އިންޑިއާގެ ގުޖްރާތްއަށް ބައްޕައަކު 18 އަހަރު ނުފުރޭ، އޭނާގެ އަންހެން ދަރިފުޅު ލޯބިވެރިޔާގެ ގޭގައި މަޑު ކުރަން މަޖުބޫރު ކުރުވި މައްސަލައެއް ފެންމަތިވެއްޖެއެވެ. އެ މައްސަލަ މިހާރު ވަނީ ކޯޓަށްވެސް ހުށަހަޅާފައެވެ.

ގުޖްރާތް ހައި ކޯޓުން މިހާރު ވަނީ އެ މައްސަލަ ވަރަށް ރަނގަޅަށް ބެލުމަށް އެ ސްޓޭޓްގެ ސަރުކާރަށް އަންގާފައެވެ. އެ ކޯޓަށް އެ މައްސަަލަ ވީ ވަރަަށް ބޮޑު މައްސަލައަކަށެވެ.

މިިކަން ކޯޓާއި ހަމައަށް ގޮސްފައި ވަނީ، އެ ކުއްޖާގެ ބައްޕަ އާއި އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ މީހަކު ކޯޓަށް ގޮސް، އެ އަންހެން ކުއްޖާ އެހެން މީހަކު ހިފަހައްޓައިގެން ގެންގުޅޭ ކަމަށް މައްސަލަ އެ މީހުން ހުށަހެޅުމުންނެވެ.

އެހެން ނަމަވެސް އެ ކޯޓުން އެމައްސަލަ ރަނގަޅަށް ބެލުމުން އެނގުނުގޮތުގައި، އެ ކުއްޖާއަކީ ކުޑަކުއްޖަކަށް ވެފައި، އެ ކުއްޖާ ލޯބިވެރިޔާގެ ގޭގައި މަޑު ކުރުމަށް ބައްޕަ އެ މަޖުބޫރު ކުރުވާ ކުރުމަކީ، ގާނޫނީ ގޮތުން ކުށެެއް ކަމަށް ބެލެވޭނެ އެވެ. އަދި އެއީ ކުޑަކުއްޖަކާއި މެދު ޖިންސީ އަމަލެއް ހިންގަން އުޅޭ ކަމުގެ ކުށް ކަމަށްވެސް ބުނެފައި ވެއެވެ.

އިންޑިއާއަކީ މިފަދަ މައްސަލަތައް ގިނަ އެއް ގައުމެކެވެ. ފައިސާއަށްޓަކައި އަންހެން ދަރިންނަށް ގޮތްގޮތް ހެދުމަކީ އިންޑިއާގައި އާއްމު ކަމެއް ކަމަށް ވެއެވެ.