ކޮވިޑް-19 އާ ހެދި އިންޑިއާ ފުރަބަަންދުކޮށްފައިވާ މި ދަނޑިވަޅުގައި ކާނެ އެއްޗެއް ނެތި އެތައްް ބަޔަކު ދަނީ ބަނޑަށް މަރުވަމުންނެވެ. އެ މަންޒަރު ބަލަން އެއް ބަޔަކު ހަމަ ތިބެނީއެވެ. އަނެއް ބަޔަކު އެކަމުގައި ވީވަރަކުން އެހީތެރިކަން ދަނީ މަރުވަމުންނެވެ.

މިއީވެސް އެގޮތަށް ބަނޑުހައި ހޫނުކަމުގައި މަރުވި މީހެކެވެ. އޭނާ މަރުވީ ބިހާރްގެ ރޭލް ސްޓޭޝަންގައެެވެ. އެ އަންހެން މީހާ މަރުވެގެން ބިންމައްޗަށް ވެއްޓުނުއިރު، އެ މަންޒަރު ފެނި އެންމެ ހިތްދަތި ކުރުވި އެކަކީ އޭނާެ ތުއްތު ދަރިފުޅެވެ. އެ ތުއްތު ދަރިފުޅު އޭނާގެ މަންމައަށް ވީ ގޮތް ބަލަން ދިޔައެވެ. އަދި މަންމަ އަރާތޯ މަސައްކަތް ކުރިއެވެ.

މިހާރު މީށް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ މަންމަަގެ ހެދުމުގައި ހިފައިގެން އެ މަންމަ ތެދުވޭތޯ ގޮވަމުންދާ މަންަޒަރެެވެ. އެހެންނަމަވެސް އެ އަންހެން މީހާ އޮތީ އެއްވެސް ހަރަކާތެއް ނެތިއެވެ. އޭނާ މަރުވެފައި ވަނީ ކާނެ އަދި ބޯން އެއްޗެއް ނުލިބި ބަނޑުހައި ހޫނު ކަމުގައެވެ.

އެ މަންޒަރު ވީޑިއޯ ކޮށްފައި ވަނީ ބިހާރްގެ މުޒައްފަރުޕޫރްގައެވެ. އެ މީހާއަކީ ރޭލުގައި އައި އަމިއްލަ ވަޒަން ދޫކޮށް، އެހެން ތަންތަނުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން އެކަކެވެ.

އެ އަންހެން މީހާގެ އާއިލާއިން ބުނީ، އޭނާ ރޭލު ތެރޭގައި އުޅުނީ ވަަރަށް ހާލުގައި ކަމަށެވެ. އެއީ ކާނާ އާއި ބޯފެން ނެތިގެން ކަމަށް އާއިލާއިން ބުނެފައި ވެއެވެ.

އެ ރޭލަކީ މިދިޔަ ހޮނިހިރު ދުވަހު ގުޖްރާތް އިން ދަތުރު ފެށި ރޭލެކެވެ. މިދިޔަ ހޯމަ ދުވަހު އެ ރޭލު މުޒައްފަރު ޕޫރް އަށް ރޭލު މަޑުކުރުމުގެ އެ މީހާ ހޭނެތިގެން ވެއްޓުނު ކަމށް ރިޕޯޓްތައް ވުނެއެވެ.

ކޮވިޑް-19 އާ ހެދި އިންޑިއާގައި އަމިއްލަ ވަޒަން ދޫކޮށް، އެހެން ތަންތަނުގައި މަސައްކަތް ކުރަން ގޮސް ތިއްބާ ވަޒީފާ ގެއްލުނު އެތައް ބަޔަކު އެބަތިއްބެވެ. އެ މީހުން އެނބުރި އަމިއްލަ ވަޒަނަށް އައުމުގެ މަސައްކަތްތައް ކޮށްފައިވާއިރު، މިގޮތަށް މީގެ ކުރިން އަައި ގިނަ މީހުން ގޮސްފައި ވަނީ ހިނގާފައެވެ. ބައެއް މީހުން އެނބުރި ގެއަށް އާދެވުމުގެ ކުރިން މަރުވެފައި ވަނީ މަގުމައްޗަަށެވެ. ބަނޑުހައި ހޫނުކަމުގައި އާއި ވަރުބަލި ކަމާއި، އަދި އެކްސިޑެންޓްތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔސރ

    މަރުވީ ހަމައެކަނި ބަނޑުހައި ވެގެން ކަމަކަށް ނުބެލެވޭ. ވެދާނެ ކޮވިޑް ނޫނީ އެހެން ބައްޔެއް ޖެހިގެން ކަމަށް