ކަދުރަކީ ވަރަށް ތަފާތު އެކި ސިއްޙީ ފައިދާތަކެއް ލިބޭ މޭވާއެކެވެ. ރަމަޟާން މަހު ސުފުރާމަތި ފަޅު ފިލުވާލާ ކަދުރަކީ އެނޫން މަސްމަހުގައި ވެސް ކެޔުން ބުއްދިވެރި މޭވާއެކެވެ. އަދި ވަކި ބައްޔަކަށް ފަރުވާ ކުރުމަށް ޓަކައިވެސް ކަދުރުގެ ބޭނުން ކުރެވިދާނެއެވެ.

މިގޮތުން ކަދުރަކީ ދަތްފަނި ކެޔުން ހުއްޓުވުމަށް ކެވިދާނެ މޭވާއެކެވެ. ކަދުރުގައި ފްލޯރިން ކިޔާ މާއްދާއެއް ހުރެއެވެ. އަދި ކެލްސިއަމް ވެސް ހުރެއެވެ. ފްލޯރިން އަކީ ދަތުގެ ބޭރުބައި ހެދި ބޮޑުވުމަށް ބޭނުންތެރި މާއްދާ އެކެވެ. އަދި މިއީ ދަތްފަނި ކެއުމުން ރައްކާތެރިކޮށްދޭ މާއްދާ އެއް ވެސް މެއެވެ. ކަދުރު ފަދަ ހިކިކޮށް ހުންނަ ކާނާ ބޭނުންކުރުމުން ވަރަށް ގިނަ ފަހަރު، ދެދަތް ދޭތެރޭގައި ކާތަކެތިކޮޅު ހަރުލާފައި ހުންނަ ގޮތް ވެއެވެ. އެހެންކަމުން ކަދުރު ކެއުމަށްފަހު ރަގަޅަށް ދަތް އުގުޅުމަކީ ދަތްފަނި ކެއުމުން ދުރުވުމަށްޓަކައި އިތުރަށް ކުރަންޖެހޭ ކަމެކެވެ.

މީގެ އިތުރުން ކަދުރަކީ އޭގައި ކާބޯހައިޑްރޭޓް، ފެޓް، ޕްރޮޓީން އަދިވެސް ހަށިގަނޑަށް ބޭނުންތެރި ވިޓަމިންތައް ހުންނަ މޭވާއެކެވެ. އަދި މީގެ އިތުރުން ގުލްކޯޒު، ފްރަކްޓޯޒް، ލެކްޓޯޒް، އަދި ސުކްރޯޒް ވެސް ކަދުރުގައި ހިމެނިފައިވުމުގެ ނަތީޖާއެއްގެ ގޮތުން ކަދުރަކީ އެކެއުމުގެ ސަބަބުން ހަށިގަނޑުގައި ވަރު ޖައްސާދޭ އަދި ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިއްބައިދޭ މޭވާއެކެވެ