބޭނުންވި މީހުން އެކަންޏެވެ. ދޯނި ނައްޓާލި އިރު ބޯޓުގައި ތިބި މީހުންގެ އަދަދު ދިޔައީ ގުނަމުންނެވެ.

ދޯނީގައި ތިބި މީހުންގެ އަދަދު ގުނާލުމުން އެންމެނަށް ލިބިގެން ދިޔައީ ކުއްލި ހައިރާން ކަމެކެވެ. ހިތްތަކަށް އަލުން ބިރުވެރިކަން ވެރިވެގެން ދިޔައެވެ. ދޯނީގައި އެވަގުތު ދަތުރު ދިޔަ 37 މީހުން ހަމައަށް ތިއްބެވެ. ދެން ރަށުގައި މަޑު ކުރާނެ ކަމަށް ބުނެ ތިބީ ކޮން ބައެއް ކަމެއް އެއްވެސް މީހަކަށް ނޭނގުނެވެ.

ދޯނި އަނބުރާ ރަށަށް މިސްރާބު ޖެހި އިރު ފަޅު ރަށުގެ އަތިރިމަތީގައި އަތް އުރާލައިގެން ގުޑާވެސް ނުލައި ބަލަހައްޓައިގެން ތިބީ ކޮން ބައެއް ކަމެއް ދަތުރުގެ ބައިވެެރިންނަކަަށް ނުވިސްނުނެވެ. އެމަންޒަރު ލޮލަށް ފެނުނު މީހުން އަދިވެސް ތިބިއިރު، އެފަރާތްތަކަށް އެއީ ޤަބޫލުކުރާން ފަސޭހަ ކަމަކަށް ނުވެއެވެ. އެހެނަސް ލޮލަށް ފެނުމުުން އެކަން ދޮގުކުރާނެ ހިއްވަރެއް އެއިން އެކެއްގެ ގައިގައިވެސް ނެތެވެ.

ދޯނީގައި އެންމެން ހަމަޔަށް ތިބިކަން އެނގި، ރަށުގައި ނާމާންކަމެއް ވާކަން އެންމެނަށްވެސް ޔަޤީން ކުރެވުނު ހިސާބަކީ އެއީއެވެ. އެއާއިއެކު އެރަށަށް ދިއުމަށް މިސްރާބު ޖެހި ދޯނި އަނބުރާ އަނބުރާލައި އަވަހަށް އެތަނުން ދިއުމަށް އެންމެން އެދުނެވެ. ރަށާއި ދުރަށް ދިޔައިރުވެސް އަތިރިމަތީގައި ތިބި ބަޔަކު އެތަނުގައި ތިއްބެވެ. އެއީ ކޮން އެއްޗެއްކަން ސީދާ ކިޔައިދޭން ނޭނގުނަސް، ޔަޤީން ކުރެވުނު ކަމަކީ އެއީ ރޫޙާނީ ކަމެއް ކަމެވެ. އަދި އަތިރިމަތިން ފެންނާން ތިބީ އިންސާނުންނެއް ނޫން ކަމެވެ.

އެ ދަތުރުގެ ފަހުން އެނގިގެން ދިޔައީ ދެ ނަމާދު ދޭތެރޭގައި ހޭނެތުނު މީހާ ހޭނެތުނީ ރޫހާނީ ކަމެއްގެ ސަބަބުން ކަމެވެ. އަދި އޭނާއަށް އެރަށުން ޖިންނި އަވަލީ ކަމަށްވެއެވެ. އެމީހާއަަށް އެފަހުން ވަނީ ރުގިޔާ ކޮށްފައެވެ. އެތައް ދުވަހެއް ވަންދެން ޖިންނިއެއްގެ އުނދަގޫ އޭނާއަށް ކުރިމަތިވިއެވެ. އަދި އެކި ގޮތްގޮތުން އޭނާއަށް އަނިޔާ ދީފައިވެއެވެ. އެހެނަސް ﷲގެ ހެޔޮ ރަޙްމަތްފުޅުން މިހާރު އޭނާގެ ހާލު ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ާެަރެހެންދި

    ޥަާހަކަ ވަރަށް ސަޅި!!

    5
    1
  2. މާރިދު

    ފޭކު ވާހަކަ

    2
    6
    • ޢަސްލު

      ތިބޭފުޅާއަށްވެސް ކަމެއް ދިމާވީމަ އިނގޭނީ

      16
    • ޏހދހަޖ

      ޤުރުއާން ގައި ބަޔާންވެފައިވޭ ޖިންނީންގެ ވާހަކަ އެހެންވީމާ ތީ ހަމަ ހިނގާފައިވާ ކަމަކަށް ވެދާނެ. ޢެކަމު މިކަހަލަ ކަންކަމަށް މަލާމާތް ކުރާ މީހުންނަށް ބުނެލަން އޮތީ ތިބާ ޤުރުއާން ގައި ބަޔާން ކޮށްފައިވާ ކަންކަން ލޮލަށް ނުފެންނަނީހޭ. ނުވަތަ ގަބޫލު ނުކުރަނީހޭ.

