"ގިވް އަވޭ" ގެ ސަބަބުން ގިނަ ބައެއްގެ ފާޑިކިޔުންތަކާއި ނަފްރަތު އުފެދިފައިވާ އިސްމާއިލް ފާޒިލް (ފިޓް ފާޒިލް)، ބުރުގާ އަދި މޫނު ބުރުގާ އަޅާ މީހުންގެ ފަރާތުން މާފަށް އެދިއްޖެއެވެ.
އިންސްޓްގްރާމްގައި ފާޒިލް ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ގިވް އަވޭއާއި ހުރެ އޭނާއަށް ލިބުނު ނަފްރަތު ބަލައި ގަންނަ ކަމަށާއި އެފަދަ ކަމެއްގެ ސަބަބުން އެއީ އޭނާއަށް ލިބެން ޖެހޭ އަދަބު ކަމަށެވެ. މިކަމުގެ ސަބަބުން އެންމެންގެ ފަރާތުން މާފަށް އެދިފައިވާއިރު، ހާއްސަކޮށް ފާޒިލް ވަނީ ބުރުގާ އަދި މޫނު ބުރުގާ އަޅާ އަންހެންގެ ފަރާތުން މާފަށް އެދިފައެވެ.
"އަހަރެންގެ މޮޔަކަން އެއީ ނުބައި މީހަކަށް ބަރޯސާ ވެގެން މިފަދަ ކަމެއް ކުރުން" ފާޒިލް ބުންޏެވެ.
އޭނާ ބުނީ، އެފަދަ ކަމެއް ކުރީ، ވަރަށް އިތުބާރު ކޮށްގެން ކަމަށާއި އެއީ އެއްވެސް ނިޔަތެއްގައި މީހަކަށް ގެއްލުންދީ އަނިޔާއެއް ދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.
"އަހަރެން ގަބޫލު ކުރަން ކުރެވުނު ކަންތައް. މީހުން ކުރިމަތީގައި މިހާރު އަހަރެންގެ އަގެއް ނެތް. އެކަމް އެއީ އެކަން އޮންނާނެ ގޮތް ކަމަށް ގަބޫލު ކުރަން" ފާޒިލް ބުނެފައިވެއެވެ.
ހުރިހާ ކަމެއް މެނޭޖަރު ބޮލަށް ޖެހުމަށް ފަހު ފިޓް ފާޒިލް މާފަށް އެދިއްޖެ
ފާޒިލް އިތުރަށް ބުނީ، އޭނާ އަންނަނީ ކުރިން ކުރެވުނު ކަންތައް އެއީ ފިލާވަޅެއް ކަމަށާއި، އެކަމުން ފިލާވަޅެއް ލިބި، ކުރިއަށް އޮތްތަނުގައި ރަނގަޅު މީހަކަށް ވެވޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
ފާޒިކް މިގޮތަށް މޫނު ބުރުގާ އަޅާ ފަރާތްތައް ކިބައިން މައާފަށް އެދުނީ، މޫނު ބުރުގާ އަޅާފައިވާ މީހާއަކީ "އައިޝަތު ޝަރުމީލާ"ކަމަށް ހަދައިގެން އޮޅުވާލުމުންނެވެ. ފަހުން ފާޒިލް ކޮށްފައިވާ ޕޯސްޓްތަކުން ޝަރުމީލާއަކީ ވުޖޫދުގައިވެސް ނެތް މީހެކެވެ.
ފާޒިލް ދޯ އަށް ދިން އިންޓަވިއުއެއްގައި ބުނީ، ޝަރުމީލާ އަކީ ވެސް ވުޖޫދުގައި ހުރި މީހެއް ނޫން ކަމަށެވެ.
"ޝަރުމީލާ އަކީ އުޅޭ މީހެއް ނޫންކަން މިހާރު ހަމަ 100 ޕަސެންޓް ގެރެންޓީ މިދެނީ އަހަރެން. ގިވްއަވޭ އެއްޗިއްސަށް ވީގޮތެއް ވެސް ނޭނގޭ އަހަންނަކަށް މިހާރު. އެއީ އާ އެއްޗެހިތަކެއް ވެސް ނޫން. ހުސް ޔޫސްޑް އެއްޗެހި." ފާޒިލް ބުންޏެވެ.
ތި އެލީޒް އަކީ އެތައް ބަޔަކައް ލަގާދީފަ ހުރި ފޮނިބައިސާ ކަނޑާ ބޮޑުވަގެއް.
ޖިސްމާނީގޮތުން އަނިޔާކުރި އަންހެނުންގާތުން މާއްފައްވެސް އެދޭނީ އެކަންތައްވެސް ފަލީހަތްވީމަތަ ؟
ފިޓޭއައް މާފު ކުރާނީ ތިޔަ ފިޓުކަން ކަނޑުވާލާފަ ބޮޑު ބަނޑެއް ލީދުވަހަކުން.
މުޅި ފިޓްނަސް އިންޑަސްޓްރީ އަށް ވެސް ހުރި ހުތުރެއްތީ، މެނޭޖަރެއްގެ ޒިންމާ އަށް ކަންކަން ރާވާ ހިންގަން ދޫ ކޮއްފައި ވީނަމަވެސް އަމިއްލަ މީހާގެ ޕްރޮމޯޝަނަށް ހިންގާ ހަރަކާތެއްގައި ވާނުވާ ބެލުމަކީ ވެސް އަމިއްލަ ޒިންމާއެއް ނޫންބާ؟؟؟ އެންމެ ފުރަތަމަ ވެސް ޕަބްލިކް އަށް މިކަމުގައި ގޯހެއް އުޅޭ ކަން އެގި އެކި އެކި ސޯޝަލް މީޑިއާ ޕްލަޓް ފޯރމް ތަކުގައި ކޮމެންޓް ކުރަން ފެށި ހިސާބުން ފެށިގެން ވެސް މިކަން ތިޔަ ކިޔާ މަކަރުވެރި ފާޒިލް، މިކަން މިވަނީ ކިހިނެއްތޯ ނުބެލުން އެއީ މަކަރުވެރި ފާޒިލްގެ ފުރިހަމަ ބައިވެރިވުން މިކަމުގަ އޮވެގެން ހިންގި ކަމެއްކަ ކަމާ މެދު އެއްވެސް ޝައްކެއް ސުވާލެއްވެސް އުފެދޭ ކަމެއް ނޫން...
ފިޓްފާޒިލް ކާރި ބުނެލަންއޮތީ ބޮލައް ބޭސް ކުރަންވީނޫންތޯއެވެ. ސިކުނޑި ހަމަގައިމުވެސް ފާޒިލުގެ އަދި ފިޓެއްނުވޭ..
ކަލޭ ޝަރުމީލާ އަށް މާފު ކޮށްފިންތަ
މޫނު ބުރުގާ އެޅި މީހުން އަންނި ފަހަތުން ދުވުނު އޭރު އެކަލޭގެ ވެއްޓިގެން މަގުމަތީގަ އުޅުންއިރު.
ލެކިއުޓް މީހުން އަދިވެސް މި މަކަރާހީލަތުގެ ކަލޭގެ ދޯމި ޕްރޮމޯޓް ކުރަނީ...މިވަގު ފާޒިލްގެ ފޮޓޯ ލެކިއުޓް ގަ ބަހައްޓައިގެން...