ނެޓްފްލިކްސްގެ އެންމެ މަގްބޫލް އެއް ޝޯ ކަމަށްވާ "މަނީ ހެއިސްޓް"އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާ މޮޅު ސީރީޒްއެކެވެ. ޑައިރެކްޓިން އާއި ވާހަކަ އަދި އެކްޓަރުންގެ ގާބިލްކަމާ ހުރެ އެ ސީރީޒްއަށް ބޮޑު ތަރުޚީބެއް ވަނީ ލިބިގެން ގޮސްފައެވެ.

އެތައް ބަޔަކު އެ ސީރީޒްގެ އިންތިޒާރުގައި ތިބި އިރު، މިއީ އިނގިރޭސި ބަސް ނޫން ބަހަކުން ކުރިއަށް ގެންދާ ސީރީޒްއަކަށް މިފަދަ ބޮޑު ތަރުޚީބެއް ލިބުނު ފުރަތަމަ ފަހަރެވެ.

ސްޕެނިޝް ނަމުން ނަމަ "ލަ ކާސާ ޑި ޕަޕެލް" ނަމަކަށް ކިޔާ މި ސީރީޒް އަކީ އެތައް މިލިއަން ބަޔަކު ބަލަމުންދާ ކާމިޔާބު ފްރެންޗައިޒްއެކެވެ.

ރަސްމީކޮށް މަނީ ހެއިސްޓްގެ ފަސް ވަނަ ބައެއް އޮންނާނެ ކަން ނެޓްފްލިކްސް އިން އިއުލާން ނުކުރި ނަމަވެސް، ސްޕެއިންގެ އެތައް ނޫހަކުން ވަނީ މި ސީރީޒްގެ އިތުރު ބައިތަކެއް ނުފެންނާނެ ކަމަށް ރިޕޯޓްކުރި ހިސާބުން އާއްމުން ތިބީ ވަރަށް ދެރަވެފައެވެ.

މީގެ ކުރިން ބެލެވުނު ގޮތުން މަނީ ހެއިސްޓްގެ ފަސް ވަނަ ބައެއް އިއުލާން ނުކޮށްވާ ސަބަބަކީ މި ސީރީޒްގެ ހަތަރު ވަނަ ބައި އަދި ފަސް ވަނަ ބަޔާއި ދެމެދު ގިނަ ވަގުތުތަކެއް ހޭދަވުމެވެ.

ނަމަވެސް ނެޓްފްލިކްސް އިން ސީޒަން 3 އެއީ މަނީ ހެއިސްޓްގެ ފަހު ބައި ކަމާއި އެބައިން އާ 2 ތަރިން ފެންނާނެކަން ހާމަކޮށްފައެވެ.

މި ސީރީޒްގެ ތިނެއް އަދި ހަތަރު ވަނަ ބަޔާއި ދެމެދު އަށް މަސް ދުވަހުގެ މުއްދަތެއް ހޭދަވި ނަމަވެސް، ހަތަރަކާއި ފަސް ވަނަ ބަޔާ ދެމެދު އެއަށް ވުރެ ގިނަ ވަގުތު ހޭދަވުން އެކަށީގެންވެއެވެ.

ހަގީގަތުގައި މަނީ ހެއިސްޓްގެ މިހާތަނަށް ދެއްކީ ދެ ސީޒަނެެކެވެ. އެއިން ކޮންމެ ސީޒަނެއްވެސް ވަނީ ދެ ބަޔަކަށް ބަހާލާފައެވެ.

މި ސީރީޒުން ފެނިގެން ދަނީ، ޕްރޮފެސަރެއްގެ މާސްޓާ ޕްލޭންގެ ދަށުން ކުށްވެރިންތަކެއް ފައިސާ ހޯދައި، އޭގެ ފަހުން ފުލުހުންނާއި ދެމެދު ހިނގާ ކަންކަމެވެ. މި ސީރީޒްގެ ތަރިންނަށް ނަން ދީފައި ވަނީ ދުނިޔޭ އެކި ގައުމުތަކުގެ ސިޓީތަކަށް ކިޔާ ނަމެވެ. މަނީ ހައިސްޓުގައި ގިނަ ބަޔަކު ދަހިކޮށްލާ ކަމަކީ ކޮންމެ ސީރީޒް އެއްވެސް ނިމޭއިރު ދެން ވާނެ ގޮތެއް އާދަޔާ ޙިލާފަށް ބޮޑަށް ބަލަން ބޭނުންވެފައި ތިބުމެވެ.