ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ސުޝާންތު ސންގް ރަޖްޕޫތުގެ އެންމެ ފަހުގެ ފިލްމް ދިލް ބޭޗާރަގެ ޓްރެއިލަ މިއަދު ރިލީޒްކުރަން ހަމަޖެހިފައިވާއިރު، މިއި މުނިފޫހި ފިލުވުމުގެ ޚަބަރުތަކުގެ ތެރެއިން ބޮލީވުޑްގެ މިހާރުގެ ޓްރެންޑިން ޚަބަރެވެ.

ދިލް ބޭޗާރަގެ ޕޯސްޓަރަށް ވެސް ގިނަ ބައެއްގެ ތަރުޚީބު ވަނީ ލިބިފައެވެ. އަދި މި ފިލްމްގެ ޓްރެއިލަ ރިލީޒްވުމުގެ ކުރިން ވެސް މީހުން ބުނަނީ މިއި ޖަޒުބާތި ފިލްމަކަށް ވާނެ ކަމަށެވެ. އަދި ސުޝާންްތު ފަދަ ކުޅަދަނަ އެކްޓަރެއްގެ ފަހު ފިލްމް ބަލާލަން އާންމުންގެ ގިނަ ބަޔަކު ދާނެ ކަމަށް ކްރިޓިކްސް އިން ވެސް ފާހަގަކުރެއެވެ.

ސުޝާންތު ސިންގް އަމިއްލައަށް މަރުވެފައި ވަނީ ޖުން މަހުގެ މެދު ތެރޭގައެވެ.

ސުޝާންތުއަކީ އާދަޔާ ޚިލާފަށް ހުނަރުވެރި މީހެއްކަމަށްވީ ނަމަވެސް އޭނަ އަށް ބޮލީވުޑްގައި ފަހުން އައިސް ފިލްމްތައް ލިބެނީ ވަރަށް އުނދަގުލުންނެވެ. އަދި ފިލްމުތައް ލިބުނު ނަމަވެސް ވަކި ހިސާބަކުން އޭނަ ފިލްމްތަކުން ވަކި ކުރުން ފަދަ ކަންކަން އައީ ދިމާވަމުންނެވެ.

އަދި ޒަތީ ދިރިއުޅުމުގައި ވެސް ސުޝާންތު ހޭދަ ކުރި ދަތި ދުވަސްތަކެކެވެ. އޭނަގެ ކުރީގެ ލޯބިވެރިޔަ އަންކިތާ ލޮކަންޑޭ މީހަކާއި ކައިވެނިކުރުމަށް އެންގޭޖުވީވެސް ދާދިފަހުންނެވެ. ސުޝާންތްގެ ލޯބިވެރިޔާ ރިޔާ އާއި އޭނާ އާއި މައްސަލަ ޖެހިފައިވާ ކަމަށް ވެސް މީޑިއަ ރިޕޯޓްތައް ބުނެއެވެ.

އޭނަގެ މަރުގެ ޒިންމާ ބޮލީވުޑްގައި ހުރި ތަފާތުކުރުންތައް ގެންގުޅުނު މިހުން ނަގަން ޖެހޭނެ ކަމަށް ބައެއް އާއްމުންދަނީ ބުނަމުންނެވެ. އަދި ބޮލީވުޑްގެ ފާހަގަކޮށްލެވޭ ބައެއް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނާ ދެކޮޅަށް ދައުވާ ވެސް ކުރަން ވަނީ ނިންމާފައެވެ.