ލޯބީގެ ގޮތުން އެތައް އަހަރު ދުވަހެއް ވަންދެން ގުޅިގެން އުޅުމަކީ ދިވެހި ޒުވާނުންގެ މެދުގައި އާންމު ކަމެކެވެ. އެހެން ނަމަވެސް އޮޅުވާލައިގެން އެއްފަހަރާ ދެ ލޯބިވެރިން ގެންގުޅެގެން އުފާވެރި ކަމެއް ލިބުމަކީ ނާދިރު ކަމެކެވެ.
މިއީ އެއް އަހަރު ދުވަހަށް ވުރެ ގިނަ ދުވަހު ދެ ލޯބިވެރިން ގެންގުޅުނު ދިވެއްސެއްގެ ވާހަކައެވެ. އަދި އެހައި ގިނަ ދުވަހު ބައިވެރިޔާއަށް އޮޅުވާލައިގެން އުޅުމަށް ފަހު އޭނާ ފަޅާ އެރި ގޮތުގެ ވާހަކައެވެ. މި ހާދިސާ ލިޔެފައި މިވަނީ އޭނާއާއި ގާތް ފަރާތަކުން ހިއްސާ ކުރި މައުލޫމާތައް ބިނާ ކޮށެވެ.
އެމީހާ އެންމެ ފުރަތަމަ ލޯބީގެ ގޮތުން ގުޅުނީ އޭނާ ނިސްބަތްވާ ރަށު ކުއްޖަކާއެވެ. އެއީ އޭނާ އެ ރަށުގައި ދިރިއުޅުނު ދުވަސް ވަރެއެވެ. ފުރަތަމަ ދެމީހުން ގުޅިގެން އުޅުނުއިރު ހީވީ ހަނދުވެސް ނަގާ އަންހެން ކުއްޖާާއަށް ދީފާނެހެންނެވެ.
އެހެން ނަމަވެސް ކަންތައް ބަދަލުވާން ފެށީ މާލެއިން އޭނާއަށް ވަޒީފާއެއް ލިބުމުންނެވެ. ވަޒީފާ ލިބުމާއެކު އޭނާ މާލެއަށް ދިރިއުޅުން ބަދަލު ކުރީއެވެ. ރައްޓެހިވެގެން އުޅުނު ކުއްޖާއާއެކު ކުރިން ކޮންމެ ދުވަހަކު އުޅެވުނު ނަމަވެސް ފަހުން އެ ދެމީހުން ބައްދަލު ނުވެ ގިނަ ދުވަސްވާާން ފެށިއެވެ. އެއާއެކު ދެމީހުންގެ މެދުގައި އޮތް ލޮތްބައް ހީނަރުކަމެއް އައެވެ.
މާލޭގައި ވަޒީފާ އަދާ ކުރަމުން ދަނިކޮށް އޭނާާ އަށް ފުރުސަތު ލިބުނީ އޮފީހުގެ ފަރާތުން ލަންކާއަށް ގޮސް ލަންކާގައި ހަފްތާއެއް ވަންދެން މަޑުކޮށް ތަމްރީނުތަކެއް ފުރިހަމަ ކުރުމަށެވެ. އެފަހަރު ލަންކާއަށް ގޮސް އޭނާއަށް ލަންކާގައި ދިރިއުޅޭ ދިވެހި އަންހެން ކުއްޖަކާ ދިމާވިއެވެ. އެ ހިސާބުން އެކުއްޖާއަށް ހިތް ކިޔަން ފެށީއެވެ. ހަފްތާއެއް ނުވަނީސް އޭނާގެ ހިތް އެ އަންހެން ކުއްޖާއަށް ހިބައިން ދީފިއެވެ.
އަނބުރާ ރާއްޖެއަށް އައިސްވެސް ސިއްރުން އެ އަންހެން ކުއްޖާއަށް ގުޅައި ހަދައެވެ. ޗެޓު ކުރެއެވެ. އެހެން ގޮސް އެންމެ ފަހުން ހަފްތާ ބަންދުގައި ލަންކާއަށް ދަތުރުތައް ވެސް ކުރަން ފެށީއެވެ. ހިތުގެ ވެރިޔާ އާއި ބައްދަލު ކުރުމަށެވެ.
