އިންޑިއާގެ ވެޑޯޑަރާ ސިޓިގައި މާބަނޑު އަންހެން ކުއްޖަކު އޭނާގެ ލޯބިވެރިޔާއަށް އްކާލައިފިއެވެ.

އުމުރުން 17 އަހަރުގެ އެ އަންހެން ކުއްޖާ ވިއްކާލާފައި ވަނީ 50،000 ރުޕީސްއަށެވެ. އެކަން ފަޅާއަރާފައި ވަނީ އެ އަންހެން ކުއްޖާ އޭނާގެ މައިންބަފައިންނާއި އަދި އޭނާ ގަތް އެ އަންހެން ކުއްޖާގެ ލޯބިވެރިޔާއާ ދެކޮޅަށް މައްސަލަ ހުށަހެޅުމުންނެވެ.

ފުލުހުން މިހާރު ވަނީ އޭނާގެ މައިންބަފައިންނާއި އަދި އޭނާގެ ލޯބިވެރިޔާ ހައްޔަރުކޮށް، ކަރަންޓީން ފެސިލިޓީގައި ބައިތިއްބާފައެވެ.

ފުލުހުން ބުނީ އެ ކުއްޖާގެ މައިންބަފައިން އެ ކުއްޖާ ވިއްކާލާފައި ވަނީ އެ ކުއްޖާ ބަނޑުބޮޑުކަން އެނގުމުންނެވެ. އަދި އެގްރީމެންޓެއްގައި ސޮއި ކުރުމަށްފަހު އެ ކުއްޖާ، އެ މީހާއަށް ވިއްކާލާފައިވާ ކަމަށް ވެއެވެ.

"ނަމަވެސް ފަހުން އާއިލާ މީހުން ބުނީ، 50000 ރުޕީސްއަށް އެ އަންހެން ކުއްޖާ ވިއްކާލައިގެން ނުވާނެ ކަމަށް، އަދި އެއީ ފައިސާގެ ގޮތުން މަދު އަދަދެއް ކަމަށް، އެއީ އެ ކުއްޖާއަކީ ކުޑަ ކުއްޖެއްކަމުން އެ ކުއްޖާ ވިއްކާލެވޭނީ ފަސް ލައްކަ ރުޕީސްއަށް ކަމަށް. އެ ވާހަކަތައް އަހާފައި އެ ކުއްޖާގެ ބައްޕަ ވަނީ އިތުރު ފައިސާއަށް އެދިފައި" ފުލުހުންގެ އޮފިޝަލުން ބުނެފައި ވެއެވެ.

އިންޑިއާގައި ދަރިން ވިއްކުމަކީ އާއްމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު