އެޗްބީއޯއިން ގެނެސްދޭ ފެންޓަސީ ސީރީޒް "ގޭމް އޮފް ތުރޯންސް" އަކީ ދިވެހިންގެ ތެރޭގައި މަޤްބުލު ސީރީޒްއެކެވެ. އެހެންނަމަވެސް މިފަހަރު ވަރަށް ތަފާތު "ގޭމް އޮފް ތުރޯންސް" އެކެވެ. ބޮލީވުޑްގެ "ގޭމް އޮފް ތުރޯންސް" އެވެ.

އިންޑިޔާގެ ޕުރަޑިސަރެއްކަމަށްވާ އެކްތާ ކަޕޫރު މިހާރު ތައްޔާރުވަމަމުންދަނީ "ގޭމް އޮފް ތުރޯންސް" ގެ ހިންދީ ވާޝަންއެއް ނެރުމުގެ މަސައްކަތެވެ. ޓެލްޗަކަރއިން ދިން އިންޓަރވިއުއެއްގައި އެކްތާ ކަޕޫރު ބުނެފައިވަނީ އެމެރިކާގެ ފެންޓަސީ ދުޑާމާއިން އިންސްޕަޔަރވެގެން އިންޑިޔާ ބަހުން އެފަދަ ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކްތާ ކަޕޫރަކީ ރާގިނީ އެމްއެމްއެސް ފަދަ އެތައް ފިލްމެއް ޕުރަޑިއުސްކޮށްފައިވާ މީހެކެވެ.

މީގެ ކުރިން "ގޭމް އޮފް ތުރޯންސް" ގެ ތީމް ލަވައިގެ ހިންދީ ވާޝަންއެއްވަނީ މީސްމީޑިޔާގައި އާއްމުވެފައެވެ. މިލަވައަށްވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެގެން ދިޔައެވެ.

ގޭމް އޮފް ތުރޯންގެ އުފެއްދުން ހުއްޓާލުމުގެ ކުރިން ބާކީ އޮތީ 13 އެޕިސޯޑްއެކެވެ. މިސީޒަންގެ އެޕިސޯޑްތަށް އެހެންއަހަރު ސީޒަންތަކުގެ އެޕިސޯޑްތަކަށްވުރެ ދިގެއެވެ.

ކިޔުންތެރިންގެ ހިޔާލު