2017 އިން ފެށިގެން ނެޓްފްލިކްސްއި ގެނެސްދޭންފެށި ގިނަ ބައެއްގެ މަގްބޫލުކަން ހޯދި ކްރައިމް ޑްރާމާ "މަނީ ހެއިސްޓް"ގެ ކޮރެއާ ސީރީޒް މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ނެރެން ތައްޔާރުވެއްޖެއެވެ.

ސްޕެނިޝްގެ އެ ސީރީޒް ނިމިފައި ވަނީ 2020 ވަނަ އަހަރުއެވެ. ގިނަބަޔަކަށް މިހާރުވެސް ޕްރޮފެސަރާއި، ގޭންގް މީހުން މަތިން ހަނދާން ވެއެވެ.

އެ މީހުންނަށް މިއޮތީ އުފާވެރި ހަބަރަކެވެ.

މި ޝޯގެ ކޮރެއަން އެޑަޕްޓޭޝަން ވަރަށް އަވަހަށް ސްޓްރީމް ކުރަން ދަނީ ތައްޔާރުވަމުންނެވެ. މި ސީރީޒް ދައްކާނީ ނެޓްފްލިކްސް އިންނެވެ.

ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ މި ސީރީޒް ރިލީޒްކުރާނެ ތާރީހު އިއުލާންކޮށްފައެވެ.

"މަނީ ހެއިސްޓް: ކޮރެއާ – ޖޮއިންޓް އިކޮނޮމިކް އޭރިއާ" ގެ ނަމުގައި ކުރިއަށް ގެންދާ މި ޝޯ ޕްރިމިއަރ ކުރުމަށް ހަމަޖެހިފައި ވަނީ ޖޫން މަހުގެ 24 ވަނަ ދުވަހު ކަމަށް ނެރުނު ކުރު ވިޑީއޯގައި ބުނެފައި ވެއެވެ.

އާއްމު ކުރި އެ ވީޑިއޯގައި މާސްކު އަޅައިގެން ތިބޭ ފޭރޭ މީހުން ފެނެއެވެ.

މި އަހަރުގެ ކުރީކޮޅު މި ސީރީޒްގެ ޓީޒާ ވީޑިއޯއެއް އާންމުކޮށްފައިވާއިރު، އެ ވީޑިއޯގައި ޝޯގެ މުޅި ކާސްޓުން ވަނީ ހާމަކޮށްފައެވެ.