މަނީ ހެއިސްޓް ޕާޓް 5: ވޮލް. 2 މި ހަފްތާގައި ނެރުނު އިރު މިހާރު ގިނަ ސަޕޯޓަރުން ބަލަން ބޭނުންވަނީ މި ސީރީޒްގެ އިތުރު ސީޒަންއެއް ނެރެދާނެތޯއެވެ.

މަނީ ހެއިސްޓްގެ އެންމެ ފަހުން ނެރުނު އެޕިސޯޑްސްތައް ނެޓްފްލިކްސް އައިސްފައިވަނީ ފޭނުން ގިނަ ދުވަސްތަކަށް އިންތިޒާރުގައި ބޭތިއްބުމަށް ފަހުގައިއެވެ. އެއީ މިހާތަނަށް ފޭނުންނަށް ގެނެސްދިން 5 މޮޅު އެޕިސޯޑާއި މި ސިލްސިލާގެ ބައެއް މޮޅު ވައްކަމުގެ ސީންތަކެވެ. އަދި މިހާރު ގިނަ ސަޕޯޓަރުންތަކެއް ވަނީ ޕްރޮފެސަރާއި އޭނާގެ ގޭންގު އެނބުރި އަންނާނެތޯ ސުވާލު އުފައްދައިފއެވެ.

ޖަވާބަކީ ނޫނެކޭއެވެ. ފަސްވަނަ ބައި: ވޮލިއުމް. 2 ޝޯގެ ފައިނަލް ރަންގެ ގޮތުގައި އިޢުލާންކޮށް ގްރޭންޑް ފިނާލޭގެ ގޮތުގައި ހައިޕްކޮށްފައި ވަނީ ވޮލް. 2 އެވެ. އެހެންވީމާ، މީގެ އިތުރު ސީޒަންއެއް ފެނުން އެއީ ވަރަށް ނާދިރު ކަމެކެވެ.

މަނީ ހެއިސްޓްގެ ސީޒަން 6 އީކުއޭޝަންއިން ބޭރުވުމުން ސަޕޯޓަރުން ތިބީ ހިތް ހަލާކުވެފައެވެ. ނަމަވެސް، އޭގެ މާނައަކީ ކޮންމެހެން މި ސީރީޒް އެއްކޮށް ނުލިބޭނެއެކޭ ނޫނެވެ.

އެގޮތުން މަނީ ހެއިސްޓް ސްޕިން-އޮފް "ބާލިން" 2023 ވަނަ އަހަރު ރިލީޒް ކުރާނެއެވެ. ކޮވިޑް-19 ގެ ސަބަބުން އަނެއްކާވެސް ކަންކަން ލަސްވެދާނެ ކަމުގެ ފުރުސަތު އަބަދުވެސް އެބައޮތެވެ. އެއީ އާ ވޭރިއެންޓާއި އެކު މިހާރުގެ ހާލަތުވެސް ގޯސް މިސްރާބަކަށް ދާހެން ހީވާތީކަން ފާހަގަ ކުރެވެއެވެ.

މިއަށްވެސް ބޮޑު ތަރުހީބެއް ލިބިގެންދާނެކަމަށް ބެލެވެއެވެ. ޝައްކެއް ވެސް ނެތް ގޮތުގައި މަނީ ހެއިސްޓްގެ އެންމެ ޝައުޤުވެރި އެއް ކެރެކްޓާ އަކީ އާކާ ބާލިން ގެ އެންޑްރޭސް ޑި ފޮނޮލޯސާއެވެ. އެއީ އެންމެ ފަހުގެ ސީޒަނުގައި އެތައް ފްލޭޝްބެކްތަކެއްގައި އޭނާ އަނބުރާ ގެނެސްދިން ސަބަބެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮމެންޓޫ

    މިހާރުވެސް ތީގެ ފސްވަނަ ސީޒަން ވައިވެއްޖެ. ތިޔަ ބާލިނެއް ލައިގެން ވާނެ ކަމެއް ނެތް ތި މިހާރު ވަޔަކު ނުހިފާނެ

    1
    4
  2. Anonymous

    ބަލަން ފޫހި އެއްޗެއްތީ.

    2
    4
  3. ޓޯކްޔޯ

    ތިހާ ބަލަން ފޫހިވާ މީހުން ކޮމެންޓް ކުރަން އަދި ޖެހޭތަ؟ އަމިއްލަޔަށް ހަދާބަލަ މޮޅިއްޔާ ބަލަން ފޫހި ނުވޭތޯ ބަލަން!