ފޮތް ކިޔާއިރު ނިދިއައުމަކީ ވަރަށް ގިނަ ދަރިވަރުންނަށް ދިމާވާާ މައްސަލައެކެވެ. ކިތަންމެ ވަރަކަށް ހޭލާ ހުންނަން ބޭނުންވިޔަސް ނިދެއެވެ. އެއީ މައްސަލައެއްވެސް ނޫނެވެ. އެއީ އިންސާނީ ޠަބީޢަތެވެ.

ފިލާވަޅު ދަސްކުރަން ފޮތް ކިޔާއިރު، ނުވަތަ ވާހަކަ ފޮތެއް ކިޔަން ފަށާއިރަށް ނިދި އަންނަ ނަމަ ތިރީގައިވާ ކަންތައްކޮށްލާށެވެ.

އިރު އިރުކޮޅުން ފެން ބޮއެލާ

ފެން ބުއިމަށް ގާތްގަނޑަކަށް 20 މިނެޓްވަރު ވަގުތު ކޮޅެއް ހުސްކޮށްލާށެވެ. މިގޮތަށް ކަންތައް ކުރުމުން ނިދި އައުން ކުޑަވާނެއެވެ

ފަސޭހަ ނޫން ގޮތަކަށް އިނދޭ

ގިނަ ފަހަރަށް ނިދި އަންނަނީ ފޮތް ކިޔާއިރު މާ ފަސޭހަ ގޮތަކަށް އިނީމައެވެ. ފަސޭހަ ގޮތެކޭ މިބުނަނީ ނިދި އަންނަ ކަހަލަ ގޮތަކަށެވެ. މިސާލަކަށް އެނދުމަތީ އޮވެ، ފޮތް ކިޔާާނަމަ ނިދި އަނުން އަވަސް ވާނެއެވެ.

ކަސްރަތުކޮށްލާ

ފޮތްކިޔަމުންދާ ވަގުތު ނިދި އަންނަ ނަމަ ފޮތް ކިޔުން ހުއްޓާލާފައި 5 ވަރަކަށް މިނެޓްވަންދެން ކަސްރަތުކޮށްލާށެވެ. އޭރުން ނިންޖެއް ނާންނާނެއެވެ

ޤުރުއާން އަޑުއަހާލާ

ފޮތް ކިޔަމުންދާ ވަގުތު ނިދި އަންނަ ނަމަ ޤުރުއާން އަޑު އަހާލެވިދާނެއެވެ. މިއީ ވަރަށް ގިނަ މީހުން ކަން ކުރަމުން އަންނަ ގޮތެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ގުރުއާން އަޑުއެހީމަ ވެސް ނިދިއާދޭ.

    6
    4
    • އަޅުގަނޑު

      އީމާންތެރިކަން ބޮޑުވިއްޔާ ނާންނާނެނޫންތަ

      3
      2
    • Anonymous

      އެއީ ށައިތާނާއަށް އުނދަގުވާތީ ހަދާގޮތް. ގިނައިން އަޑުއަހާ

      5
      1
    • ޔެސް

      ބައެއް ފަހަރު ނުނިދިގެން އުޅޭ އިރު ނިދަން ފަސޭހަ ޤުރްއާން އަޑުއަހައިގެން

      10
      1