އިންޑިއާ އަށް ނިސްބަތްވާ ޒުވާން ފިރިހެނަކު 60،000 ކުޅަނދުރު ބޭނުން ކޮށްގެން އޭނާގެ މުޅި މޫނު ނިވާކޮށްލައިފިއެވެ.

ނަޓޫރޭ ނަމަކަށް ކިޔާ އުމުރުން 24 އަހަރުގެ މި ޒުވާނާ އަކީ ކުޑައިރުން ފެށިގެން ކުޅަނދުރތަކާއި ކުޅެމުން ބޮޑުވި މީހެކެވެ. އެންމެ ފުރަތަމަ ކުޅަނދުރުތަކަށް އޭނާ ތައާރަފް ކޮށްފައި ވަނީ ނަޓޫރޭގެ ބައްޕައެވެ.

ވަރަށް ހަގު އުމުރެއްގައި ނަޓޫރޭގެ ބައްޕަ ވަނީ ރާނީ ކުޅަނދުރެއް ނަގައި ނަޓޫރޭގެ އަތުގައި ބައިންދާފައެވެ. 15 ވަރަކަށް މިނެޓު ތެރޭގައި ނަޓޫރޭގެ މުޅި އަތް ވަނީ އެތައް ހާސް ކުޅަނދުރުތަކުން ފުރިފައެވެ.

އެންމެ ގިނަ އިރު ވަންދެން ކުޅަނދުރުތަކުން މޫނު ނިވާ ކޮށްގެން ހުރި މީހާގެ ގިނިސް ވޯލްޑް ރެކޯޑުވެސް އޮންނަނީ ނަޓޫރޭ އަތުގައެވެ. މިރެކޯޑު އޭނާ ހެދީ 4 ގަޑިއިރާއި، 10 މިނެޓު ވަންދެން މުޅި މޫނު ކުޅަނދުރުން ނިވާ ކޮށްގެންނެވެ.

ދާދި ފަހުން ނަޓޫރޭ އަނެއްކާވެސް މިވަނީ މިފަދަ ތަފާތު ކަމެއް ކޮށްފައެވެ. އޭނާ ވަނީ 60،000 އަށް ވުރެން ގިނަ ކުޅަނދުރު ބޭނުން ކޮށްގެން އޭނާގެ މުޅި މޫނު ނިވާ ކޮށްފައެވެ.

ކުޅަނދުރާއި ގުޅުންހުރި ދާއިރާ އަކުން މާސްޓާސް ޑިގްރީ ހާސިލް ކުރަމުން އަންނަ ނަޓޫރޭގެ އުއްމީދަކީ މި ދާއިރާ އިން ޕީއެޗްޑީ ހެދުން ކަމުގައި ވާއިރު، އޭނާ ބުނެފައި ވަނީ ކުޅަނދުރުތައް އޭނާގެ މޫނުގައި ތިއްބަސް ކަށި ނުޖަހާނެ ކަމަށާއި، ކަށި ޖެހިޔަސް ޖަހާނީ އޭނާ އަމިއްލަ އަށް ހެދޭ ގޯހެއްގެ ސަބަބުން ކަމަށެވެ. ނަޓޫރޭ ދެކޭ ގޮތުގައި ކުޅަނދުރު ތަކަކީ އޭނާގެ އެންމެ ގާތް އެކުވެރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙިޔާލު
  2. ޒަބާދުކުޑޭ

    އަހަރެން ތިޔަކުޅަނދުރުތައް ގުނާލީމާ ވަނީ 59999ކުޅަނދުރު.

    10
    3
  3. Anonymous

    އަހަރެން ގުނީމަ 600002

    7
    2
  4. 6c2020

    6c2020