ބޮލީވުޑްގެ މަޤްބޫލް ބަތަލް އަމީތާބް ބައްޗަންގެ ދަރިފުޅު އަބީޝޭކް ބައްޗަންގެ އަނބި މީހާ އައިޝްވާރިޔާ ރާއި ބައްޗަން އާއި ކާފަ ދަރިފުޅު އަރާދިޔާ ކޮވިޑް-19އިން ރަނގަޅުވެ ހޮސްޕިޓަލުން ދޫކުރި އިރު އޭނާ ހުރީ އުފަލުން ރޮވިފައި ކަމަށް އަމީތާބު ބުނެފިއެވެ.

އަމީތާބު ކުރި ޓްވީޓެއްގައި ބުނީ އޭނާ އަށް އެ ދެ މީހުން ހޮސްޕިޓަލުން ދާ މަންޒަރު ފެނުމުން ކަރުނަ ހިފަހައްޓާ ނުލެވުނު ކަމަށެވެ. ކާފަދަރިފުޅު އަރާދިޔާ އޭނާ ގާތު ނުރުއިމަށް އެދުނު ކަމށް ވެސް އަމީތާބު ވަނީ ބުނެފައެވެ.

އަމީތާބު ވަނީ އެންމެން އޭނާ އާއި އާއިލާ އަށް ހެޔޮގޮތްތައް މެދުވެރިވުން ދުއާކޮށްދިންކަމަށްޓަކާ ޝުކުރު އަދާކޮށްފައެވެ.

އައިޝްވާރިޔާ އާއި ދަރިފުޅު ކޮވިޑް-19 އަށް ނައްސިކަން ހާމަކޮށްފައި ވަނީ އައިޝްވާރިޔާ ފިރިމީހާ އަބީޝޭކް ބަޗަން އެވެ. އޭނާއާއި ބައްޕަ އަމީތާބް ބަޗަންއަށް އަދިވެސް ދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަން އަބީޝޭކް ކުރި ޓްވީޓެއްގައި ވަނީ ފާހަގަކޮށްފައެވެ.

ޖުލައި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އަމީތާބް އާއި އަބީޝޭކް ކޮވިޑް-19 އަށް ފައްސިވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ދަނީ ފަރުވާދެމުންނެވެ.

އައިޝްވާރިޔާ އާއި އަރްދަޔާ ކޮވިޑް-19 އަށް ފައްސިވީ ޖުލައި 12 ވަނަ ދުވަހުއެވެ. އެ މީހުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނީ އޭގެ ހަފްތާއެއް ފަހުންނެވެ. މި ދެމައިން ކޮވިޑް-19 އަށް ފައްސިވިއިރު، މި ދެ މީހުންގެ ގައިންވެސް ބަލީގެ މާގިނަ އަލާމާތްތައް ނުފެންނަކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮވިޑް-19 އަށް ފަރުވާކުރުމަށް އަމީތާބު އެޑްމިޓް ކުރިއިރު އޭނާ އަކީ 65 އަހަރުން މަތީގެ މީހަކަށް ވުމާއި އެކު އޭނާ އަކީ ކޮވިޑް-19 އިގެ އަސަރު ބޮޑަށް ކޮށްފާނެ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.