ނަމަވެސް އޭރުވެސް އުޅުނީ ރަށުގައި ދިރިއުޅޭ އަންހެން ކުއްޖާއާއި ރައްޓެހިވެގެންނެެވެ. އެ އަންހެން ކުއްޖާ "ދެރަ ކުރަން ބޭނުން ނުވާތީ" އޭނާާ ނިންމީ ރައްޓެހިވެގެން އުޅުމަށެވެ. އަދި ކަން ހިނގަމުންދާ ގޮތް އޮޅުވާލުމަށެވެ.
މިގޮތަށް ދެ އަންހެން ކުދިންނާއި ރައްޓެހިވެގެން އުޅުނުތާ އެއް އަހަރާއި މަސް ދުވަސް ވީފަހުން ލަންކާގައި އުޅުނު އަންހެން ކުއްޖާ މާލެ އައީއެވެ. މާލެ އައުމުން ފިރިހެން މީހާ އޭނާ ގޮވައިގެން މާލެ ތެރޭގައި އޭނާ ގޮވައިގެން އުޅުނެވެ. "ޑޭޓުތަކަށް" ވެސް ގެންދިޔައެވެ. ހިނގާލަން ގެންދިޔައެވެ.
އެހެން އުޅުނު ދުވަސްވަރު ރަށުގައި އުޅުނު އަންހެން ކުއްޖާ ނިންމީ އޭނާގެ ލޯބިވެރިޔާ ސަޕްރައިޒް ކުރުމަށް މާލެ ދިއުމަށެވެ. އޭނާ ނުފެންނަތާ އެތައް ދުވަހެއް ވުމުން އުފާވާނެ ކަމަށް ދެކިގެންނެވެ. ނަމަވެސް އަންހެން ކުއްޖާ މާލެއަށް އައި ފުރަތަމަ ދުވަހު މަގު މަތިން ފެނުނީ އޭނާގެ ލޯބިވެރިޔާ އެހެން އަންހެން ކުއްޖަކާއެކު ސައިކަލުގައި ދަނިކޮށެވެ. ސައިކަލު ފަހަތުގައި އިނީ އޭނާގެ ރަހުމަތްތެރިއެއްގެ ކްލާސް މޭޓެކެވެ. ހުރީ ލޯބިވެރިޔާގެ ގައިގައި ބާރަށް ހިފައި ބައްދާލައިގެންނެވެ.
އެހިސާބުން ކަންތައް ގޯސްވީއެވެ. މަންޒަރު ޤަބޫލުކުރަން ނޭނގިގެން އަންހެން ކުއްޖާ އޭނާގެ ރަހުމަތްތެރިއާއަށް ގުޅިއެވެ. އަދި ކަން ވެގެން އުޅޭ ގޮތް ސާފު ކުރިއެވެ. އެއާއިއެކު ރަހުމަތްތެރިޔާ އެ އަންހެން ކުއްޖާއަށް ގުޅާފައި ހަގީގަތް ހުރިހައި ވާހަކަތަކެއް ކިޔައިދިނެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ކެހިވެރިޔަކާއި ކަމަށް ބުނެ ނަސޭހަތްތެރިވިއެވެ. އެހިސާބުން އެ އަންހެން ކުއްޖާވެސް ފިރިހެން މީހާގެ މަތިން ފޫހިވީއެވެ. ރަށުގައި ދިރިއުޅުނު ކުއްޖާވެސް އޭނާ މަތިން ފޫހިވީއެވެ. ދެ ލޯބޮވެރިންވެސް ގެއްލިގެން ދިޔައީ އެއްފަހަރާއެވެ.
މިއީ މަދުން ނޫނީ ނުހިނގާ ކަންތަކެވެ. އެހެން ނަމަވެސް މިއި ދިވެހި ޒުވާނުން އިބުރަތް ހާސިލު ކުރަން ޖެހޭ ކަންތަކެވެ. އޮޅުވާލުމާއި ދޮގު ހެދުމުން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެކަން މި ހާދިސާއިން ވެސް ސާބިތުވާތީއެވެ.
މަދުންނެއް ނޫން ، އަބަދު ހިނގާ ކަމެއް ތީ
ތެދެއް..
ލިޔާނެ އެއްޗެހި ހުސްވީތަ..
ހުސްވީ. ހީވަނި ނޫހުގެ ކުއްޖަކަށް ނުކެރިގެންހެން ރައްޓެއްސެކޭ ކިޔާފަ މިއޮތި.