      14
    • ޒާން

      ކަލޭ ބައްޕަ

  3. 3ނިރު

    ގަބޫލުކުރަންދަތި އެހެނަސް ހަގީގީހާދިސާއެއް ކަމަށް މިބެލީ

  4. ދޮންބެ

    ތިވާނީ ހެލޫސިނޭޓްވީކަމަށެވެ. ޙެލޫސިނޭޓްވުމުން އަސްލު އެއްޗެއްހެން ހީވެސް ނުކުރާކަހަލަ އެއްޗެއްވެދާނެއެވެ. މިސާލަކަށްޟގޭގެނކޮޓަރީގެ ފާރުގައި ހަރުކޮށްފައި އިން ފޮޓޮއެއް ހަރުފަޔަކަށް ނުވަތަ ސިންގާއަކަށް ބަދަލުވެ ހަރަކާތްކުރާތަންވެސް ފެނިދާނެއެވެ. ނަމަވެސް ލައިޓް ދިއްލުމުން އެއްވެސް އެއްޗެއް ނެތި ބިރުވެރިކަމެއް ދިމާނުވެވެސް އެބަހުއްޓެވެ.މިބުނީ ނިދާބޮކި ދިއްލާފަ ހުންނައިރު ހިތައް ބިރުވެރިކަން ވަދެފައި ހުއްޓާ އެފެންނަ އެތި ލައިޓް ދިއްލުމުން ނުފެންނަ ވާހަކައެވެ.

    2
    10
    • ކަރްމާ

      އެންމެން އެއްކޮށް ހެލޫސިނޭޓް ވޭތަ؟ ޖިންނިންނަކީ އުޅޭ ބައެއް.. ކީރިތި ޤްރްއާނުގަ ބަޔާން ކުރައްވާފަވޭ..

      11
  5. އަލީފް

    ތިކަމުން އިބުރަތް ހާސިލްކުރަންވީ. ތިޔަ ކަހަލަ ކަންތައްތައް ވަރަށް ގިނަ މީހުންނަށް ދިމާވޭ.

  6. ދަރިޔާ

    ޖިންނި ނޫޅޭކޭނޫން. އެކަމަކު ތިވާހަކަ ދިމަލެއްނުވޭ. ރޭގަނޑު ދަންވަރު ރަށަށް އަންނަންވެގެން ގުޅާގެން ބޯޓްއައީ. ރަށަށް އަންނަން ބޭނުންވި މީހުން އެރީދޯންޏަށް. އެކަމަކު އެންމެންހަމަޔޯ. ބަޔަކު ގޮނޑުދޮށުގައި އެބަތިއްބޯ. އެއޮށް އަނދިރީގައި ރަށުގައިތިބިމީހުންފެނޭ. ދެކޮޅެއްނުޖެހޭދޯ؟އެންމެންނަށް ޖިންނިއަވަލީމާތާ އެންމެނަށް އެއްގޮތަށް ފެންނާނީ. މީހަމަފޭކް. ވަގުތުނޫހުން ދޭތެރެ ދޭތެރޭން މިކަހަލަ ވާހަކަ ދެކޮޅު ނުޖެހޭ ގޮތަށް ލިޔޭ.

    2
    1
    • ޓީށާރޓް

      ހުވާ؟

    • ގެޓްވޭތަ؟

      މީހަކު ކިތަންމެ ރަނގަޅު ނުވަތަ މޮޅު ވާހަކައެއް ދެއްކިޔަސް ކިޔާމީހާއަށް ވިސްނޭނީ އެމީހެއްޤެ ވިސްނުމުގެ ޤާބިލްކަން ހުރި މިންވަރަކުންތާ ދޯ! ސިކުނޑިއަށް އެންމެ ފުރަތަމަ ޕޮޕްއަޕްވާ މެސެޖް އަޑުގެ ނެތްތަނަށް ނުކިޔާ، ކުޑަކޮށް ވިސްނާ، ފިކުރުކޮށް ދިރާސާ ކުރާނަމަ އެންމެ ފަހުގެ ނަތީޖާ ރަނގަޅުވެ، އާ އެއްޗެއް ދަސްވުމުގެ ފުރުސަތުވެސް އޮންނާނެ ނޫންތޯ!

      2
      2
    • އިމޭޖިންގ

      އެރޭގެ އަނދިރި ކަމަކީ ތިބޭފުޅާ ވާހަކަ ކިޔަމުން ދިޔައިރު ހިތުގައި އަމިއްލަޔަށް ކުރަހައިގެން އުޅޭ އިމޭޖެއް. ވާހަކަ ލިޔުންތެރިޔާ އެރޭގެ އަނދިރިކަމުގެ މިންވަރު ސިފަކޮށްދީފައެއް ނުވޭ. އެރެޔަކީ ހަނދުމަހުގެ ކިތަށްވަނަ ރޭކަން ބުނެދީފައެއް ނުވޭ. ރީތި ހަނދުވަރުދޭ ރޭރޭ މީހުންގެ މޫނުވެސް ވަކިކުރަން އިނގޭ.

      5
      1
    • ހަނދުވަރު ކުރަފި

      ބަލަ ހަނދުވަރު ދީފަ އޮތިއްޔާ ފެންނާނެ ދޯ... ގޮނޑުދޮށް އެހާ އަނދިރިއެއްނުވާނެ ތޯ އެއްޗެއް... މަމެން ދެން ޑާންސް ޑާންސް ޑާންސް.. މި ހަބަރު ހަމަ ވަރަށް ބަރާބަރު..

  7. ޓީ-ށާޓް

    އޮބިނޯވޭ..ބްރޯ ކޮން ރަށެއްކަން އިނގޭތަ؟

    2
    1
  8. ޓީށާރޓް

    ހަމ ހުވާތަރރރ.

  9. ޒާން މަންމަ

    ދަންވަރުގަޑީގަ އެއެއްޗިއްސަށް އުނދަގޫ ކުރަންޔާ ވާނި އެހެން

    1
    3