ދިވެހިންގެ ހިތްތައް ދަމައިގެންފައިވާ އަދި ފޫހިކަމެއް ނެތި ބަލަމުން އަންނަ ސީރީޒް ކަމަށްވާ މަނީ ހެއިސްޓްގެ ޕްރޮފެސަރާއި ވައްތަރު މީހަކު ޕާކިސްތާނުގެ ފިހާރައަކުން ފެނިއްޖެއެވެ.

2017 އިން ފެށިގެން ނެޓްފްލިކްސްއި ގެނެސްދޭންފެށި ކްރައިމް ޑްރާމާ މަނީ ހެއިސްޓަކީ ގޮތް ނޭނގޭ މީހަކު ކުއްވެރިންތަކެެއް ފަސްމަސް ވަންދެން ޓްރެއިންކޮށް، 2.4 ބިލިއަން ޔޫރޯ ބޭންކަކުން ވަގަށް ނެގުމަށް ކުރާ މަސައްކަތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ޑްރާމާއެކެވެ. އެގޮތް ނޭނގޭ މީހާއަށް ޝޯގައި ކިޔަނީ ޕްރޮފެސާއެވެ.

ނެޓްފްލިކްސް އިން ގެނެސްދޭ މި ސީރީޒްގައި ކުއްވެރިންގެ އެ ޓީމުން ވަގަށް ނަގަން ޖެހެނީ ބޭންކުގެ ފައިސާއެއް ނޫނެވެ. އެމީހުންނަށް ޖެހެނީ ބޭންކުގެ ތިޖޫރީގައި ހޮސްޓޭޖްތައްވެސް ހިމެނޭ ގޮތަށް އެގާރަ ދުވަސްވަންދެން ތަޅު ލެވިގެން ރުފިޔާ ޗާޕުކުރުމަށެވެ. ޕްރޮފެސާ ހުންނަނީ ބޭރުގައި ހުރިހާ ކަމެއް މޮނިޓަރ ކޮށް ފުލުހުން މެނިޕުލޭޓްކޮށް އޮޅުވާލުމަށެވެ.

ގިނަ ބަޔަކަށް ޕްރޮފެސަރުގެ އެރޯލު ކަމު ގޮސްފައިވާއިރު، މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނަނީ އޭނާ އާއި ވައްތަރު މީހަކު ޕާކިސްތާނުގެ ފިހާރައެއްގެ ސޭޓަކަށް ހުންނަ މަންޒަރެވެ. މިއާއި ގިނަ ބައެއްގެ ސަމާލުކަން އެމީހާއަށް ވަނީ ހުއްޓިފައެވެ.

ޕްރޮފެސަރާއި ދާދި އެއްގޮތް އެމީހާގެ ފޮޓޯ އާއްމުވުމާއި ގުޅިގެން މީސްމީޑިއާގައި ވާހަކަ ދެއްކި މީހުން ބުނެފައިވަނީ އޭނާ ތައްޔާރުވަމުން އަންނަނީ ޕާކިސްތާނުގައި ވައްކަމުގެ ބައެއް ކުޅުމަށް ކަމަށެވެ. އަދި އެއީ އޭނާ ޕާކިސްތާނަށް އައި އެންމެ ބޮޑު ސަބަބު ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.