ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ނުރައްކާތެރި ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާއަށް އިތުރު ބައްޔެއްގެ ނުރައްކާ ބޮޑުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކުޑަ ސޫތްޕެއްގެ ޒަރިއްޔާއިން ފެތުރުނު ކަމަށް ބެލެވޭ މި ބަލި މިހާރު ޗައިނާއިން ގިނަ ބަޔަކަށް ޖެހެމުން އަންނައިރު، މިހާތަނަށް ބަލީގައި ހަތް މީހަކު މަރުވެފައިވާ ކަމަށް ޗައިނާގެ އިދާރާތަކުން ވަނީ ބުނެފައެވެ.

ސިއްޙީ ތަޖުރިބާކާރުން ބުނާގޮތުން "ޓިކް ބޯން" ވައިރަސްއެއްގެ ޒަރިއްޔާއިން ޖެހޭ މި ބައްޔަކީ ގައިންގަޔަށް އަރާ ބައްޔެކެވެ. އެހެންކަމުން ސަމާލު ނުވެވިއްޖެނަމަ މި ބަލީގެ ނުރައްކާވެސް ހީނުކުރާ މިންވަރަކަށް ބޮޑުވެގެން ދިއުމުގެ ބިރު އެބައޮތެވެ.

މި ބަލި އެންމެ ފަސޭހައިން ފެތުރެން މެދުވެރިވަނީ ލެއިންނާއި ކުޅުން ކަމަށް ވެއެވެ. ނަމަވެސް މިއީ މިހާރު ފެތުރެމުންދާ ކޮވިޑް-19 އާއި ޚިލާފަށް ވައިގެ ޒަރިއްޔާއިން ފެތުރޭ ބައްޔެއް ކަމުގެ ހެއްކެއް އަދި ހޯދިފައެއް ނުވެއެވެ.

މި ބަލި ޖެހުމުން ހުންގަދަވެ ކެއްސުންފަދަ އަލާމާތްތައް ފެންނަ ކަމަށް ވެއެވެ. އަދި ބަލީގެ ސަބަބުން ލޭގެތެރޭގައި ހުންނަ "ވައިޓް ބްލަޑް ސެލް" މަދުވެ، ސިއްޙީ ނުރައްކާތެރި ހާލަތުތައް މެދުވެރިކުރެއެވެ.

ޗައިނާގައި މި ބަލި ފެތުރޭ މިންވަރު އިތުރުވަމުން އައިނަމަވެސް، ކޮވިޑް-19 ގެ ބަލިމަޑުކަމާއި އެއްވަރަށް މި ބަލީގެ ނުރައްކާ ބޮޑުވެގެން ނުދާނެ ކަމަށް ތަޖުރިބާކާރުން ޤަބޫލުކުރެއެވެ. މިއީ މީގެ ކުރިން 2011 ވަނަ އަހަރުގެ ޗައިނާއިން ފެނިފައިވާ ބައްޔެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނިމާލު ބެ

    އަނެއްކާ އަނެއް 6 ކަންތައް

    15
  2. އަހަރެން

    މި ޗައިނާ ބޮމެއް އެއްލާ ގޮއްވާލަންވީ.

    3
    16
  3. ސިނެކް

    އަދިވެސް މުސްލި މުން ކަސްތަޅުން ދޫކޮއްލާ އިސްލާހުވާކައް މި ކާފަރުން ނުވިސްނަނީ ހަ މަ ބި މައްތިރިކުރައްވާށި آمين

    41
    2
  4. މަބަލްދީބް

    މި ޗައިނާ މީހުންނަށް ތަރުކާރީއާއި ފަތްޕިލާވެލި އެކަނި ކާން ލިބޭ ގޮތް ހަދަންވީ. ބޮޑުވެއްޖެ ބަލާވެރިކަމެއްމީ ދެން!

  5. ސޭޑޫ..

    އެހެންވެ ބުނަނީ އިންސާނުންނަކީ ނިކަމެތި ބަޔެކޭ.. ދެން ގައުމު ތަކުގެ މީހުން ވެސް ި ހިތައް ެެެެެެެެެެެެެެެެެ އެ ރިހާ އެެއްޗެެއް ކައި ހަދަނީ ވިއްޔެއެވެ.. ޢޭގެ ނަތީ ޖާ މިފެއްނަނީ.. ??