ހަބަރެއް ލިޔަން އެއްޗެއް ލިޔެލީ ދޯ! ތި ހަބަރު ސަޅިއެއް ނޫން.
މިއީ ހަބަރެއް ނޫން. އިބްރަތްތެރި ވާހަކައެއް. ހާދަ ގަމާރުވެގެން ތިޔަ އުޅެނީ.
ތިޔަ މީހަކު ތިޔައުޅުނީ ދެމީހުނާއެއްނު ފަސް ހަމީނުންނާ ހިތާވެގެން ލޯބިވެގެން އުޅޭމީހުން އެބައުޅޭ ތީކި އަދި އެއްޗެއްނޫނެއްނު ކޮއެފުޅާ
އަރޭ ޔޭތޯ ކުޗުބީނެހީ
އަހަރުމެން 4 އަވަށުން 4 ކުދިންނާއި ރައްޓެހި ވެގެން އުޅޫތާ 6 އަހަރު ވީ ފަހުން އެތަނުން ކުއްޖަކާ އިނީ
ކަލޭމެން ކުދިން އަޅެ ތިޔަނޫން ވާހަކައެއް ލިޔަން ވެއްޖެއެންނު.
މިއޮތް އަންނަނީ ރަމަޟާން މަސް ވިއްޔަ.
ތީ އާަކަމެއް ނޫން ފިރިހެނަކު 2 މީހުނާ ރައްޓެހިވެގެން އުލހުން މައަސަލަ އަކަށް ނުހަދާ. ތިބޭފުޅާ އަށް އެނގި ވަޑައި ގަންނަވާ ތޯ އަރިއަތޮޅު އުތުރު ބުރިއަށަް ނިސްބަތއވާ އެންމެ މަސްހޫރު އެއް ރަށުގެ އެންމެ އާދައިގެއާއިލާ ަކަށް ނިސްބަތްވާ ނިކަމެތި އަންހެން ކުއްޖަކު 6 ފިރިހެނުންނާ ރައްޓެހިވެގެން އުޅޭކަން. ކޮންމެ ފިރިހެނަކާ އެކުވެސް ލޯބީގެ ނަހަމަ އެތައް ގުޅުމެއް ވަނީ ސިއްރުން އެތައްފަހަރަކު ހިންގާފަ. ޢަދި މި އަނހެން ކުއްޖާ އުޅެނީވެސް މީ ހަކާ އިނދެގެން. ފިރިމީހަޔަށް ވަގަށް މި 6 ފިރިހެނުން ނާ ގުޅުން ބާއްވައިގެން އުޅެނިކޮށް ތ އަތޮޅު ތިމަރަފުށީ ފިރިހެނަކާއެކު މާލޭގެ ގެސްޓް ހައުސް އެއްގަ ނަހަމަ ގުޅުމެއް ހިންގަިގެން އެކަން ފަޅާ އަރުވާލީ މި ފިރިހެން މީހާގެ ބެސްޓް ފްރޭންޑް އަދި އޭގެފަހުން މިހާރުވެސް ފިރިމީހަޔަށް ވަގަށް ފޯއްމުލަކު ފިރިހެނެއްވެސް ގެންގުޅޭކަން ފަޅާ އެރުމުން މިހާރު އެއްވެސް ފޭޑިއެއް ނެތި ވަރައް ފާޅުކަން ބޮޑު ގޮތުގަ ދަނީ އިދެގެން އުޅޭ ފިރި މީހާ އާއެކު 5 ފިރިހެނުން ގެންގުޅެމުން. މީ މިހާރު މި ރާއްޖޭގަ އާކަމެއްނޫން. މިކުއްޖާވެސް މާލެ އައީ ކިޔަވަން އަދި ވަގު ފިރިހެނުން ގެންގުޅެން އާނމުވީ ވަޒީފާ އަށް ދިޔަ ފަހުން
މިފަދަ ވާހަކަތައްވެސް ތިބޭފުޅުން އެބަ ޖެހޭ ލިޔަން
މިކަމުގެ ތަފްސީލް ހޯދުމަށް ފިރިމީހަޔާ ގުޅާލާ.
އާހޭބަލިވެގެން އެއްފަހަރާ ހައެއްކަ މީހުން ނުގެންގުޅެވުނީއަ އެއީ މީހަކަށް ނުވާނެ... ތަނަކުން އަނހެނަކު ހަމަ ފެންނަ އިރަށް ހޭބަލިވެގެން ޖެހޭނެ އެ އަންހެނެއްގެ ފަހަތުން ދުވަންވަށަށް މާރަނގަޅު މީހަކަށް ވެގެން..
