ކޮވިޑް-19ގެ ބިރުވެރިކަން ދުނިޔެއަށް ވެރިވެ، މި ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އެ ބަލިން ރައްކާތެރިވުމަށް މަސައްކަތްތައް ދަނީ ކުރަމުންނެވެ.ނަމަވެސް ބައްޔަށް ރަނގަޅު ފަރުވާއެއް އަދި ފެނިފައެއް ނުވެއެވެ. ނަމަވެސް ބަލިން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ. އެގޮތުން ގައިދުރުކަމަށް ސަމާލުކަން ދިނުމަކީ ކުރެވިދާނެ މުހިންމު އެއް ކަމެވެ.

އެކަން ތަންފީޒު ކުރުމަށް އުމުރުން 82 އަހަރުގެ އަންހެނަކު މި ވަނީ ތަފާތު ކަމެއް ކޮށްފައެވެ. ކޫބާގެ ހަނާވާއަށް ނިސްބަތްވާ ކުރިން، ނަރުހެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ފެރިދިއާ ރޮޖަސް ނަމަކަށް ކިޔާ އެ މީހާ ވަނީ ގައިދުރުކަމަށް ސަމާލުކަނަށް ދިނުމަށް ކަރުދާސް ފޮށިގަނޑުން ހަދާފައިވާ އެއްޗެއް ބޭނުން ކުރަން ފަށާފައެވެ.

ރޮޖާސް ތަންތަނަށް ދަނީވެސް ފޮށިގަނޑު ތެރެއަށް ވަދެގެންނެވެ. ފިހާރައަށް ދިޔަޔަސް، އެނޫންކަމެއްގައިވިޔަސް، އޭނާ ބޭރަށް ނުކުންނަ ނަމަ، އެ ފޮށިގަނޑު އަޅައިގެން ނޫނީ މިހާރު ބޭރަށް ނުދެއެވެ.

އެ ފޮށިގަނޑަށް އޭނާ އެެރިގެން ހުންނައިރު ހަމައެކަނި ފެންނަނީ އޭނާގެ ދެ ފަޔާއި އަތް އެކަންޏެވެ.

ރޮޖާސް މިފަދަ އެއްޗެއް ހަދަން ޖެހުނީ ޕީޕީއީ ފިހާރަތަކުން ލިބެން ނުހުންނާތީއެވެ. އެހެންވެ އޭނާ ވަނީ އަމިިއްލައަށް އެފަދަ އެއްޗެއް ހަދާފައެވެ.

ރޮޖާސްއަކީ ހުވަފަތްވެފައިވާ އަންހެނެކެވެ.އޭނާގެ އަންހެން ދަރިފުޅާއެކު އޭނާ އެމެރިކާގައި ދިިރިއުޅެމުންދާއިރު، އޭނާގެ ސަލާމަތަަށް އެއްވެސް އިތުރު މީހަކު މަސައްކަތް ނުކުރާނެތީއޭނާ އަމިއްލައަށް އެކަން ކުރަން ބޭނުންވީ ކަމަށް ރޮޖާސް ބުނެފައި ވެއެވެ.

"އަހަރެން ބޮޑަށް ކަންބޮޑުވީ ބަލީގެ އަލާމަތްތައް ނުފެންނަ މީހުންގެ ވާހަކަތައް އިވިފައި، އެއީ އެފަދަ މީހުން ހަމަ މަގުމަތިން ދާއިރު ކެއްސާވެސް ފާނެ. އެހެންވެ އަހަރެން ވިސްނީ ކަރުދާސް ފޮށި ބޭނުންކޮށްގެން ގެއެއް ހަދާ އޭތި އަޅައިގެން އުޅެން". އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު