އިންޑިއާގައި ކޮވިޑް-19 ގެ އަމާލާތްތަކެއް ހުރެ، ބައްޔަށް ނައްސިވީ ޑޮކްޓަރަކު މަރުވެއްޖެއެވެ.

އިންޑިއާގެ ސިޓީއެއް ކަމަށްވާ ދިއްލީގެ މައުލާނާ އަޒަދް އިންސްޓިޓިއުޓް ފޯ ޑެންޓަލް ސައިންސެސްގެ ޑޮކްޓަރެއް ކަމަށްވާ އަބިޝެކް ބަޔާނާ މަރުވެފައިވަނީ އޭނާގެ އުމުރުން 26 އަހަރުގައި ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އަބިޝެކްގެ އާއިލާއާއި ހަވާލާދީ "އިންޑިއަން އެކްސްޕްރެސް" އިން ބުނީ، އޭނާ މަރުވުމުގެ 10 ދުވަސް ކުރިން ކޮވިޑް-19ގެ އަލާމާތްތަކެއް އޭނާގެ ގައިން ފެނިގެން އެކަން އެންމެންގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ނޭވާލާން އުނދަގޫވުމާއި ލޭމައްޗަށް ތަދުވާ ކަމުގެ ޝަކުވާ އޭނާ ކޮށްފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އަބިޝެކްގެ ބޭބެ އަމަން ބަޔާނާ ބުނެފައިވަނީ އޭނާ އެގޮތަށް ޝަކުވާ ކުރާތީ، އެކްސްރޭވެސް ނަގައި ބަލާފައި އެއީ މޭމަތީ އިންފެކްޝަނެއް ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށެވެ. އެހެން ކަމުން އެއީ މާ ބޮޑު ކަމަކަށް ނުހަދާ ހަމަ އެކަނި ހުމުގެ ސަބަބުންވާ ކަމެއް ކަމަށް ބަލައިގެން ތިބީ ކަމަށް އަމަން ވަނީ ބުނެފައެވެ.

އެގޮތަށް ނިންމައިގެން ތިބިއިރުވެސް އަބިޝެކް އެއީ އިންފެކްޝަންގެ ސަބަބުންވާ ކަމެއް ނޫން ކަމަށް ބުނެ، ނޭވާލާން އުނދަގޫވާ ކަމަށް ބުނި ކަމަށް އަމަން ވަނީ ބުނެފައެވެ.

އޭގެ ފަހުން އޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން އޮކްސިޖެން ދިން ކަމަށާއި އެހެން ނަމަވެސް ވަގުތު ފާއިތުވެފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އޭނާގެ އެފަދަ އަލާމާތްތަކެއް ހުރުމުން ކޮވިޑް-19 އަށް ޓެސްޓް ކުރިއިރު، ދެ ނަތީޖާވެސް ނައްސިވެފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އާއިލާއިން ބުނީ، އޭނާ ފައްސިނުވި ނަމަވެސް، ކޮންމެވެސް ވަރަކަށް ބަލި ޖެހިފައިވާ މީހުންނާއި އޭނާއާއި ދިމާވުމުން އެފަދަ ކަމެއް ދިމާވެދާނެ ކަމަށެވެ.

މިދިޔަ ހަފްތާގެ ތެރޭގައިވެސް ދިއްލީން ވަނީ ކުރީ ސަފުގައި ހަރަކާތްތެރިވާ ޑޮކްޓަރަކު ބަލި ޖެހިގެން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެމަންޖެ

    އަންނިގެ މައްސަލަ.

    2
    2
    • އެސޮރު

      ނޫނޭ. އަންނިގެ ސަބަބުން އިންޑިޔާ މީހަކަށް ގެއްލުމެއް ނުވާނެ. އޭނަ ޖެއްސުން ކުރަނީ ދިވެހިންނަށް.