ތީ ހަމަ ރާއްޖޭގައި އާންމު ކަމެއް، އަމުދުން މީހުންގެ ފިރިން، އަދި ޕޮލިސް، އެމްއެންޑީ އެފްގެ، މީހުންގެ އާންމު ކަމެއް
ކިތައް މީހުން ތިހެން އުޅޭ..
ތިޔަ ބުނާ ކުއްޖަކީ ކިތައް ފިރިން ބޭނުންވާ ކުއްޖެއް؟ އިސްލާމް ދީނުގަ 4 އަނބިން ހުއްދަ ކުރައްވާފަ ވަނީ ހަމަ އެކަނި ފިރިހެނުންނައް ތިޔަ ބުނާ ކުއްޖަޔަށް 4، 5 ފިރިން ހުއްދައީ ތޯއްޗެ.
ޢަދާ.... އަދާ މިފަހަރު ވާނީ ތި ކުއްޖާގެ ނަމްވެސ ބުނެލަން
ކިކޫ..އެއީި އާދާގެ ކުއްޖެއް ނޫން ފެންވަރުގެ އަންހެން ކުއްޖެއް ވަރައް ހިންގާލާނެ
÷ޕޮލިސް އެމްއެންޑީއެފް ހުރިހާ މީހުންނަކީ އެކަހަލަ ބައެއްނޫން.. އެކަމަކު ކޮންމެ ދާއިރާއެއްގަވެސް އުޅޭނެ އެކަހަލަ ބައެއް ދޯ؟؟ މަގޭ ފިރިމީހާ އަކީ އެމްއެންޑީއެފް ކުއްޖެއް.. ކައިވެނި ކޮއްގެން މިއުޅެނީ ރަށުގަ ފިރިމީހާ މާލޭގަ.. ހަމަ ޗުއްޓީ ލިބޭއިރައް އަންނާނެ ރަށައް މަވެސްދަން ވ ގިނައިން މާލެ.. ކައިވެއޏައް ތިންއަހަރު ދުވަހަކުވެސް ތިކަހަލަ މައްސަލައެއް ނުޖެހޭ ގައިމު ދެމީހުންވެސް އިތުބާރުކޮށްގެން ވަފާތެރިކޮއް އުޅޭތީތާ މިއުޅެވެނީ އެހެންވީމަ އއެމްއެންޑީއެފް ގެ ވެވެސް އެންމެން އެހެންއުޅެޔޭ ނުބުނޭ..
ޓިޔަ ބުނާ ޕޮލިހަށްވުރެ ވަކި ހަޔާތް ކުޑަކޮށް އުޅޭ ބަޔަކު މިގައުމުގަ ނޫޅޭނެ.
އެންމެ ދެ ލޯބިވެރިންތޯ ގެންގުޅެނީ ! އަން ކިޔައިފިއްޔާ އަންގިއެއްވިޔަސް އެވަރުގެ ލޯބިވެރިޔަކު ދުނިޔޭން ލިބޭނެތޯ !
އަހަރެން 3 ފަހަރު ތިގޮތަށް އުޅުނިން. މެރީ ކުރި އިރުވެސް ހުރީ ކުއްޖަކާ ރައްޓެހިވެގެން. މެރީ ކުރި ރޭ އެކުއްޖަ ގުޅީމަ ދެން ނުގުޅުމަށްބުނެ ބަވާލީން. އެރޭގަ މެރީ ކުރި ވާހަކަވެސް ބުނިން. އެފަހުން ރުޅިވީ. އޭގެ އހަރު ތަކެއް ފަހުން އެ މަންޖެ ފަހަތު އަޅުވާލާގެން މިޙރު މިއުޅެނީ. ބޯ ހަލާކު
އަހަރުމެން ކްލާހަށް އަލަށް އައި 2 އަންހެން ކުދިން ފުރަތަމަ ދުވަހު ބެސްޓް ފްރެންޑުނަށްވެ ހުރިހާ ވާހަކައެއް ޝެއާކޮއްލި އިރު 2 މީހުން ރައްޓެހި ވެގެން މިއުޅެނީ އެކަކާ ހައްހައްހާ