އަމިއްލައަށް މަރުވި ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސުޝާންތް ސިންގް ރާޖްޕުތް އޭނާއާއި އެކީ މަސައްކަތްކުރުމަށް އެދުމުން ވިސްނާނުލާ ނޫނެކޭ ބުނުމުން މިހާރު އެކަމާއި ދެރަވެ ހިތާމަކުރާ ކަމަށް ޑައިރެކްޓަރ އަނޫރާގް ކަޝްޔަޕް ބުނެފިއެވެ.

ސުޝާންތްގެ އިތުރުން އެކްޓަރ އަބޭ ޑިއޯލް އާއި އެކީ މަސައްކަތްކުރަން ވަރަށް ދަތިކަމަށް ބުނުމުން އެ ކަމާއިވެސް މިހާރު ދެރަވާ ކަމަށް އަނޫރާގް އިތުރަށް ބުނެފައިވެއެވެ.

ފިލްމް "ޑީ-ޑޭ"ގައި މަސައްކަތްކުރި އިރު، އަބޭ ބޭނުންވީ ފަސް ތަރީގެ ހޮޓެލްއެއްގައި މަޑުކުރުމަށް ކަމަށް އަނޫރާގް ބުނެފައިވެއެވެ. މި ވާހަކަވެސް އަބޭ ވަނީ ދޮގުކޮށްފައެވެ. އޭނާ އަބޭއާއި ބެހޭގޮތުން މިފަދައިން ބުނެފައިވަނީ އާންމުންގެ ކުރިމަތީ ވަރަށް ފާޅުކޮށެވެ.

ސުޝާންތް މަރުވި ޚަބަރު އިވުމާއިއެކު އަނޫރާގް އެ ކަމަކާއި ދޭތެރޭ ވަރަށް ބޮޑަށް ދެރަވިއެވެ. އެއީ ސުޝާންތް އޭނާގެ ޕްރޮޖެކްޓްއެއްގައި މަސައްކަތްކުރުމަށް ޝައުގުވެރިކަން ފާޅުކުރިއިރު، އަނޫރާގް ވަނީ އޭނާއަށް ފުރަގަސް ދީފައިއެވެ. ސުޝާންތް އާއިއެކީ މަސައްކަތްކުރުމަށް އޭނާ ބޭނުންވީ ވަގުތު ސުޝާންތްގެ ސަބަބެއްގެ ގޮތުގައި އަނޫރާގް ހާމަކޮށްފައިވެއެވެ.