ކޮވިޑް-19ގެ ބިރުވެރިކަމާއި ހެދި އެތައް ބަޔަކު އެ ތިބީ ގޭގައެވެ. އެއްވެސް މަސައްކަތެއް ނެތިއެވެ. ބައެއް ގައުމުތައް ކޮވިޑް-19 އާ ހެދި ބަންދުކޮށްފައިވާއިރު، މި ބަލިން ސަލާމަތްވުމަށް އަޅަމުންދާ ފިޔަވަޅުތައް ބައެއް ގައުމުތަކުގައި ދަނީ ވަރުގަދަ ކުރަމުންނެވެ. މިކަމުގެ ސަބަބުން މުޅިި ފިލްމް އިންޑަސްޓްރީއަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ކުރާނެ މަސައްކަތެއް ނެތިފައި ތިބުމުން، ލިބޭނެ އެއްވެސް އާމްދަނީއެއް ނެތެވެ. ނަމަވެސް އެއް ބަޔަކު އަދިވެސް ދަނީ ގޭގައިވެސް ފިލްމްތަކުގެ މަސައްކަތްތައް ކުރަމުންނެެވެ.

އޭގެ ތެރެއިން އެކަކީ ދިޕިކާ ޕަދުކޯން އެވެ. މިދުވަސްކޮޅު މީސް މީޑިއާގައި ވަކިން އެކްޓިވްކޮށް އުޅެމުންދާ، ދިޕިކާ ގޭގައި މަސައްކަތް ކުރަމުންދާއިރު، އޭނާ ދަނީ ބައެއް ވަގުތުތައް ފިރިމީހާއާއެކު ހޭދަ ކުރަމުންނެވެ. އަދި އޮންލައިން ސްކްރިޕްޓްގެ ކަންކަންވެސް އޭނާ ދަނީ ކުރަމުންނެެވެ.

ޕީކޫއިން ފެނިގެން ދިޔަ ދިޕިކާ ދަނީ އޮންލައިންކޮށް ފިލްމް ހެދުމުގައި ހަރަކާތްތެރިވަމުންދާ މީހުންނާއި ބައްދަލު ކުރަމުންނެވެ. އެކަމުގައި އޭނާ އުޅެމުން ދަނީ ވަރަށް ބިޒީކޮށެވެ.

"ދިޕިކާ ދަނީ މިހާރު އާއްމުކޮށްފައިވާ އޭނާގެ ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރަމުން، އަދި ސްކްރިޕްޓްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބަލަ، ކުރިއަށް ހުރި އޭނާގެ ޕްރޮޖެކްޓްތަކާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރަމުން" އޭނާގެ ގާތް މީހަކު ޓައިމްސް އޮފް އިންޑިއާ ނޫހަށް ބުނެފައި ވެއެވެ.

އެ މީހާ ބުނެފައިވާގޮތުގައި، މިއީ ފުރަބަންދުގެ ދުވަސްވަރެއް ނޫން ނަމަ މިހާރު ދިޕިކާ ހުންނަނީ ސްރީލަންކާގައި ޝޫޓިންގ ގައެވެ. އެއީ ފިލްމް ޝަކުން ބަޓްރާސްގެ ޝޫޓިންގ އެވެ.

މީގެ އިތުރުން ދިޕިކާ ގޭތެރޭގައި ކުރަމުންދާ ކަންކަންވެސް އޭނާ ދަނީ މީސް މީޑިއާގެ ސަމާލުކަމށް ގެންނަންމުންނެވެ. އެގޮތުން ފިރިމީހާއެކު ގޭގައި ކައްކާ ފޮޓޯތައްވެސް އޭނާ ދަނީ ހިއްސާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    މަށަށް ކޮން ކަމެއް ދިޕިކާ ކޮންމެ ކަމެއް ކުރިޔަސް.

    2
    1
    • ދެރަ22

      އާއެކޭ.. " ދީޕިކާގެ ވަރަށް އަރިސް މީހަކު މައުލޫމާތުދިން ގޮތުގާ އޭނާ އުޅެނީ ވަރަށް ބިޒީ ކޮށެވެ. ނުވެސް ކައެވެ. ނުވެސް ބޮއެވެ. ނުވެސް ނިދައެވެ.. އެކަމަކު ފިރިމީހާ ރަންވީރާ އެކު ކޮންމެ " ވަރަށް ވެދުން

      2
      1