މޭމަތީގައި އޮށާޅަ (ޕިންޕަލްސް) ނެގުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. މިމައްސަލަ ގިނަ ފަހަރަށް ދިމާވަނީ ސާފުތާހިރުކަމަށް ދޭންވީ ސަމާލުކަން ނުދެވުމުގެ ސަބަބުންނެވެ. އަދި ބައެއް ފަހަރަށް ބޮލުގައި އުކުނު އެޅުމުގެ ސަބަބުންވެސް މޭމަތީގައި އޮށާޅަ ނެގުމަށް މެދުވެރިވެއެވެ.

މޭމަތީގައި އޮށާޅަ އާއްމުކޮށް ނަގަނީ އަންހެނުންގައިގައެވެ. ސަބަބެއް ކަމުގައި ބެލެވެނީ އަންހެނުން އަބަދު މޭމަތި ނިވާކޮށްގެން ތިބޭތީއެވެ. އަދި އަންހެނުންގެ އިސްތަށިގަނޑަކީ ދިގު އިސްތަށިގަނޑަވުމުން ބޮލުގައި އުކުނު އާލާވެއެވެ. އަދި އޮށާޅަ ނެގުމަށް މަގުފަހިވެއެވެ،

މޭމަތީގައި އޮށަޅަނެގުމުން އެފިލުވާލުމަށް ޚާއްސަ ކުރީމްތައް ބާޒާރުގައި އެބަހުއްޓެވެ. އެހެންނަމަވެސް މިކުރީމްތައް ބޭނުން ކުރުމުގެ ކުރިން މިކަންކަމަށް ސަމާލުވާށެވެ.

ފުރަތަމަ ކަމަކަށް ކޮންމެ ދުވަހަކު ހެދުނު ހޭލާގެން އާއްމުކޮށް ލާ ސައިބޯނި ނުލާ ފެންވަރާށެވެ. އަދި ފެން ހިއްކަން ބާރަށް ތުވާލި ނޫގުޅާށޭވެ. މަޑުމަޑުން ފެންފޮހޭށެވެ. ދެން އޮށާޅަ ފިލުވާލުމަށް ޚާއްސަ ކުރީމްއެއް ބޭނުން ކުރާށެވެ.

މީގެ އިތުރުން ވީހާވެސް ބޮޑަށް ކޮޓަން ފޮތީގެ ހެދުން ލުމަށް ސަމާލުކަން ދޭށެވެ. އަދި މާބޮޑަށް ދާހެއްލާނަމަ ދާހިކުމުގެ ކުރިން ފެންވަރަން އާދަކުރާށެވެ. މީގެ އިތުރުން ފެންފޮހެން ގެންގުޅޭ ތުވާލި އަދި ބެޓްޝީޓް ފަދަ ތަކެތި ފެބްރިކް ޑިޓަރޖެންޓް ސޮފްޓްނާއަކުން ދޮންނާށެވެ.

މިގޮތަށް ކަންތައްކޮށްފިނަމަ ހަފްތާއެއް ތެރޭ މޭމަތީގައި ނަގާފައި ހުންނަ އޮށަޅަތައް ފިލައިދާނެއެވެ.